"މިއީ މި ސިހުރު ޖެހުނު ފަރާތް " ވަގުތަށް" ހިއްސާކޮށްފައިވާ މައުލޫމާތުގެ މަށްޗަށް ލިޔެވިފައިވާ ވާހަކައެކެވެ. ވާހަކަގައި ބޭނުންކޮށްފައިވާ ނަންމަކީ އަސްލު ހާދިސާގެ ނަންނަމެއް ނޫނެކެވެ."

އެއީ 1989 ވަނަ އަހަރެވެ. އަހަންނަކީ އައްޑުއަތޮޅޮ ހުޅުދޫއަށް ނިސްބަތްވާ މީހަކީމެވެ. އަހަރެމެން އާއިލާގައި ތިބެނީ އަށް މެންބަރުންނެވެ. އެއީ އަހަރެންގެ މައިންބަފައިންގެ އިތުރުން އެއްބަފާ ބޭބެ އާއި ހަގަށް ތިބޭ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އެހެންކަމުން އާއިލާގެ އެންމެ ވިކޭނީ އަހަންނާއި ބޭބެ އިތުރުން ބައްޕަގެ ބަހެވެ.

އަހަރެންގެ އެއްބަފާ ބޭބެގެ މަންމައަކީ މާލެއަށް ނިސްބަތްވާ މީހެއް ކަމުން ބޭބެއަށް ވަނީ މާލެއިން ގޯއްޗެއް ލިބިފައެވެ. އެއީ މަންމަގެ ފަރާތުން ބޭބެއަށް ވާރުތަވި ގޯއްޗެކެޗެ. މާލޭގެ ރަނގަޅު ހިސާބެއްގައި ހުންނަ އެ ގޯތީގައި ހެޔޮވަރުގެ ގެއެއް ބައްޕަ އަޅާފައި ހުރި އިރު އެ ގެއަކީވެސް ބޭބެގެ މިލްކެކެވެ.

ބޭބެގެ އަމިއްލަ ގެއެއް މާލޭގައި ހުރުމާއި އެކު އަހަރެމެން ދިރިއުޅެމުން އައީ މާލޭގައެވެ. ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އައި އަހަރެމެންގެ އުފާވެރި ދިރިއުޅުމަށް ކަޅު ހިޔަންޏެއް އެޅުނީ ބޭބެ މީހަކާ އިނދެ، އަހަންނަށް ފަހަރިއެއް ލިބުން ހިސާބުންނެވެ. ބޭބެ އިން މީހާއަކީ އަހަރެމެންނާއި އެހާ ގަޔާވާ މީހެއް ނޫނެވެ. އަދި އެއީ މުދަލުގެ ދަހިވެތިކަން އިންތިހާއަށް އޮތް މީހެކެވެ. ކައިވެންޏަށް ފަހު ފަހަރިއާއި އެކު އޭނާގެ މަންމަންވެސް މާލެ ބަދަލުވިއެވެ. އަދި އަހަރެމެންނާއި އެއްގެއެއްގައި ދިރިއުޅެން ފެށިއެވެ. އެއިރު އެ ދެމީހުން އަޑިއަޑިން ރާވަމުން ދިޔަ ބޮޑު ކުޅިވަރު އާއިލާގެ އެއްވެސް މެންބަރަކަށް ފަހުމް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ކައިރީގައި އުޅޭ މީހަކު، އަދި އެވެސް ބޭބެގެ އަންހެނުން އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލާނެއޭ ބުންޏަސް ހުދު ތިމާގެ ޒަމީރުވެސް ގަބޫލެއް ނުކުރާނެއެވެ.

