"ޖިންނިއަކު" ދިވެއްސަކު މަރާލި ކަމަށް ބުނާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ، ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާ އެ ވީޑިއޯގައި ފެނިގެން ދަނީ ޖިންނި އަވަލާފައި ހުރި ކަމަށް ބުނާ އަންހެނެކެވެ. އެ އަންހެން މީހާގެ މޫނުގެ ބައެއް ވަނީ ފޮރުވާފައެވެ. ވީޑިއޯއިން ފެނިގެން ދަނީ އަންހެން މީހާގެ ހަށިގަނޑު ތެރެއަށް ވަދެފައިވާ "ޖިންނި" އަކާ އެހެން ދިވެއްސަކު ވާހަކަ ދައްކާ އަޑާއި މަންޒަރެވެ.

ވިޑިއޯގައި އަންހެން މީހާގެ ހަށިގަނޑު ތެރޭގައި އިން ކަމަށް ބުނާ ޖިންނި އާދައިގެ މީހުން ހީ ނުއުޅޭ ކަހަލަ ގޮތަކަށް ހޭ މަންޒަރު ފެނިގެންދެއެވެ. އަދި ދީނީ ނަސޭހަތް ދިނުމުން ވެސް ޖިންނި އިނީ ހިިނިތުންވެފައެވެ.

ވީޑިއޯގައި ވާހަކަ އިވިވެގެންދާ ފިރިހެން މީހާ ޖިންނި އާާއި ސުވާލު ކުރީ، ޖިންނި ދެމަފިރިއަކަށް ހަސަދަލީ ކީއްވެތޯއެވެ. އަދި ފިރިމީހާ މަރާލީ ކީއްވެތޯ އާއި އެއީ އެ ދެމަފިރިން ދުރުކުރަން ހަދާފައި ހުރި ސިހުރެއްގެ ސަބަބުން ކުރި ކަމެއްތޯ އެމީހާ ސުވާލު ކުރިއެވެ. އަންހެން މީހާގެ ހަށިގަނޑު ތެރޭގައި އިން ޖިންނި ވަނީ އެއީ އެ ދެމަފިރިން މަރާލަން ހެދި ސިހުރެއްގެ ސަބަބުން ކަމަށް އެއްބަސްވެފައެވެ.

ވީޑިއޯގައި ދެކެވިގެންދާ ވާހަކަތަކުން ދޭހަވެގެން ގޮސްފައި ވަނީ އެބަޔަކާ ބެހޭގޮތުން ވާހަކަ ދެކެވޭ ދެމަފިރިންގެ ތެރެއިން ފިރިމީހާ މިހާރު މަރުވެފައިވާ ކަމެވެ. އެއްވެސް ހައްގަކާއި ނުލާ އެމީހާ މަރާލި ކަމަށް ވެސް ޖިންނި ވަނީ އިއުތިރާފުވެފައެވެ.

ޖިންނި އާއި ވާާހަކަ ދެއްކިމީހާ އިތުރަށް އަހާފައި ވަނީ އެކަމުގެ ސަބަބުން ޖިންނިއަށް އޮތީ ޖަަހަންނަމައިގެ އަޒާބުކަން އެނގޭތޯއެވެ. އެކަމުގެ ޖަވާބުގައި ވެސް ޖިންނި ބުނެފައި ވަނީ އެކަން އެނގޭ ކަމަށެވެ. ވީޑިއޯގައި އިތުރަށް އިިވިގެން ދަނީ، ވާހަކަ ދައްކާ ފިރިހެންމީހާ ޖިންނިއަށް ދީނީ ނަސޭހަތްދޭތަނެވެ.

މި ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުންދާއިރު މިއީ ހަގީގީ ވީޑިއޯޢެއް ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރު ކުރެވޭނެ ގޮތެއް ނެެތެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. އިބްރާހީމް

    މި ދުވަސްވަރު ށ.އަތޮަޅުގަ އެބައުޅެ ތިކަހަލަ ރުގްޔާކުރާ ބައެއް މުޅިން ރަށްރަށް ފަސާދަ އެބަކުރެ. އެމީހުން ދާ ކޮނމެ ރަށެއްގަ ފިތުނަ އުފައްދާފަ ބަޗަނީ ތީ މިވަގުތާށް މި ރާއްޖެ އަށް ޖެހިފާ 2 ވަނަ މުޞީބާތް ތި ރުގްޔާކުރާ އާލާތްގަންދު މަރަންވީ.

