އުމުރުން 29 އަހަރުގެ އަމަންޑާ ޝޯލްޓްޒްގެ ބަރުދަން އާދަޔާ ހިލާފަށް އިތުރުވުމުގެ މައްސަލަ ކުރިމަތިވީ، ހަށިގަނޑުގައި އުފެދުނު ޓިއުމަރެއްގެ ސަބަބުން ކަން މި ވަނީ ދެނެގަނެވިފައެވެ.

ޝޯލްޓްޒް އަށް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އަހަރުގެ ކުރީކޮޅު އޭނާ ބަރުދަން އިތުރުވާން ފެށި ކަމެވެ. މިއާއެކު އޭނާ އެގޮތަށް ވާން ނޭދޭތީ ޑައިޓް ފެށިއެވެ. އަދި އިތުރަށް ކަސްރަތުވެސް ކުރަން ފެށިއެވެ. ނަމަވެސް އޭނާ އިތުރު ބަރުވިއެވެ. އަދި ބަނޑު ފުފެން ފެށިއެވެ.

މި ފެބުރުއަރީ މަހު އޭނާގެ އަހަރީ ޗެކްއަޕް ގެ ތެރެއިން އޭނާ އަށް ހީކުރެވުނީ 10 ކިލޯ ލުއިވެދާނެ ކަމަށެވެ. އަދި އޭނާ ބަރުދަން ބަރުވަމުން ދިޔައީ އަމިއްލައަށް ކަންތައް ކުރެވޭ ކަންތަކުން ކަމަށެވެ.

އަދި އޭނާގެ ޑޮކްޓަރު ރޫޓީން ބްލަޑް ވޯކް ޗެކް ކުރިއެވެ. ނަމަވެސް ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ދެެއްކިއެވެ. ނަމަވެސް އާދަޔާ ހިލާފަށް ފަލަވަނީ ކީއްވެގެންކަން ދެނެނުގަނެވުނެވެ. އެއީ ގޮތް ނޭނގޭ ފުޑް އެލާޖީއަކަށް ވެދާނެ ކަމަށްވެސް ބެލެވުނެވެ. އެހެންވެ އޭނާ ޑައިޓް އެކްސްޕެރިމެންޓް ކުރަން ފެށިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުންވެސް ބަރުދަނަށް ބަދަލެއް ނައެވެ.

ގާތްގަނޑަކަށް އަށް މަސް ދުވަސް ވަންދެން އޭނާގެ ހާލަތަށް ބަދަލެއް ނައެވެ.

އެހެންވެ އެޏަ ގެސްޓްރޯއެންޓެރޮލޮޖިސްޓަކަށް ދެެއްކިއެވެ. އެ ޑޮކްޓަރަށް ދެއްކިއިރު، އޭނާގެ ބަނޑު ހުންނަނީ ހިލައެއްހެން ވަރަށް ހަރުކޮށެވެ.

އެ ޑޮކްޓަރު ވަނީ ވަގުތުން އޭނާގެ ފުލް ބޮޑީ ޗެކްއަޕެއް ހެދިއެވެ. އޭގެ ތެރޭގައި ސީޓީ ސްކޭނެއް ވެސް ހިމެނެއެވެ. އޭގެން އެނގުނުގޮތުގައި އޭނާގެ ބަނޑުގައި 13 އިންޗީގެ 17 ޕައުންޑްގެ ޓިއުމަރެއް އެފެދިފައި އޮތް ކަމެވެ. ލިޕޯސާކޯމާ ނަމަކަށް ކިޔާ އެ ޓިއުމަރު އޮތީ އޭނާގެ ކަނާތު ކިޑްނީ އާއި އެޑްރީނަލް ގްލޭންޑް ވެސް ވަށައިގެން އޮޅާލެވިގެންނެވެ.

އެކަމުން އޭނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހު އޭނާގެ އޮޕަރޭޝަނެއް ކޮށް ޓިއުމަރު ނެގިއެވެ. އޭގެ ފަހުން އޭނާއަށް އުނދަގޫތަކެއް ނުވެއެވެ. ނަމަވެސް ބަރުދަން ހުރި ގޮތުން އުނދަގޫތަކެއް ހުރިއެވެ. ބަރުދަން ބަރުވުމަކީ ކެންސަރުގެ އަލާމާތެކެވެ.