ކައިވެންޏަށް ދުވަސްވާން ފެށިވަރަކަށް އާއިލާގެ ތެރޭގައި ހަދަސަވެރިކަމުގެ ހުޅުކޮޅު ރޯވިއެވެ. ފަހަރިއާއި އަހަރެމެންނާއި އޮންނަ ގުޅުން އަލިފާނަށް ވިއެވެ. އަދި ބޭބެގެ އެއްބަނޑު އަންހެން ކޮއްކޮ އަށް ބޭބެ ހަރަދު ކުރާތީ އެކަމާވެސް ބެހެން ފެށިއެވެ. އަދި ކުށެއްނެތް ކޮށްކޮގެ ބޮލުގައި ބޭބެއާއި ނަހަމް ގުޅުމެއް ބާއްވާ ކަމުގެ ދޮގު ތުހުމަތު އެޅުވިއެވެ. އަދި އެއްބަފާ މީހުންގެ މެދުގައި ހަމަނުޖެހުންތަކެއް އުފެއްދިއެވެ. މި ހުރިހާ ކުޅިވަރެއްގެ ފަހަތުގައިވެސް ތިބީ ފަހަރިއާއި އޭނާގެ މަންމައެވެ. އަދި އެމީހުން ރާވަމުން ދިޔައީ ބޭބެއަށް މާލެއިން ލިބިފައިވާ ގެ މިލްކު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން އެންމެ ފަހުން އަމިއްލަ މަޤުސަދު ހާސިލް ކުރުމަށް އެމީހުންގެ ރަށުން ސިހުރު ހަދާ މީހަކު ގެނެއެވެ. ކާސިންފުޅު ނަމަކަށް ކިޔާ އެ ސިހުރުވެރިޔާއަކީ އިސްކޮޅުން ކުރު މީހެކެވެ. އަދި އޭނާގެ ނިތްކުރީގައި ފާޅުވާނެ ފަދަ ގޮށެއް ހުރެއެވެ.

ކާސިންފުޅު ގެނެސް އަހަރެމެން ގެއަށް ސިހުރު ހެދިއެވެ. އަދި އާއިލާގެ އިސްކޮށްތިބި ފަރާތްތަކަށް ސިހުރު ޖެއްސުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ ކާސިންފުޅު ދިމާކުރީ އަހަރެންގެ ބައްޕައާއެވެ. އެގޮތުން ބައްޕަ ނަމާދުން ގެއަށް އަންނަ ވަގުތުގައި ތުމުން ކޮންމެވެސް އެއްޗެއް ކިޔުމަށް ފަހު ބައްޕައާއި ދިމާއަށް ފުމޭނެއެވެ. ނަމަވެސް މާތް ﷲ ގެ ރަހުމަތްފުޅުން ބައްޕައަށް ސިހުރުގެ އެއްވެސް އަސަރެއް ނުކުރެއެވެ. އަދި އެ ސިހުރު ބައްޕައާއި ގާތް ނުވެއެވެ.

އޭގެ ދެއަހަރު ފަހެވެ. 1991 ވަނަ އަހަރު އަހަރެން މަތީ ސާނަވީ ތައުލީމު ހާސިލް ކުރުމަށް ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ( ސީއެޗްއެސްސީ) އަށް ވަނީމެވެ. އަދި ސީއެޗްއެސްސީގައި ތައުލީމު ހާސިލް ކުރަން ފެށީމެވެ.

އަހަންނަށް ސިހުރު ޖެހިފައިވާކަމުގެ ފުރަތަމަ އަލާމާތްތަށް ފެނުނީ އެއްދުވަހަކު ސެންޓަރގައި ކިޔަވަން އިންދައެވެ. އާދަޔާއި ހިލާފަށް ބޮލުގައި ރިއްސާ މީހާގެ ހޭވެރިކަން ގެއްލުނެވެ.