    3
    26
    • ގަދަ

      މިނަށްވުރެ ބޮޑަށް ލާދީނީ ވީމާ ކަލޭގެ ބަހުުރުވަ ތިހެން ތިހިރީ. މަރާ ހުސްކުރަންވީ ތިކަހަލަ ލާދީނީ އާލާތުން.

      35
      4
    • ޙަމޭ

      ޢެންމެނަކީ ތިބުނާ ވައްތަރު ބައެއް ނޫންކަން ކަލޭ އައް ވެސް އެނގޭނެ . ޢެކަހަލަ ކަމެއް ވީމަ ހަމަ ތިބުނާ ރުގްޔާ ކުރާ މީހެއްގެ އެހީތެރިކަން ހޯދާނީ. ޢެހެންވީމާ ތިފަދަ ބަސްތައް އެންމެނައް މާނަ ނުކުރޭ

      34
    • އިންސި

      ކަލޭތީ އަނެއްކާ އެ ޖިންނިތަ؟

      19
      1
      • ޖިންނި

        ހާދަ މޮޅޭ! ކަލެއަށް ކިހިނެއް އެނގުނީ؟

        7
        1
    • ނާ

      ރަނގަޅުވާހަކައެއް

      1
      5
    • Abdul Latheef

      ތީ ސިޙުރު ހަދާ މީހަކާ ހާދަ ވައްތަރޭ! އަހަރުމެންވެސް މި އުޅެނީ މިރާއްޖޭގަ. ބަޔަކު ރުޤްޔާ ކުރާތީ އަހަރުމެންނަކަށް ނުވޭ ބޮޑު މައްސަލައަކަށް. ދެން ކަލެއޯ؟ މަރުގެ އިންޒާރު ތިޔަދެނީ އެހެންވެކަން ޔަގީން. މީހުން މަގު ފުރައްދައިގެން އެތަކެއްޒަމާނަކު ދެލި ބޯންދީގެން އުޅެވިއްޖެ. ދެން ތިޔަހެއްނަކުން ނޫޅެވޭނެ. މިހާރު ސަރުކާރުންވެސް އެއުޅެނީ ސިޙުރު ހެދުމަކީ މަނާކަމެއްކަމަށް ހަމަޖައްސަން.

      • ހައިރާންވޭ

        އިސްލާމްދީނުގައި ސިހުރު ހެދުމަކީ ހަރާމް ކަމެއްކަމަށް މާތްﷲ ވަނީ ކަނޑައަޅުއްވައި ނިންމަވާފަ..ދެން އިތުރަށް ގާނޫނެއްހަދައި މަނާކުރަން ޖެހޭ ސަބަބެއް އެބައޮތްބާ؟؟؟؟

        19
    • ?

      .ހާދަހާވާ ބަސްމަގު ސާދާވެފަ އޮމާނޭ.

    • ހުޅުދު.

      . އަހަރެމެން ރަށުގަ އުޅޭ ތީގެ ސީރިއަލް ކިލަރއެއް..

    • Anonymous

      ތީ ސިހުރުވެރި އެއްތަ މާ ރުޅިގަދަވެގެން ތި އެނބުރެނީ.. ނޫނީ މީހަކައް ސިހުރު ހަދާފައެކަން ފޮރުވަނީތަ

  2. ހުރާ

    ތިއީ ހަގީގަތެއް!!
    ހުރާ ރައްޔިތުންނަށް އިނގި ސިހުރު ހަދަމުންދާ ހުރާ ޖަމީލު!! ވަރަށް ގިނަ މީހުންނަށް އިނގޭ އޭނަ ކުރާކަންވެސް!! މީހުންގެ ގެދޮރަށާ، މުދަލާއި އާއިލާގެ މެމްބަރުންނަށް ސިހުރު ހަދަމުންދާތާ އެތައް ޒަމާނެއް ވެއްޖެ!! މިފަދަ މީހުންގެ ނުބައި ރޭވުން ނެތިކުރައްވާ، އެކަމުން އެއްމެންވެސް ސަލާމަތް ކުރައްވާންދޭވެ!! އެމީހުންނަށް ހައްގު ޖަޒާލިބި ތެދުމަގު ދައްކަވާންދޭވެ!

