މައިންނަކީ ދަރިންނަށް ޚާއްސަ ކުލުނެއް އަބަދުވެސް ހުންނަ ބައެކެވެ. ދަރިން އެހެން މީހުންގެ އުނދަގުލުން ސަލާމަތް ކުރުމުގައި މައިންގެ ރޯލަކީ ތަފާތު ރޯލެކެވެ. ނަމަވެސް ކަންކަން ވަކި ވަރަކަށް ދިއުމުން ދަރިން ގައިގައިވެސް މިކުލުނު ނުހުންނާނެކަން މިވަނީ ހާމަވެފައެވެ.

މިގޮތުން އެމެރިކާގެ އެރިޒޯނާގައި އުމުރުން 92 އަހަރުގެ މަންމަޔަކު މިވަނީ އޭނާގެ 70 އަހަރުގެ ފިރިހެންދަރި މަރާލާފައެވެ. 92 އަހަރުގެ މިމީހާ އޭނާގެ ދަރިފުޅު މަރާލާފައިވާ ކަމަށް އެއްބަސް ވެފައިވާއިރު، މަރާލި ސަބަބެއް ކަމުގައި ބުނެފައިވަނީ އޭނާ ދަރިފުޅު އޭނާ މުސްކުޅިން ބަލާ ތާކަށް ގެންދާ ކަމަށް އުޅޭތީއެވެ.

ފުލުހުންގެ ތަޙްޤީޤަށް މިއަންހެން މީހާ ބުނެފައިވަނީ މިމީހާ އޭނާގެ ދަރިފުޅު ބަލާ ބޮޑުކުރި މިދުވަސް ދެކެން ނޫން ކަމަށާއި އޭނާގެ ދަރިފު މިދުނިޔެއަށް އުފަން ކުރީ އެމީހާ ކަމަށާއި އަދި އުފަން ކުރި ފުރާނައެއް ދުއްވާލުމުގެ އިޚްތިޔާރު މިމީހާއަށް އޮންނާނެ ކަމަށެވެ.

މިއަންހެން މީހާ އޭނާގެ ދަރިފުޅު މަރާލާފައިވަނީ ބަޑިއަކުން ހަމަލާދީގެންނެވެ. ފުލުހުންނަށް ދިން ބަޔާނުގައި މިއަންހެން މީހާވަނީ މިކަމަށް އެއްބަސް ވެފައެވެ. މިމީހާ ބުނެފައިވަނީ ބަޑީގެ މަގަޒިން ހުސްވަންދެން ބަޑި ޖެހި ކަމަށާއި އޭނާއަށް އިހާނެތިކޮށް ހިތުމުގެ ބާރު އޭނާގެ ދަރިފުޅަށް ނޯންނާނެ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މަރުވި މީހާގެ އަނބިމީހާއެވެ. ފުލުހުން މިމައްސަލައިގައި 92 އަހަރުގެ މީހާވަނީ ހައްޔަރުކޮށްފައެވެ. އަދި މިމީހާގެ މައްޗަށް ގަސްދުގައި މީހެއް މަރާލުމުގެ ކުށުގެ ދަޢުވާއާއި ބަޑިފަދަ ތަކެތި ގެންގުޅުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު