ވިޔަފާރި ކުރާއިރު ފޯނުން ގުޅައިގެން ވާހަކަ ދެއްކުމަކީ ނުވަތަ ލަވަ ޖަހައިގެން އަޑުއެހުމަކީ އިތުރު ހަރަދުތައް ކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ފޯނުން ވާހަކަ ދައްކަމުން ނުވަތަ ލަވަ ޖަހައިގެން ހުރެ ވިޔަފާރި ކުރާނަމަ ގަންނަން އައި އެއްޗެހި ހަނދާން ނެތި އިތުރު އެއްޗެހި ގަނެވޭ ކަމަށް މި ދިރާސާއިން ދައްކައެވެ.

އެކަޑަމީ އޮފް މާކެޓް ސައިންސްގައި ޝާއިޢު ކޮށްފައިވާ އާޓިކަލް އެއްގައި ލިޔެފައިވަނީ ވިޔަފާރި ކުރުމުގައި އުޅުނު 230 ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކޮށްފައިވާ މި ދިރާސާ އިން ދައްކާ ގޮތުގައި މޯބައިލް ފޯނު ބޭނުން ކުރާ ފަރާތްތަކުން ގަންނަން ދާ އެއްޗެހީގެ އިތުރަށް އެއްޗެހި ގަނެއެވެ. އަދި ގިނަ ފަހަރަށް ގަންނަން ދާ އެއްޗެހި ވެސް ހަނދާން ނެތެއެވެ.

މި ދިރާސާ ކޮށްފައިވަނީ ހަމައެކަނި ވިޔަފާރި ގެންގުޅުމުގައި މޯބައިލު ފޯނުގެ ސަބަބުން އަންނަ ބަދަލުތައް ބެލުމަށެވެ.

''މޯބައިލް ފޯނަކީ ކަސްޓަމަރުންގެ ސަމާލުކަން ގެއްލުވާލާ އައު ބާވަތް. މިއީ ވަރަށް ތަފާތު ކަމެއް. އަހަރެމެންގެ މި ދިރާސާގެ ސަބަބުން ވިޔަފާރި ކުރާއިރު ފޯނު ގެންގުމުގައި ކަސްޓަމަރުންގެ އުޅުމަށް ބަދަލުތަކެއް އަންނާނެ. ފޯނުގެ ސަބަބުން އިތުރު ހަރަދު ކުރެވޭ ކަމަށާއި ގަންނަން ބޭނުންވާ އެއްޗެހި މަތިން ހަނދާން ނެތުން ފަދަ ކަންތައްތައް ކުރިމަތި ކުރުވާ، އަހަރެމެންގެ ދިރިއުޅުމަށް އަސަރު ފޯރުވާ އެއްޗެއްކަން ކަސްޓަމަރުންނަށް ވިސްނޭނެ'' މި ދިރާސާ ކުރި ފަރާތްތަކުގެ ތެރެއިން އެމެރިކާގެ ފާފީލްޑް ޔުނިވާސިޓީގެ މައިކަލް ސިއާންޑުރާ ބުނެފައިވެއެވެ.

މައިކަލް ސިއާންޑުރާ ބުނެފައިވާ ގޮތުގައި މި ދިރާސާގެ ސަބަބުން ކަސްޓަމަރުންނަށް އެދެވާ އަސަރެއް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަބަދު ފޯނާއި ކުޅޭ މީހުން ފިހާރައަށް ދާނަމަ ހަރަދު ބޮޑު، ގަނެވޭ އެއްޗެއްވެސް ނޭނގެ!

    ތާކުން ތާކު ނުޖެހޭ ސުރުހީއެއް އަޅުގަނޑު ފޯނު ނިދަން ދެން އޮންނާނީ އަތުގަ ފިހާރައައް އެއްޗެއް ގަންނަން ގޮސްގެން ތިޔަ ކަހަލަ މައްސަލައެއް އަދި ނުޖެހޭ.