    • މ

      امين

    • Anonymous
  3. ނޫސްގަނޑު

    އަޅެ ލިޔާނެ އެއްޗެއް ނޭނގިގެންތަ ތިއުޅެނީ...

  4. އަޅު

    ރުޤްޔާ ކުރުމަކީ ރަގޅު ކަމެއް އެކަމަކު އެކަން ކުރަންވީ ގޮތަށް ކުރާނަމަ. ޖިންނީގެ ފަރާތުން ކަންކަން އަހައިގެން ކުރާނަމަ މިކަންވާނީ ބޮޑުވެގެންވާ ފަސާދައަކަށް . ޖީންނީންގެ ބޭނުމަކަށް ވެސްވަނީ ފަސާދުކުރުން.
    މިއީ އަޅުގަނޑުގެ ތަޖްރިބާ .....

  5. ާަގހުޖބޔވ

    ހަމަ ހަގީގަތެއް.

  6. އިނައްފު

    ފަންޑިތަ ހަދާމީހުންގެ ނަން މިދުވަސް ކޮޅު ވަނީ ރުގުޔާ ކުރާމީހުންގެނަމައް ބަދަލު ކޮއްފަ މިބައި މީހުން ރުގުޔާ ކުރާ ކަމައް ހަދައިގެން ނާ ޖާއިޒު ފައިދާ ނަގާ މީހުންގެ އަބުރާ ކަރާމަތަށް އަރައި ގަންނަކަމަށް ވަނީ ވެފަ މިފަދަ މީހުން މިކުރަނީ ބޮޑު ޝިރުކު ކަން ޔަގީނެވެ. ދާދި ފަހުން ކ ހުރާގެ މިސްކިތުގައި މިފަދަ ކަންކަމަށް އަލި އަޅުވައި ދީނީ ދަންނަ ބޭކަލަކު ވަނީ އަގުހުރި ނަސޭހަތެއް ދެއްވާފަ އެންމެހާ ރައިއްޔަތުން ނޭވެ މި ރުގުޔާ ކުރާ މީހުންނާ ދޭތެރޭ ސަމާލުވެލައްވާ ........

  7. މާނު

    ފާޑު ފާޑުގެ ވާހަކަ ނުދައްކާ...އަމިއްލަ ސައިޒު އެނގިގެން އުޅެބަލަ...އިސްލާމް ދީން ދަސް ކޮށްބަލަ....ސިހުރު ހާހޫރަ އިން ސަލާމަތް ވާނީ ރުގްޔާ ކޮށްގެންނޭ.....

    2
    1
  8. ޢަލީ

    ބަލަ ސިހުރު ހާހޫރަ އިން ސަލާމަތް ވާނީ ރުގްޔާ ކޮށްގެންނޭ...

  9. އާބިދާގޭ މޮހޮންމަދު

    އެއްވަނަ މުސީބާތަކީ ކެނެރީ ސައިތާނު

    5
    3
    • ޖޖ

      ދެން ކާމިނީގެ ކުމާރު ތޯ

      3
      2
  10. Anonymous

    ކޮބާ ވީޑިއޯ.....

  11. އިބިރިހިމާ ބެއްޔާ

    ނަންސެންސް ..ބެޔްޔާމެން މިރާއްޖޭގަ މިހެން އުޅޭތާ 86 އަހަރު ..ތިޔާހުސް ފުލޯކު

  12. އެޑްމުންޑޯ

    ހުސްފޭކް ، މިދޭތެރެއަކުން ހުވަދު އަތޮޅުގެ ރަށަކަށްވެސް ތިބަޔަކުގޮސް މުޅިރަށް ފަސާދަކޮށް ޚަރާބް ކޮއްފި . ސިހުރޭކިޔާ މީޙުންގެ ބޮލުގައި ދޮގް އިލްޒާމް އަޅުވާ އެކަކު އަނެކަކަށް ޖައްސާ ރަށް ވަނީ ފަސާދަ ކޮއްފައި ، އަދި ބުން ފުދޭވަރަކަށް ފައިސާވެސް ހޯދި މިމީހުން ، ބޮޑު ވިޔަފާރިެއްމީ އިގޭ

