ސައުދީ އަރަބިޔާގެ އަންހެނުންނަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިކަން ވެފައިވަނީ އެޤައުމުގެ އަންހެނުންނަށާއި އެނޫން، އެތައް ފަރާތަކަށްވެސް ތާރީޚީ ކަމަކަށެވެ. އެކަމުގެ ސަބަބުން، އެތައް އަންހެނުންނެއް، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހިފައިގެން މަގުތަކަށް ނިކުތެވެ.

އެހެންނަމަވެސް، މިކަންވީ އެޤައުމުގެ ހުރިހާ ފިރިހެނުންނަށް "ހަޖަމު" ކުރެވޭ ކަމަކަށް ނޫނެވެ. އެކަމާ ހަސަދަވެރިވީ އެތައް ފިރިހެނުންނަށް އެޤައުމުގައި ދަނީ އުޅެމުންނެވެ.

މިއީ، އެކަމުގެ އަލިގަދަ ހެއްކެކެވެ.

ދާދިފަހުން، އެޤައުމުގެ އަންހެނަކު ދުއްވި ކާރެއްގައި، އެޤައުމުގެ އަންހެނުންތަކެއްވަނީ އަލިފާން ރޯކޮށްލާ އަންދާލާފައެވެ. މި މީހުން މިކަން ކޮށްފައިވަނީ މި އަންހެން މީހާއަށް އެތައް ފަހަރަކު އިންޒާރު ދިނުމަށްފަހުކަމަށްވެސް، ބައެއް ނޫސްތަކުން ބުނެފައިވެއެވެ. އަދި، މި މީހުން މިކަން ކޮށްފައިވަނީ، އަންހެނުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމަކީ ދީނުގައި ހަރާން ކުރައްވާފައިވާ ކަމެއް ކަމަށް ބުނެއެވެ.

އަނދައިގެން ދިޔަ ކާރުގެ ވެރިޔާ، ސަލްމާ އަލް ޝާރީ، ސައުދީގެ "އޮކާޒް" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަންހެނުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމާ އެކު ކަހަލަ ގޮތަކަށް، އޭނާ މަގުތަކަށް ނިކުމެ ދުއްވަން ފެށިކަމަށެވެ. މިކަމުގެ ސަބަބުން، އޭނާގެ ދުވަސްވެފައިވާ މައިންބަފައިން ގޮވައިގެން ތަންތަނަށް ދިއުމަށް ފަސޭހަވިކަމަށާއި އަދި އެނޫންެވެސް އާއިލާގެ އެތައް ކަމެއް ކުރަން ފަސޭހަވިކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، މި ހަފްތާގެ ކުރީކޮޅުގައި ބަޔަކު އޭނާއަށް އިންޒާރު ދީ ހެދިކަމަށާއި އަދި މިއީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް ބުނިކަމަށްވެސް، ސަލްމާ ބުނެފައިވެއެވެ. އަދި، އޭނާގެ ކާރުގައި އަލިފާން ރޯކޮށްލީވެސް އެމީހުންކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާރުވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީ ދެން ކޮންގޮތަކަށް ގެނެސްފަ އޮތް ސުރުހީއެއް

  2. ފިރިހެނުންނަށް "ހަޖަމު" ކުރެވޭ ކަމަކަށް ނޫނެވެ.
    އަންހެނުންތަކެެއް ރޯކުރީ. އެހެންވީމާ ކޮންބަޔަކައް ހަޖަމް ނުވީ؟؟؟؟؟

  3. ސަޅި ސުރުހީއެއްމީ ހަމަ. މުއްލާއިންނަށް ހަޖަމެއް ނުވާނެ

  4. ދީނުގަ މަނާތަ؟