ބޮލީވުޑްގައި އަރަމުން އަންނަ ތަރި ރަންބީރު ކަޕޫރަކީ މިހާރު އެތައް ބައެއްގެ ހިތްތައް ކަތިލަމުން އަންނަ އެއް ފަންނާނެއެވެ. އޭނާއަކީ ލޯބީގާވެސް ވަރަށް ކާމިޔާބު މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ނޫސްވެރިރާ މަޔަން ޝެޚަރްއަށް ދިން އިންޓަވިއުއެއްގައި ރަންބީރް ވަނީ އޭނާގެ ލޯބީގެ ވާހަކަތައް ހިއްސާކޮށްފައެވެ.

ސަންޖޫއިން ފެނިގެންދިޔަ ރަންބީރު ބުނީ، އޭނާ ސިންގަލް ނޫން ކަމަށެވެ. އަދި ދުވަހަކުވެސް އޭނާގެ ދިރިއުޅުމުގައި ސިންގަލް ނުވާނެކަމަށް އޭނާ ބުންޏެވެ.

ރަންބީރް އާއި އާލިއާއާ ދެމީހުންގެ ގުޅުމާއި ބެހޭގޮތުން އޭނާ ވަނީ ވާހަކަދައްކާފައެވެ. ރަންބީރް އާއި އާލިއާ އާ ދެ މީހުންގެ ގުުމެއް އުފެދިފައި ވަނީ މިދިޔަ އަހަރު އެކުގައި ކުޅުނު ފިލްމްގެ ޝޫޓިންގެ ތެރެއިންނެވެ.

ރަންބީރުއަކީ އޭނާ ވަރަށް ކުޑައިރުން ފެށިގެން ލޯބީގެ ގޮތުން މީހުންނާއި ގުޅެން ފެށި މީހެކެވެ.އުމުރުން 13 އަހަރުން ފެށިގެން އެކި މީހުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، އަބަދުވެސް އޭނާގެ ޕާޓްނަރެއް ހުންނަކަމަށް އޭނާ ބުނެއެވެ.

އެހެން ނަމަވެސް އޭނާއަކީ ވަރަށް ލަދުރަކި މީހެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

ރަންބީރުގެ ކުރީގެ ލޯބިވެރިންނަށް ބަލާއިރު، އަވަންތިކާ މާލިކް، ސޯނަމް ކަޕޫރް، ނަންދިތާ މަހްތާނީ، ދިޕިކާ ޕަދުކޯން، ނަރްގިސް ފަޚްރީ، ކެޓްރީނާ ކަައިފް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު