އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުޑަ ކުއްޖެއްގެ ބޮލުގައި ބޯޅައަކުން ޖެހި ވީޑިއޯއެއް އާންމުވެއްޖެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ޓްރަމްޕް ސޮއިކޮށްފައިވާ ބޭސް ބޯޅައެއް އެއްލާލި ވަގުތު ކައިރީގައި ހުރި ކުޑަކުއްޖެ ބޮލުގައި ވަނީ ޖެހިފައެވެ.
ކުރީގެ ރައީސް ޓްރަމްޕް އާއި އޭނާގެ އަނބިކަނބަލުން މެލޭނިޔާ އެއްކޮށް ޖޯޖިޔާގެ އެޓްލާންޓިކާގައި އޮތް ބޭސްބޯލް މުބާރާތަކަށް ގޮސް ގިނަ ބަޔަކާ ވަނީ ބައްދަލުކޮށްފައެވެ.
މީސްމީޑިއާގެ މަގުބޫލު ޕްލެޓްފޯމް ޓިކްޓޮކްގައި ލޫޕަސްޓޯ27 ގެ އައިޑީން ޕޯސްޓުކޮށްފައިވާ ވީޑިޔޯގައި ފެނިގެން ދަނީ ކުޑަ ކުއްޖަކު ޓްރަމްޕުގެ ސޮއި ހޯދުމަށް ބޭސްބޯޅައެއް ޓްރަމްޕްއާ ދިމާލަށް އެއްލި ތަނެވެ.
ކުޑަކުއްޖާ އުކި ބޯޅަ ޓްރަމްޕް ހިފައިގެން އޭގައި ސޮއި ކުރުމަށްފަހު އަނބުރާ ކުއްޖާއާ ދިމާލަށް އުކި ވަގުތު ބޯޅަ ޖެހުނީ ކުއްޖާގެ ބޮލުގައެވެ. ކުއްޖާ އަށް އޭގެ ސަބަބުން ގެއްލުމެއް ނުވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޓްރަމްޕުގެ ސޮއި ކޮށްފައިވާ އެއްޗެއް ނަމަ 15،000 ރުފިޔާ އަށްވެސް ވިކޭއިރު ބައެއް ފަރާތްތަކުގެ ކުރިމަތީގައި އޭނާ އަކީ ވަރަށް ކުޅަދާނަ ރައީސެކެވެ.
ރައީސްކަމުގެ އެންމެ ދައުރެއް ފުރިހަމަ ކުރި ޓްރަމްޕް އަކީ ކުރީގައި ވަރަށް މޮޅަށް ބޭސްބޯލް ކުޅުނު ވެރިއެކެވެ.