  13. އިސްލާހު

    ޙަޤީޤަތުގައި ރާއްޖޭގައި ޝަރުޢީރުޤްޔާ ކުރަންޖެހޭގޮތަށް ކުރަނީ ވަރަށް މަދުބަޔަކު..ގިނައިން އުޅެނީ ސިހުރު އޭގެތެރެްަށް ލާ ޝިރުކަށް މަގުފަހިވާގޮތަށް ކުރާމީހުން.ފާހިޝްކަންކަން ކުރާމީހުންވެސް މަދެއްނޫން..ރަނގަޅު މީހުންވެސް އެބަތިބި..އަޅުގަނޑު ވަރަށް ގާތުން އެތަށްފަހަރަކު ދިމާވެއްޖެ މިކަން...ނޯޓްރަސްޓް..

  14. މާމިގިލީ މީހާ

    ވަގުތު ނޫހުގެ މީހެއް ތޯ މަރާލީ..

  15. Anonymous

    މިހާރު ކޮބާ ވީޑިއޯ؟

    1
    1
  16. ރުޤްޔާ ހުއްދަ

    އިސްލާމްދީނުގައި ރުޤްޔާ ހުއްދައެވެ. ދެރައީ ރުޤްޔާ އަކީ ކޮން އެއްޗެއްކަމާއި އޭގެ ފައިދާ ވަރަށްގިނަ ބަޔަކަށް އޮޅިފައި ވުމެވެ. މިކަމުގެ ސަބަބުން ކޮންމެ ދާއިރާއެއްގައި ވެސް ނުބައި މީހުން އުޅޭގޮތަށް ރުޤްޔާ އިން ނާޖާއިޒް ފައިދާ ނަގާ ބަޔަކު ވެސް އުޅެނީއެވެ. ރުޤްޔާ ކުރަން އެންމެ ރަނގަޅުގޮތަކީ ދަސްކޮށްގެން އަމިއްލައަށް ކުރުމެވެ. ނުވަތަ ޢާއިލާ މީހަކު ކުރުމެވެ.

  17. ހުސޭނުބޭ

    މަށަށް ހީވި ޖިންނިވެސް ޖިންނި މޮޔަވެފައި އިނީހެން؟؟؟؟؟؟؟

  18. ީސުވާލު

    ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ކޮބާ އެއިރުން ރާއްޖޭގެ ފަޑިޔާރުގެއިން ޖިނިންނައް ވެސް ހުކުމް އިއްވާނެ.

  19. ހިޖާމާ ފަޒީ

    އަދި އެބައުޅޭ ހިޖާމާ ޖަހާދޭ ގްރޫޕެއް. މީހުނަށް އޮޅުވާލާ މަކަރާ ޔަހޫދް..

    1
    1
  20. ޔައު

    ފިރިހެނަކާ އަވަލައިގެން އެމީހަކަށް ދުއްޕާން ކުރަމުން ގެންދާ އަންހެނަކު މަރުވީމާ އެ އަންހެން މީހާގެ އެ ނޮހޮރުއްޕާން ތެރި ޢަމަލުތަކާމެދު ސުވާލު ކުރުމެއްނެތި ސުވަރުގެ ވައްދާނެތޯ ސުވާލު ކުރިނަމަ އާއެކޭ އެޖިންނި ވިދާޅުވާނެ ދޮގެއްތޯ !