އެދުވަހުގެ ފަހެވެ. އަހަރެންގެ ބޮލުގައި ރިހުން ދިޔައީ އިތުރުވަމުންނެވެ. އަދި ކަންކަން ކުރަން ފޫހިވުމާއި އެކި އެކި އުނދަގޫތަށް އަހަންނަށް ވާން ފެށިއެވެ. ބިރުވެރި ހުވަފެންތަށް ފެނުން އާންމު ކަމަށް ވިއެވެ. މީހުންގެ ގަބުރާއި މީހުންގެ ޒަނާޒާއަށް ދާ މަންޒަރު ދައްކުވައިދޭ ހުވަފެންތަށް ފެންނަން ފެށިއެވެ. މިނޫންވެސް އެތަކެއް ބިރުވެރި ހުވަފެންތަށް އަހަންނަށް ފެންނަން ފެށިއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އަދި އަހަރެންގެ ސިފަ މަޑުމަޑުން ގެއްލެން ފެށިއެވެ. މޫނުމަތި ފޮއްސިވެ ކަޅުވާން ފެށިއެވެ. އަދި އަހަރެން މޮޔަވި ކަހަލައެވެ. ކުރިން ނުވާ އެތަކެއް އުނދަގޫތަކެއް އަހަންނަށް ވާން ފެށިއެވެ.

އަދި އާދަޔާ ހިލާފަށް ނިދި އައުމާއި ރީތި ޒުވާން އަންހެން ކުއްޖަކު ފެނުމުން ކަޅި ޖަހާ ނުލާ އެ އަންހެން ކުއްޖާއާއި ދިމާއަށް ބަލަން ހުރެވެއެވެ. ނަމަވެސް އަމިއްލަ އިހްތިޔާރުގައެއް ނޫނެވެ. ބައެއް ފަހަރު އަހަރެންގެ އަމަލުތަށް ހުންނަ ގޮތުގެ ސަބަބުން ހިސާބުގަނޑު މީހުންގެ ޝަކުވާވެސް އަހަންނަށް ލިބެއެވެ. ނަމަވެސް މިކަމުގައި އަހަރެން ކުރާނީ ވަކި ކީއްހެއްޔެވެ؟ އެއީ އަހަރެންގެ އިހްތިޔާރަކާއި ނުލައި ކުރެވޭ ކަންކަމެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ހާލަތަށް ބޮޑު ބަދަލެއް އަޔެވެ. އަދި އަހަރެންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން އެތަށް ބައެއްގެ މަލާމާތާއި ފުރައްސާރައާއި އަހަރެން ކުރިމަތިލާން ޖެހެއެވެ. ބައެއް މީހުން އަހަރެން މިއީ މޮޔައެކޭ ބުނާއިރު އަނެއްބައި މީހުންނަށް އަހަރެން ސިފަވަނީ ވަރަށް ދަށު ދަރަޖައިގެ މީހެއްގެ ގޮތުގައެވެ.

ސިހުރުގައި ޖެހި ކަޅު ދުވަސްތަށް އަހަރެން ހޭދަކުރަމުން ދިޔައީމެވެ. އެއިރުވެސް އަހަރެން ދިޔައީ ސީއެޗްއެސްސީގައި ތައުލީމު ހާސިލް ކުރަމުންވެ. އަހަންނަކީ ވަރަށް ފަސޭހައިން ކަންކަން ނަގައިގަނެވޭ މީހެއް ނަމަވެސް ސިހުރު ޖެހުނު ފަހުން ކިޔެވުމަށް މާބޮޑު އަހަންމިއްޔަތުކަމެއް އަހަންނަކަށް ނުދެވެއެވެ.

މިގޮތުގައި އުޅެމުން މަތީ ސާނަވީ ދައުރު ނިމުނެވެ. އެއިރުވެސް އަހަރެންގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. އެންމެ ފަހުން އާއިލާގެ މީހުންނަށްވެސް އަހަރެންގެ އުޅުމަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. އެއީ އާދަޔާ ހިލާފަށް ނިދުމާއި އަހަރެންގެ ފަރާތުން ފެންނަ އާދަޔާއި ހިލާފު ކަންކަމުގެ ސަބަބުންނެވެ.

