ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނައިރު މި ކައިވެންޏަކީ ކިހިނެއް، ކޮންތާކު ކުރެވޭނެ ކައިވެންޏެއްކަން އަދި ހާމައެއް ނުކުރެއެވެ. ފޭނުން މިހާރު އެނގެން ބޭނުންވަނީ މިމީހުން ހަނީމޫން އަށް ދާނެތޯއެވެ.

ކައިވެނީގެ މި ވާހަކަތައް ފެތުރިފައިވާ ބީ ޓައުންގެ ދެ ލޯބިވެރިން މި ހަބަރު ކަށަވަރު ކުރުމަށް ނުވަތަ ދޮގުކޮށްފައެއް ނުވެއެވެ.

އެމީހުންގެ ވާހަކަތައް ދެކެވޭ ކައިވެނިތަކާ ބެހޭ ގޮތުން ކޮންމެ ކުޑަ ތަފުސީލަކަށް ވެސް މީޑިއާގައި ވާހަކަ ދެކެވެއެވެ. އެއީ އެމީހުންގެ ވެޑިން އައުޓްފިޓްތައް، ވެޑިންލޮކޭޝަން ނުވަތަ ލަގްޒަރީ އެޕާޓްމަންޓް ކަމަށް ވިޔަސް، ދާދި ފަހުން އެމީހުން ކުއްޔަށް ހިފާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހުރިހާ ތަފުސީލެއް ދެން އެއް މަސްދުވަހުގެ ތެރޭގައި ތެދަށް ބުނާނަމަ ވިކީ އާއި ކެޓްރީނާ ވާނީ ދެމަފިރިންނަށެވެ.ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ކައިވެންޏަށް ފަހު މި ދެމަފިރިންނަށް ހަނީމޫންއަކަށްް ނުދާނެއެވެ.

"ވިކީ އާއި ކެޓްރީނާ ވެސް ތިބީ ފިލްމު ތައް ކަނޑައެޅިފައިވާ ގަޑިއަށް ނިންމަން ތައްޔާރަށް، އެހެންވެ އޭގެ ފަހުން ހަނީމޫން އެއް ނޯންނާނެ".

ކައިވެންޏަށްފަހު ކެޓްރީނާ އަލުން އޭނާގެ ފިލްމު ސެޓަށް އަންނާނެ އެވެ. މޭކިންގައި ޓައިގަރ 3 އަދި ވިޖޭ ސެތުޕަތީ އާއެކު ސްރީރާމް ރާގަވަންގެ ކުރިއަށް އޮތް ބައި އޭނާ އަތުގައި އެބަހުއްޓެވެ.

ކައިވެންޏަށް ފަހު ވަރަށް އަވަހަށް ޑިސެމްބަރު މަހު ދެމީހުންގެ ޝޫޓިން އަލުން ފެށޭނެ ކަމަށް ބެލެވޭ." އިންޑިޔާގެ ނޫހަކުން ރިޕޯޓުކުރެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިކީ އާއި ކެޓްރީނާ އާ އެޕާޓްމަންޓަކަށް ބަދަލުވާނީ މި ވާހ ކައިވެންޏަަށް ފަހުގައިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިކީ ވަނީ ޖޫހޫގައި އާ ފްލެޓެއް ފައިނަލްކޮށްފަ އެވެ. އެތަނުގެ ކުލީގެ ގޮތުގައި މަހަކު 8 މިލިއަން ރުޕީސް ދައްކަން ޖެހެއެވެ. އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ ވެސް ދިރިއުޅެމުން ދަނީ އެ އިމާރާތުުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެ

    ވަރަށް ބުއްދިވެރި...ކަިވެނީގެ ކުރިން ހަނީމޫން ބާއްވާފަ އޮތީމަ ދެން ކީއްކުރަން ދޯ..ވަރަށް ވިސްނުން ރަނގަޅު

  2. ސްނޭޕް

    ނޭނގެންޏާ ނުލިޔެބަލަ.