  21. އައްޑެ

    ލޮބުވެތި އަޚުންނާއި އުޚްތުންނޭ!. ރުޤްޔާގެ މާނައަކީ ދުޢާ ކުރުން، ބަލިމީހާގެ ބައްޔަށް ޝިފާ އައް އެދި އިޚްލާސްތެރި ކަމާއިއެކު ﷲ އަށް ދުޢާ ދެންނެވުން. ރުޤްޔާ ކުރަން މީސްތަކުންގެ ގާތަށް ދިއުމަކީ އެއްވެސް ސުވާލެއްނެތި ސުވަރުގެ ވަދެވޭ ހަތްދަ ހާސް މީހުންގެ ތެރެއިން އެމީހާ ނުހިމެނޭ ކަމެއް، މީ ނުރައްކާތެރި ކަމެއް. އަޅުގަނޑުމެންގެ ތެރޭ އުޅޭ ބައެއް ޢިލްމުވެރި ބޭފުޅުންގެ ފަރާތުން ނިކަމެތި ބަލިމީހުންނަށް ބޮޑެތި ތަކްލީފް ޖައްސާ. މިސާލަކަށް ގެންގުޅޭ އަގުބޮޑު ހުރިހާ ތަކެއްޗަށް ސިހުރުޖެހިފަ ކަމައްބުނެ އެތަކެތި އަންދާލަން ވިދާޅުވުން، މިހެން ވިދާޅުވާއިރު އިސްރާފް ކުރުން އެއީ ﷲ ތަޢާލާ ވަރައްބޮޑައް ނުރުއްސަވާ ޢަމަލެއް ކަން ހަނދުމައެއް ނުހުރޭ... ޝިޔާޢީން ރަސޫލާ ދޮގުކުރާގޮތައް މިވަނީ...
    އޅުގަނޑާ ދިމާވި ހުވަދު އަތޮޅު މީހަކު ބުނީ އަލުން ދރިއުޅުން ފަށަންވެފަޔޯ މިހިރީ ޝައިޙް ވިދާޅުވެގެން އަނބިދަރިން ފިޔަވާ ހުރިހާ ތަކެއްޗެއް އަންދައިފީމޯ އެއަށް ސިހުރު ޖެހިގެން...... މީވަރައް އާއްމު ކަމެއް.. ސަމާލުވެލައްވާ!!!....ބައެއް މަޝްހޫރު ރާޤީން ވިދާޅުވޭ ކަނާތްފަރާތަށް ހުރީ ސިހުރު ކަމައް ވާއަތް ފަރާތުގަ ހުރީ ހަސަދަކަމަށް.. އެއް އަހަރު ކިޔަވައިގެން ނޫނީ ނުފިލާނެކަމަށް... މިވަނީ ކޯޗަކައްތޯ...ފާލަބެލުން ޙަރާމް އެއް އަހަރު ވަންދެން ރުޤްޔާކުރަން ޖެހޭނެކަމަށްބުނުން ހުއްދަ މިވަނީ. އަނެއްކަމަކީ މަގުފޭރުން ޙަރާމް ވާއިރު ނިކަމެތިމީހާޔައް ސިހުރު ހުރިކަމުގެ ބިރުދައްކާ ރަންގަޅު ކުރެވޭނީ މިސާލަކަށް -/80000 ރުފިޔާއައް ކަމައްބުނެ ގަދަކަމުން ލިބިގަތުން ހުއްދަވާނެތޯ؟ ވިސްނާ ފިކުރުކުރޭ!!!!!

    4
    2
  22. ނީ

    ޖިންނީންނަކީ ދޮގުހަދާ ފަސާދަކުރާބަޔެއް. ކަމެއްވާއިރަށް ސިހުރޭ ކިޔާބަޔަކުވެސް އުޅޭ.