އަހަންނަށް އައިސްފައިވާ ބަދަލު އަހަރެންގެ ބޭބެއަށް ކިތަންމެ ކިޔާދޭ ހިތްވި ނަމަވެސް އަހަރެންގެ ދުލުގައި ކަސްތޮޅު އެޅިގެން ދިޔައީ ފަހަރީގެ ވިހަ ބަސްތަކުންނެވެ.

އަހަރެންގެ އުޅުމަށް ބަދަލު އައީ އަހަރެން ކިޔެވުމަށްދޭ އަހަންމިއްޔަތުކަމުން ކަމުގައި ބުންޏެވެ. އަދި އަހަރެން ހުރީ ކިޔެވި ކިޔެވީނުން މޮޔަވެފައި ކަމުގައި ބުނެ އާއިލާގެ އެހެން މީހުންގެ ބޮލަށް ސަވާރުވިއެވެ. އެހެންކަމުން އަހަރެންގެ ހާލަތާއި މެދު އާއިލާގެ އެއްވެސް މީހަކު އަޅައެއް ނުލައެވެ.

އޭލެވެލް ނިންމުމަށް ފަހު 1995 ވަނަ އަހަރު އަހަރެން ޕޯސްޓް އޮފީހަށް ވަޒީފާއަށް ދިޔައީމެވެ. އަދި އޭގެ ފަހުން އަހަރެން އެއަރޕޯޓް ކޮމްޕެނީގައިވެސް މަސައްކަތް ކުރީމެވެ. ނަމަވެސް އެތަނުން އެއް ކުންފުންޏެއްގައިވެސް އަހަންނަކަށް ހަމަޖެހިގެން ނޫޅެވެއެވެ.

އަދި އަހަންނަށް ކުރިމަތިވާ ކަންކަމަކީ ސިއްހީ ކަމެއް ކަމުގައި ބަލައި ލައްކަ ތަންތަނުން ފަރުވާވެސް ކުރީމެވެ. އިންޑިއާގެ ޓްރެވިންޑްރަމް އިން ފެށިގެން ސިލޯނުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކަށެވެ. ނަމަވެސް އަހަރެންގެ ހާލަތު ދެނެގަނެވޭނެ ޑަކްޓަރަކާއި ދިމަލެއް ނުވިއެވެ. އެންމެންވެސް ދެނީ އެއް ޖަވާބެކެވެ. އެއީ އަހަންނަށް ކުރިމަތިވާ ކަންކަން ކުރިމަތިވާން ޖެހޭ ފަދަ ބަލިމަޑުކަމެއް އަހަރެންގެ ނެތްކަމަށެވެ. ޑަކްޓަރީ އެތަކެއް ބޭހެއް ކައިގެންވެސް އަހަރެންގެ ހާލަތަށް ކުޑަވެސް ލުއެއް ނުލިބުނެވެ.

މި ގޮތުގައި ހިތި ދުވަސްތަށް ފާއިތުވަމުން ގޮސް އަހަރެންގެ ބަލި ހާލަތަށް ލުއެއް ލިބުނީ 2014 ވަނަ އަހަރު އިސްލާމިކް ފައުންޑޭޝަން އިން ދިމާވި އެކުވެރިއެއްގެ ސަބަބުންނެވެ. އޭނާ ބުނި ގޮތުގައި ބޭސް ފަރުވާއިން އަހަންނަށް ކުރިމަތިވާ ކަންކަން ރަނގަޅު ނުވަނީ ނަމަ އެއީ ސިހުރާއި ގުޅުން ހުރި ކަމެކެވެ. އަދި އޭނާ އަހަންނަށް ރުގްޔާ ކުރާ މީހަކު ހޯދައިދިނެވެ. ރުގްޔާ ކުރާ މީހާ އަހަންނަށް ރުގްޔާގެ އާޔަތްތަށް ކިޔައިދީ ސިހުރު ބާތިލް ކުރާ ރުގްޔާގެ އާޔަތްތަށް ކިޔާ ދިނުމަށް ފަހު އަމިއްލައަށް ރުގްޔާ ކުރުމަށް އެދުނެވެ. އަދި އަމިއްލައަށް ރުގްޔާ ކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ކަމުގައި ބުންޏެވެ. އެގޮތުން ރުގްޔާ ކުރާ މީހާ ބުނި ގޮތަށް އަހަރެން އަމިއްލައަށް ޤުރުޢާނުގެ އެހީގައި ފަރުވާ ހޯދަން ފެށީމެވެ.

މާތް ﷲ އިރާދަފުޅުން ރުގްޔާކުރަން ފެށިތާ 6 މަސް ދުވަސް ތެރޭގައި އަހަރެންގެ ބޮލުގެ ރިހުން ކެނޑި އަހަންނަށް ލިބެމުންދާ ގެއްލުންތަށް ވަރަށް ބޮޑަށް ލުއިވިއެވެ. އަދި އެއްއަހަރު ދުވަހުގެ ތެރޭގައި އަހަރެން އާންމު ހާލަތަށް އައިސް އަހަރެންގެ ގެއްލިފައިވާ ސިފަ ލިބުނެވެ.

އަހަންނަށް ހަދައިފައިވަނީ މީހުން މޮޔަކޮށްލާ ސިހުރެއް ކަމުގައިވާ "ސިހުރުއަލްޖުނޫން" އެވެ. އެއީ ސިހުރު ތަކުގެ ތެރެއިން ނުރައްކާތެރި އަދި ރަނގަޅުކުރަން އުނދަގޫ ސިހުރެކެވެ.

ﷲ ގެ އިރާދަފުޅުން އަހަރެން މިއަދު މިހުރީ ގަދަވެ ސަލާމަތުންނެވެ. މިއަދު އަހަންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅެމުން އަންނަ މީހަކީމެވެ. އަހަރެންގެ މާޒީގައި ހަރުފައެއް ފަދަ ފަހަރިއާއި އޭނާގެ މަންމަ އަޑީގައި ތިބެގެން އަހަންނަށް ހެދި ސިހުރުގެ އަސަރު މިއަދު މިވަނީ މުޅިން ކެނޑިފައެވެ. ނަމަވެސް އެމީހުން ބަރުބާދުކޮށްލީ އަހަރެން އެންމެ ބޭނުންވި ޒުވާން ޒުވަސްވަރެކެވެ. އެ ދުވަސްވަރު އެމީހުންގެ ސިހުރުގެ ސަބަބުން އަހަރެން މޮޔައަކަށް ވިއެވެ. ނަމަވެސް މިއަދު އަހަންނަކީ މުޖުތަމައު ބަލައިގަންނަ މީހެކެވެ.

"މި ވާހަކަ އަހަރެން "ވަގުތަށް" ހިއްސާކުރުމުގެ ބޭނުމަކީ އާއިލާތަށް ރޫޅަން ނުވަތަ ނުވަތަ އާއިލާގެ ތެރޭގައި ބައިބައިވުން އުދެއްދުމަށް ހަދާ ސިހުރާއި އަދި އެނޫންވެސް ސިހުރުގެ ގެއްލުމުގެ ވާހަކަ މުޖުތަމައަށް އަންގައިދީ ސިހުރާމެދު މީހުން ހޭލުންތެރިކުރުވުމެވެ."

