ސައުދި އަރަބިޔާއަށް ނިސްބަތްވާ ބަރުދަނުގައި 500 ކިލޯ ހުރި މީހަކު ފަލަވުުމުގެ ސަބަބުން ނުހިނގި ހަ އަހަރު ވަންދެން ހުރުމަށްފަހު، ހިނގަން ފެށީ ކުރި ކާމިޔާބު އޮޕަރޭޝަނަކަށް ފަހުއެވެ.

އޭނާގެ އޮޕަރޭޝަންގައި 60 އަށްވުރެ ގިނަ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެކްނީޝަނުން ބައިވެރިވެފައިވެއެވެ.

އޭނާއަށް މިހާ ދުވަސް ވަންދެން ނުހިނގިފައި ހުންނަން ޖެހިފައި ވަނީ މާބޮޑަށް ބަރުވުމުގެ ސަބަބުން ހެލިފެލިވެ އުޅެން ދަތިވެފައިވުމުންނެވެ.

ސައުދީ ސޮސައިޓޯ ފޯ އެންޑޮސްކޯޕިކް ސާޖަރީ އަބްދުﷲ އަލް ދަހްޔާން ވަނީ އެ މީހާ ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވީޓާގައި ހިއްސާ ކޮށްފައެވެ. އެ ވީީޑިއޯ ފެނިގެން ދަނީ އޭނާ ހިނގަން ފެށުމުން ޑޮކްޓަރުން އޭނާއަށް ތަރުހީބު ދޭ ތަނެވެ.

އޭނާ ވަނީ، މަންސޫރު އަލް ޝަރާރީ ނަމަކަށް ކިޔާ މި މީހާއަށް ހަ އަހަރު ފަހުން ހިނގަން ފެށުމުން އެކަމާއި ވަަރަށް އުފާވެރިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މީގެ ތިން މަސް ކުރިން އޭނާ އަށް ފިޒިކަލް ތެރެޕީ ދޭން ފެށި ކަމާއި، ކުޅިވަރައީ ހާއްސަ ޑައިޓެއް ފެށި ކަމަށްވެސް ބުނެފައި ވެެއެވެ. އަދި އޭނާގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށްވެސް ޑރ. ބުނެފައި ވެއެވެ.

މިހާރު އޭނާ ތައްޔާރުވަމުން ދަނީ އާއިލާ ކައިރިއަށް ދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކުރީ ކޮންކަހަލަ އޮޕަރޭޝަނެއްކަންވެސް އިނގޭނަމަ!!!

  2. Anonymous

    ޥަރަށް ޝައުްުވެރި މަޢުލޫމާތެއް، މި ޕޭޝެންޓް އޮޕަރޭޝަންކުރި ހޮސްޕިޓަލަކާއި ކުރީ ކޮންކަހަލަ އޮޕަރޭޝަނެއްކަމާއި ޑައެޓާއި އަދި ކަސްރަތުގެ މަޢުލޫމާތުވެސް ހޯދައިގެ ލިޔެލިނަމަ މަޢުލޫމާތު ބޮޑަށް ފުރިހަމަވީސް ނޫންތޯ؟؟؟