  23. އައުމާލް

    މިއީ ފޭކު ވާހަކައެއް ނޫން. މި އަންހެން މީހާއަކީ އަޅުގަނޑު ކިޔަވައިދޭ ކުލާހަކަށް ކޔަވަން ދާ މީހެއް.. މިއަންހެންމީހާގެ ފިރިމީހާ މީގެ ކުޑަދުވަސް ކޮޅެއް ކުރިން ވަނީ ނިޔާވެފަ.. އޭނާ ނިޔާވިފަހުން މިކަން އެނގުނީ އަންހެން މިހާގެ މާމަ ދަރިއެއް އޭނާގެ ކައިރީގައި ނިއްދަން ބޭއްވުމުން ރޭގަނޑު ދަށްވަރު ތެދުވެ ރޮއި ހަރުފަ ނަންނުގަތި ފެންނަކަމަށް ބުނުމުން، ރުގުޔާކުރާ މީހަކު ގެނެސްގެން ރުގުޔާކުރަން ފުރަތަމަ ކިޔެވީ އަންހެންމިހާއަށެވެ. އަންހެން މީހައަށް ކިޔަވަން ފެށުމުން އުދަގުތަކެއްވިއެވެ. އަދި ސިހުރު ހަދާފައިވާކަން އެނގުނެވެ. ދެން ރުގުޔާ ކުރާ މީހާ އާއެކު މީގެ ކުޑަ ދުވަސްކޮޅެއްކުރިން ވަނީ ރުގުޔާކުރަން އެރަށަށް ގޮއްސައެވެެ. މީ އަންހެން މީހާ އަޅުގަނޑަށް އަސަރާއި އެއްކޮށް ކިޔާދިން ވާހަކައެކެވެ.

  24. ހެޔޮބަސް

    ހައިރާންވޭ މިނަމުގަކޮމެންޓްކުރެއްވި ފަރާތަށް ދަންނަވާލަން އިސްލާމްދީނުގައި ހުރިހާކަމެއްގެ ރަގަޅުގޮތްވަނީ އަންގަވާފައި ނަމަވެސް ގޯސްކޮށްކަންތައްކުރަނީ އެކަމަށް
    ޢަމަލުކުރަންތިއްބަވާބޭފުޅުން ހަނދާންކޮށްދިނުމަކީ ދީނީގޮތުން ރަގަޅުކަމެއް ގާނޫނާ،ގަވާޢިދު
    ހަދަންޖެހެނީމިހެންވެ

  25. ރާގީ

    ތީ ވަރައް ރަނގަޅު ހިކުމަތްތެރި ވާހަކަ ކޮޅެއް.
    އަސްލު ރުޤްޔާކުރުވަން މީސްމީހުންގެ ގާތަށްދިއުން ވާނީ ވަރަށްބޮޑު ޝިރުކަކައް. މިވެސް ވައްތަރެއްގެ ތަވީދެއް، ތަވީދު އެޅުމަކީ ޝިރުކަކަށްވާއިރު ތިމަންނަގެ މައްޗަށް ހެޔޮދުޢާ އެއްކުރަން މީހެއްގެގާތަށް ދިއުންމުން އެބުނެވެނީ ތިމަންނަ ކިތަންމެ ދުޢާއެއް ދެންނެވިޔަސް ﷲ ތަޢާލާ ޤަބޫލު ނުކުރައްވާނެކަން.... މިވެނިމީހަކު ދެންނެވީމަކަން ﷲ ތަޢާލާ ޤަބޫލުކުރައްވާނީ.... ޝިރުކު....ޝިރުކު ސަމާލުވެލައްވާ.

    2
    1
  26. ތިނަދޫ

    މިރަށުގަ ތިކަހަލަ މީހުން އުޅޭ. ސިހުރު ހަދާ މީހުން.

  27. އޭނަ

    ވަރަށް ނުރައްކާ ރަށެއް. އެރަށަށް ވެޑިންއަކަށް ގޮއްސައައިރޭގަ ބިރުވެރިހުވަފެނެއްގެ ތެރެއިން މޮޔަގޮވުނު.

    2
    2
  28. އަބުޅޮ

    މިފަދަ ކަންކަން ކެމެރާޔާ ވީޑިއޯ ކުރުން އާންމު ވުމުގެ ކުރިން ވަރަށް ގިނަވާނެ. ނަމަވެސް ކުއްލިއަކަށް ޖިންނި ފެނުމާ ޖިންނީގެ ކަންކަން ކެމެރާޔާ ވީޑިއޯ ކުރެވޭ ހިސާބުން ވަރަށް ބޮޑުތަނުން ހުއްޓިއްޖެ. މީހުން މަރާފަ ޖިންނި ބޮލަށް ޖެހުމުގެ އާދަކާދައެއް ގާއިމް ވުމަކީ ވެސް ވިސްނަން ޖެހޭ ކަންކަން . ރާއްޖޭން މިފަދަ ކަންކަމަށް ސަމާލުވާން ޖެހޭ.

    1
    1