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޖަވާބު ނޭނގޭ ސުވާލު

  ހިތާމަވެރި! އެކަމް މިހާރު ކޮބައިތަ ފަހަރި؟

  32
  • ީ😔😔😔😔

   ފަހަރި ތިއޮތީ ޖީބުގަ!! 🤣🤣🤣

   6
   5
 2. Anonymous

  ތަރިކަ މުދަލާ ތި ބިރުގަނެ ޖެހިލުންވާ ކަމިޔާބުތަކާ އެއްޗިއްސަކީ ވަގުތީ ތަކެއްޗެވެ ތިބާ ނިމިގެން ދާންޖެހޭނީ ހުރިހާ އެއްޗެއް ދޫކޮށް ކުރި އަމަލަކާއެކުއެވެ ޝިރުކުގެ ތެރެއަށް ވަދެ ހަސަދައިން ފޯވެގެން ތިބާގެ ބޭބެ ގެ ދަރިފުޅު ތިބާޔަށްއ މިދުނިޔޭގަ ކާލެވިދާނެއެވެ އެކަމަކު ކަށްވަޅުގައި ތިބާ އޮންނާނީ އެކަންޏެވެ

  23
  1
 3. އަނބިނޮހޮރުއްޕާންތައިޓިސް

  އަހަރެން މިވާހަކަ ކޮމެންޓު ކޮލަމުގައި ޖެހީމަ މިސްކިތުގަ ހުޅުޖެހި މީހާ އުޅުނު ހެން އުޅެގަންނާނެ ކަން ޔަގީނެވެ ހަޖަމް ކުރަން އުނދަގޫވެގެން މަށޭ އެބަކިޔަން ހޭ އަހާނެ ކަން ޔަގީނެވެ ހައްހައްހާ ކުރިންވެސް ތެޅިގަން ގޮތައް

  9
  1
 4. Anonymous

  މުދަލާ ތި ބިރުގަނެ ޖެހިލުންވާ ކަމިޔާބުތަކާ ތިބާ އޮންނާނީ އެކަންޏެވެ

 5. ސަމް..

  ވަރައް ބޮޑައް ސުކުރީއްޔާ މިފަދަ އަނދިރި ދުވަސް ތަކެއްގެ ވާހަކަ ތިހައި ހިއްވަރެއް ލައިގެން ކިޔައިދޭން ކެރުނީތީ، އަހަރެންގެ މަންމަގެ ފަރާތުން އިވިފަ އޮންނަ ގޮތުން އަހަރެންގެ އާއިލާވެސް އޮތީހަމަތިފަދަ ގޮތަކައް ރޫޅިފަ. ބައްޕަ އަކީ ވަރައް ރަނގަޅު އާމްދަނީއެއް ލިބެމުން ދިޔަ މީހެއް ކަން އޮތީ އެނގިފަ. ރިސޯޓެއްގަ އުޅެފަ އަދި އެހާމެ ހެޔޮވަރުގެ ބޮޑު ދެމަސްދޯނިވެސް އޮތް ކަމައްވަނި. ރަށުގަ ބޮޑު ގޯޗެއްވެސް އެބައޮތް އެކަމު އޮތީ ޒަމާނުއް ސުރެ އެއޮންނަނި ފަޅައް. އަދި އަހަރެން ހިމެނޭހެން އާއިލާ އެންމެން މިއުޅެނި މާލޭ ސަރަހައްދުގަ.

