މެއި މަހު އަައިސް ޓީވީން ގެނެސްދޭން ފެށި އެންޓަޓައިންމެންޓް ޝޯވތަކުގެ ފޯރިގަދަ އެޕިސޯޑްތަކެއް މި ވަނީ ފަށާފައެވެ.

90ސްގެ އަހަރުތަކަށް ހާއްސަކޮށް ގެނެސްދިމް 90ސް ޝޯވގެ މި ހަފްތާގެ އެޕިސޯޑްގައި ފެނިގެން ދިޔައީ ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް އެއް ނަންކަމުގައިވާ މެޒޯ މުހައްމަދުއެވެ. 

މިއަދު މެންދުރު 14:00 ގައި މި އެޕިސޯޑްގެ ރިޕީޓް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.

ލޯބިންގެ ނަމުގައި ލޯބީގެ ވާހަކަތަކާއެކު ގެނެސްދެމުންދިޔަ ޝޯވގަައި ފެނިގެންދިޔައީ މޯލްޑިވިއަން އައިޑޮލްގެ މި އަހަރުގެ ސީޒަންގައި އެންމެ އަޑު ހިއްޕާލި ދެ ފިރިހެން ލަވަކިޔުންތެރިންކަމަށްވާ ލާރާ އާާއި ޒަރޭއެވެ.

މި އެޕިސޯޑްގެ ރިޕީޓް މިރޭ 21:00 ގައި އައިސްޓީވީ އިން ފެނިގެންދާނެއެވެ.

މީގެ އިތުރުން ފޮތްތަކަށް ލޯބި ކުރާ ފަރާތްތަކަށް ގެނެސްދިން ބިޓްވީން ދަ ލައިންސްގެ ރިޕީޓް މިރޭ 20:30 ގަައި ގެނެސްދޭއިރު، އައިސް ޓީވީ އިން މިފަަހަރު ގެނެސްދޭން ފެށި އެންމެ ތަފާތު އެއް ޝޯވކަމަށްވާ ބިހައިންޑް ދަ ފުރަގަސްގެ ވޯލްޑްކަޕަށް ހާއްސަކޮށްގެން ގެނެސްދިން ޝޯވގެ ރިޕީޓް މިރޭ 22:30ގައި ގެނެސްދޭނެއެވެ.

އަދި މީހުންގެ ވާހަކަ ރިޝްމީއާއެކު ގެނެސްދިން އެޕިސޯޑްގެ ރިޕީޓް މިރޭ 23:00 ގައި ގެނެސްދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަމެން އައިސް ޓީވީ ގައި އުޅޭ ދަ ގަމާރު ދަ ބީތާއިން ރާއްޖޭގައި ހުރި ހަގީގީ މައްސަލަ ތަކަށް އެޑްރެސް ކޮށް ވިޔަފާރީގައި އުޅޭ މީހުންގެ ޚަބަރު ތައް ގެނެސްދޭންވީ ނޫންތޭ. މިރާއްޖޭގައި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަަކަށް ދިމާވެފައިވާ މައްސަލަ ތައް ކަމުގައިވާ ފިލައިގެން އުޅޭ ބިދޭސީންގެ ސަބަބުން ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާ ކުންފުނި ތަކަށް ދިމާވާ މައްސަލަ ތައް ހައްލު ކުރަން އެފަދަ ކަންކަމާއި މެދު ވާހަކަ ދައްކަންވީ ނޫންތޭ ތަމެން މިހާރު ތިޔާ ގެނެސްދޭ އެޕިސޯޑްސް ތަކުން ގައުމުގެ އިގްތިސާދަށް ކުރާނެ ފައިދާ އެއް ނޯންނާނެ ކަން ޔަގީންވެ ކަށަވަރު ވިއްޔާ.