އިންޑިޔާގެ ކޮލްކަތާގައި 2 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ސުކޫލްއިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެކުއްޖާގެ މައިންބައިން ބުނެފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ 2 އަހަރުގެ ކުއްޖެއްގެ މައިންބަފައިން ކަމަށާއި މިގޮތަށް ރިޕޯޓްކޮށްފައިވަނީ އެކުއްޖާ ސުކޫލްއިން އައިރު ސޯޓުގައި ލޭ ތިކި ހުރުމުން ކަމަށެވެ.

މިކުއްޖާގެ މަންމަ ބުނެފައިވަނީ މިކުއްޖާ ބަލާ ސުކޫލަށް ދިޔައިރު ސޯޓުގައި ލޭތިކިތަކެއް ހުރުމުން ޑޮކްޓަރަށް ދެއްކުމުން މިކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ. މިކުއްޖާގެ މަންމަ ބުނެފައިވަނީ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ޑޮކްޓަރ ކަށަވަރުކޮށްދިނުމުން އެދަވަހުގެ ސީސީޓީވީ ފުޓޭޖް ދިނުމަށް ސުކޫލް ކުރެން އެދުނު ކަމަށެވެ. ނަމަވެސް މިކަމަށް ސުކޫލްއިން ބީރު ކަންފަތެއް ދީފައިވާކަމަށް މިމީހާ ބުނެފައިވެއެވެ.

މިކުއްޖާގެ މަންމަ ބުނެފައިވަނީ ސީސީޓީވީ ފުޓޭޖް ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސްް ފަހުން ސްކޫލްއިން ބުނެފައިވަނީ މިދިޔަ ދުވަސް ތަކުގައ ސީސީޓީވީ ހުރީ ހަލާކުވެފައި ކަމަށެވެ.

ފުލުހުން މިމައްސަލަ މިހާރު ތަޙްޤީޤް ކުރަމުން ދާއިރު މިއަހަރު ތެރޭގައި ކޮލްކަތާގެ އިތުުރު ދެ ސުކޫލަކުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ތަކެއްވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު ދެލޯ

    އަނެއްކާވެސް އިންޑިޔާ ދޮތަ! އިންޑިޔާއިން ފަތުރާ ފަލްސަފާތަކަށް ބަލާއިރު، ޤަވްމެއްގައި ތިޔަފަދް ހަޑިމުޑުދާރު ޙާދިސާތައްޙިގަނީ އެތަނެއްގައި އެވަގުތަކު އޮއްނަ ސަރުކާރެއްގެ ނާ ޤާބިލުކަމާއި ނުކުޅެދުންތެރި ސިޔާސަތުގެ ސަބަބުންނެވެ!