ވަގަށް ނަގާފައިވާ 15 ތުއްތު ކުދިން ކޮށިތަކަށްލައި ބަންދުކޮށްފައި ތިއްބާ ސަލާމަތްކޮށްފިއެވެ.

ކުޑަކުދިން ވަގަށް ނެގުމަކީ ޗައިނާގައި އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އަދި މި ކަމުގައި ގިނައިން ނަގައި އުޅެނީ ފިރިހެން ކުދިންކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަނީ ތިން ކޮއްޓަކަށް ލައި އެކުދިންތައް ތިބޭ ތަނެވެ. ކޮށިތަކުގައި ތިބީ ހުސް ފިރިހެން ކުދިންނެވެ. އަދި ފުލުހުން އެތަނަށް ވަނުމާއިއެކު ކުދިންތައް ތެދުވެ، ރޯން ފެށި މަންޒަރު ފެނެއެވެ.

ފުލުހުންވަނީ މިކަމުގައި އިސްކޮށް އުޅުނު ދެ މީހުން ހައްޔަރުކޮށްފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު މިފަދަ ކޭސްތައް ޗައިނާގައި ދަނީ އިތުރުވަމުންކަން ފުލުހުން ފާހަގަކޮށްފައި ވެއެވެ.

މިކަންތައް ހުއްޓުމަށް މައިންބަފައިންގެ އެހީތެރިކަން ވެސް ފުރިހަމައަށް ބޭނުންވާނެއެވެ. ދަރިންނަށް ދޭން ޖެހޭ ސަލާމުކަން ކުރިއަށްވުރެ ބޮޑަށް އިތުރުކުރަން ޖެހޭނެއެވެ. ކުޑަކުދިން ގިނައިން ގެއްލެނީ، ކުޑަކުދިން އެއްވާ ތަންތަނުންނެވެ. ޕާކް ފަދަ ތަންތަނަށް ކުދިން ދޫކޮށްލުމަށްފަހު މައިންބަފައިންނަށް ސަމާލުކަން ނުދެވުމުގެ ސަބަބުންނެވެ.

ޗައިނާގައި ކުޑަ ކުދިން ވަގަށް ނެގުމުގެ ކޭސްތައް އަހަރަކަށްފަހު އަހަރެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން 1980 ގެ އަހަރުތަކުން ފެށިގެން ޗައިނާގައި މި މައްސަލަ ކުރިމަތިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކޮންމެ އަހަރު 70،000 ކުޑަކުދިން ގެއްލޭ ކަމަށް ރިޕޯޓްގައި ވެއެވެ. ނަމަވެސް ވިއެބޯގައި ނެރެފައިވާ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އަހަރަކު 200،000 ކުދިން މިހާރު ޗައިނާއިން ގެއްލޭ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙައްވަ

    ކޮން ސަބަބަކުން ހިނގާ ކަމެއްކަން ލިއުމުން އެނގިގެން ދާންޖެހޭނެ.

  2. މ

    ކީއްވެތަ؟

  3. ދިވެހިންގެ ދޮންބެ

    ތިފަދަބަޔަކަށް ދޮންބަފާކިޔައިގެންނޭ އަހަރެމެން މިއުޅެންޖެހެނީ ..

  4. ސުފުރާ

    އެގޮތަށް ކުޑަކުދިންވަގަށްނަގައިގެންގޮސް އެކުދިންކަތިލައިގެން އެކުދިންގެމަހުންއުފައްދާ މީރުރަހަލާކާއެއްޗެހި މިރާއްޖެއަށްވެސް އެތެރެނުކުރާކަމެއްނޭގޭދޯ ؟...

  5. ނަސީމު

    ޗައިނާގައި ހިގާމިފަދަ ކަންކަން ހިގާނީ ޗައިނާ ހަތަރު ފާރުން އެތެރޭގައި މުޅިދުނިޔޭގައި ހަންފަތުރަމުން އެހެންދީންތަކަށް ފުރއްސާރަ ކުރަމުން ، އިގެރޭސިންހެން ޗައިނާ ނުދުވާނެ....