އިންނަޓޭޝަނަލް ސްޕޭސް ސްޓޭޝަންް، ސްޕޭސް އެކްސްގައި ތިބި އެސްޓްރަނައުޓުން ބޭނުންކުރަމުން ދިޔަ ފާހަނަ ހަލާކުވެ، ގެއަށް އައުމުގެ މަގުމަތީގައި ކްރޫން ތިބޭނީ ނެޕީ ޖަހައިގެން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ކްރޫން މި ހަފްތާ ތެރޭގައި ދުނިޔެއަށް އައުމަށް ދަތުރު ފަށާނެއެވެ. އެ މީހުން ބޭނުން ކުރަމުންދާ ކެޕްސޫލްގެ ފާހަނަ ވަނީ ހަލާކުވެފައެވެ.

ނާސާގެ އެސްޓްރޮނައުޓް މޭގަން އެމްސީއާތްރް ވަނީ މިދިޔަ ހުކުރު ދުވަހު އެކަންތަކުގެ ވާހަކަތައް ހިއްސާ ކޮށްފައެވެ.

އޯބިޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭގަން ވިދާޅުވީ، ސްޕޭސްްފްލައިޓް ތެރޭގައި ގިނަ ޗެލެންޗެސް ތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ އިތުރު ކަމެއް މިި މިޝަންގެ ތެރެއިން، އެކަމަކު އެކަމާއި އަޅުގަނޑުމެން ކަންބޮޑެއް ނުވޭ"

މޭގަންގެ އިތުރުން، ސްޕޭސް އެކްސް ކެޕްސޫލްގައި އިތުރު ތިން ކްރޫން އެބަތިއްބެެވެ. އެ ކްރޫން އެނބުރި އައުމަށް ދަތުރު ފެށުމަށް ހުއްދަ ދީފައެއް ނުވެއެވެ. އެއީ މޫސުން ގޯސްވުމުގެ ސަބަބުންނާއި، ކްރޫއަކަށް ސިއްހީ މައްސަލައެއް ކުރިމަތިވެގެންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ސްޕޭސް އެކްސްގެ ފާހަނައިން މީގެ ކުރިންވެސް ލީކްގެ މައްސަލައެއް ކުރިމަތިލާން ޖެހުނު ކަމެވެ. އެގޮތުން އެ ކެޕްސޫލްގެ ފާހަނައިން ލީކްވެ، އޭގެ ތެރެއަށް ކުޑަކަމުދާ ތަކެތި ދިޔައެވެ.