 6. ހަމްދާން

  ސިހުރު ރާއްޖޭގައި ވަރައް ހަދާއުޅޭ.. އެކަމައް ހައްލެއް ނުލިބެނީ ލާދީނީ ގާނޫނުތަކުގެ ސަބަބުން.. އަދި އިސްލާމީ ޝަރީއަތައް ބޯނުލަނބާތީ. ދިވެހިންނަކީ ކޮންމެއަކަސް ވަރައް ނުބައި ބަޔެއް. މީހުންނާއި އިންނަ އިރު އިނދެވެނީ ކޮންފަދަ އާއިލާއެއްގެ ކޮންކަހަލަ ހަސީލަތެއްގެ ބަޔެއްކަން ބެލުމުގެ މުހިންމުކަން މި ލިޔުމުން ހާމަވެގެންދޭ. އަދި އަޅުކަންކުރުމުގައި ދެމިތިބުމުގެ މުހިންމުކަމާއި ޝިރުކުގެ ނުބައިކަން އެނގިގެންދޭ. ބާތިލް ނުކުރެވޭނެ އެއްވެސް ސިހުރެއް ނޯންނާނެ. ރުގްޔާކުރުމަކީ އެއްވެސް ސައިޑްއިފެކްޓެއް ހުންނަކަމެއްނޫން.. ސިހުރުގެ ނިޝާންތައް ފެނިއްޖެއިޔާ އެމީހަކައް ކުރެވުނު މިންވަރަކައް ރުގްޔާކޮއް ދުއާކޮއް މާތް ރަސްކަލާނގެ ހަޒްރަތުން އެހީއާއި މަދަދައް އެދޭތި. ސިހުރި ހަދާމީހާ އާއި އެ ސިހުރު ހެދިމީހާ އެމީހުންގެ އެ އަމަލުތަކުގެ ރަހަދެކޭނެ.. އަދި ގެއްލުން ލިބުނު މީހާއަށް އާޚިރަތުގައި ފުރިހަމަ ބަދަލު ލިބޭނެ. ހަދާ ސިހުރަކުން އަނެކާއަށް ލިޔުއްވާފައި ނުވާ އެއްވެސް ފައިދާއެއް ވިޔަސް ގެއްލުމެއް ވިޔަސް ނުލިބޭނެ.

  16
  1
  • މީ

   ބައެއް ދިވެހިން ވ ނުބައި

 7. ކިޔު

  އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަގެ ކުއްޖަކުވެސް މީހަކު ހެދި ވަރުގަދަ ސިހުރެއްގެ ސަބަބުން ހުރީ ހަމަ ފައްކާ މަޖުނޫނަކަށްވެފަ..ސިހުރު ހެދީ ބޭބެ އޭރު ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާގެ ބައްޕަ..އެވެސް ހަދާފަހުރީ އަންހެން ކުއްޖާ ރުޅި އަންނަ ގޮތަށް. އަހަރެންގެ ބޭބެ މޮޔައެއްހެން އެއަންހެން ކުއްޖާ ފަހަތުން ދުވާ ގޮތަށް..އޭރު އަހަރެންގެ ބޭބެ އެއުޅުނު ނިކަމެތި ހާލު ހަނދާންވީމަ މިހާރުވެސް ދެރަވޭ..

 8. ބޯދާ

  ސިހުރު ސިހުރު ސިހުރު ބޭނުންމީހަކާ އިނދެވޭ ބޭނުންމީހަކު ވަރިކުރެވޭ ބޭނުންމީހަކު ހަލާކުކޮށްލެވޭ ބޭނުންމީހަކު މުއްސަނދިކުރެވޭ އެކަމަކު އެހަދާމީހާގެ ހާލުގެވާހަކަ ރަނގަޅުވާނީނުދެއްކިއްޔާ

 9. ކަޅުބިލަމަސް

  ދިވެހިން ކިޔާއުޅޭ އަޑުއަހަން ކަޅުބިލަމަހަކީ މޮޔަކަމުން ހުސްބުޅީގަ ގަންނައެއްޗެކޭ މިހެން ކިޔާމީހުންގެ ހާލުފެނިފަ ހަމަ ހިނިއަންނަނީ

 10. ޔާނާ

  މަވެސް މިއުޅެނީ ހަމަ ތިކަހަލަހާލަތެއް ދިމާވެގެން. ކޮން އާޔަތްތަކެއްތޯކީ ސިހުރުން ސަލާމަތްވާން؟ ކިހިނެއް އެކަނި ރުގްޔާ ކުރަން ހަދަންޖެހެނީ؟؟؟؟ އެހީއެއްވެދީ

  • މޫސަ

   މުޅި ޤުރުއާނަކީވެސް ޝިފާއެއް. ވަކިން ޙާއްޞަކޮށް ސޫރަތުލް ފާތިޙާ، އިޚްލާޞް،ފަލަޤް،ނާސް އަދި އާޔަތުލް ކުރުސި