ބޮލީވުޑްގެ ފިލްމަތަކުން ފެނިގެންދިޔަ އައިޝާ ޓާކިއާއަށް އިންޒާރުގެ މެސެޖްތައް ލިބެމުން އަންނަކަމަށް އޭނާގެ ފިރިމީހާ ބުނެފިއެވެ.

އައިޝާގެ ފިރިމީހާ ފަރްހާން އަޒްމީ ވަނީ މިދިޔަ އަންގާރަ ދުވަހު އެ މައްސަލަ މުމްބާއި ފުލުހަށް ހުށަހަޅާފައެވެ. އައިޝާގެ އިތުރުން އޭނާގެ މަންމަ އަށާއި، ދައްތައަށްވެސް މަރުގެ އިންޒާރު ލިބެމުން އަންނަކަނަށް ފަރްހާން ވަނީ ބުނެފައެވެ.

ފަރްހާން ޓްވިޓާ މެދުވެރިކޮށް ބުނިގޮތުގައި، ސީނިއާ ފުލުސް އޮފިސަރުން އޭނާ ގުޅުމުން ފޯނު ނުނަގާ ކަމަށެވެ. އަދި އޭނާ ބުނެފައިވާގޮތުގައި، އެ މީހުންގެ ބޭންކް އެކައުންޓްވެސް ވަނީ ފްރީޒްކޮށްފައެވެ. އަދި އައިޝާގެ ނަމްބަރު ފުލުހުން ބްލޮކް ކޮށްފައިވާކަމަށްވެސް ފަރްހާން ބުންޏެވެ.

އަދި އެ މީހުންނަށް އެކި ގޮތްގޮތުން އިންޒާރު ދެމުން އަންނަ މީހާ އެންމެ ފަހުން އައިޝާގެ ނަމްބަރު ހޯދައިގެން އޭނާއަށް ތަފާތު އިންޒާރުގެ މެސެޖްތައް ދެމުން އަންނަކަަމަށް އޭނާ ފިރިމީހާ ފާހަގަކުރަމުންދާއިރު، އެ މީހާ ބުނަމުން ދަނީ ފަރްހާން އާއި އައިޝާ ވަރަށް އަވަހަަށް ޖަލަށް ލާނެ ކަމަށެވެ.

"އައިޝާ އާއި އައިޝާގެ ފިރިމީހާ ޖަލަށް ލާނެ. ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ތިމީހުން ޖަލަށްގެންދިޔުމަށް ބަލާ އަންނާނެ". އެ މިހާ ވަޓްސްއެޕް އިން އައިޝާއަށް ކުރި މެސެެޖެއްގައި ވެއެވެ.

ފަރްހާން އެންމެ ފަހުން ޓްވިޓާގައި ލިޔުނުގޮތުގައި، އެ މީހުންނަށް ފުލުހެއްގެ ފަރާތުން ވަނީ އެހީތެރިކަން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙުމަދު

    ތީއަޖާބެއް ކީއްވެތަ އިންޒާރު ދެނީ!