އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގައި މަރުވި އެއް އާާއިލާގެ 11 މީހުން މަރުވީ އަމިއްލައަށްކަން ބެލެވޭކަމަށް ބައެއް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެގޭގެ ކުރިމަތީގައި ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖަށް އެ އާއިލާއިން ކުރި މަސައްކަތް ފެންނަން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެގޭގެ ތެރެއިން ފެނުނު ޑައިރީތަކާއި، އަދި އެ ނޫންވެސް ބައެއް ތަކެއްޗަށް ބަލާއިރު، އެ މީހުން ދަންޖެހުނީ "މީހަކު" އެ މީހުން ސަމާލަތްކޮށްދޭނެ ކަމަށެވެ. އަދި އެ މީހުން އެގޮތަށް ހެދުމުން އެ އާއިލާ އިތުުރަށް ވަރުގަދަވާނެކަމަށް އެ މީހުން ގަބޫލުކުރިކަމަށްވެސް ވެއެވެ.
އެ މީހުން ސަލާމަތްކޮށްދޭނެ ކަމަށް ވަނީ މަރުވި މީހުންގެ ތެރޭގައި ހިމެނޭ އެކަކުގެ ބައްޕައެވެ. އޭނާ ވަނީ މީގެ ކުރިން މަރުވެފައެވެ. އެ ފިރިހެން މީހާ އޭނާގެ ބައްޕަ އާއި ވާހަކަދައްކާ ހަދާ ކަމަށް ވެއެވެ.
އެގެ ކައިރީ ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަގޮތުގައި، އެރޭ 10:00 ހާއިރު އެގެއިން އަންހެނަކު ގޮޑިއެއް ގޭތެރެއަށް ވައްދާ މަންޒަރު ފެނެއެވެ. އެ ގޮޑިއަކީ ދަންޖެހުމަށް ބޭނުން ކުރި ގޮޑިއެއްކަމަށް ބެލެވެއެވެ. އެ ފޫޓޭޖުން އެ ކުދިންގެ މައިންބަފައިން އެ ކުދިން ދަންޖެއްސުމަށްޓަކައި ތައްޔާރު ކުރަމުންދާ މަންޒަރުވެސް ފެނެއެވެ. އެގޮތުން އެ ކުދިން ބަދެފައި އަނގަ ބަންދު ކުރާ މަންޒަރުވެސް ފެންނަކަމަށް ވެއެވެ.
އަދި އެރޭ 1:00 ޖެހިއިރު އެންމެން މަރުވެފައިވާކަމަށް ވެއެވެ. އެހެންކަމުން މި ހުރިހާކަމަށް ބަލައި އެ މީހުން ދަންޖެހިފައި ވަނީ އަމިއްލައަށްކަމަށް ބެލެވެއެވެ.
އެ މީހުންގެ ފޮރެންސިކް ރިޕޯޓްތަކިން ދައްކާގޮތުގައި، 11 މީހުންގެ ތެރެއިން ގިނަ މީހުން މަރުވީ ދަންޖެހިގެންެނެވެ.
ފޭކު އިންޑިޔާ.
ހުރި ޖާހިލުކަމާއެވެ...
ހޮހ! ކަލޯ ބުނަން މީ ފިސާރި ކޮސްބައެއް. މީހަކު އަޅެ ބުރާންޗެއް ނުވާނެތަ؟