"މިއީ ހުވަދުއަތޮޅު ދެކުނު ބުރީގެ ރަށަކަށް ނިސްބަތްވާ ފިރިހެނެއް " ވަގުތަށް" ހިއްސާކޮށްފައިވާ މައުލޫމާތުގެ މަށްޗަށް ލިޔެފައިވާ ވާހަކައެވެ. މި ވާހަކައިގައި ބޭނުން ކޮށްފައިވާ ނަންނަމަކީ އަސްލު ނަންނަމެއް ނުނެވެ."

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެންގެ އެންމެ ޒުވާން ދުވަސްވަރެވެ. އަހަރެން ދިރިއުޅެމުން އައީ ރާއްޖެގެ ވެރިކަންކުރާ ރަށް މާލޭގައެވެ. އަހަރެންނަކީ އަމިއްލަ އޮފީހެއްގެ މެނޭޖަރެއްގެ މަގާމުގައި އުޅެމުން އަންނަ މީހަކީމެވެ.

އާދައިގެ މަތިން މިއަދުވެސް އަހަރެން ގެއިން ނުކުތީ އޮފީހަށް ދިއުމަށެވެ. އަހަރެން މަސައްކަތް ކުރާ އޮފީސް ހުންނަނީ އަހަރެން ދިރިއުޅޭ ގެއާއި މާދުރުގައި ނޫން ހިސާބެއްގައި ކަމުން ދެތިން މިނެއްޓެއްގެ ތެރޭގައި އޮފީހަށް އާދެވުނެވެ.

އޮފީހަށް އައިސް އަހަރެން އަބަދުވެސް ކުރާ ކަމަކީ އެދުވަހެއްގެ މަސައްކަތު ޕްލޭން އެކުލަވާލައި މުވައްޒަފުންނާއި މަސައްކަތް ހަވާލު ކުރުމެވެ. އެގޮތުން މިއަދުވެސް އަހަރެން އެގޮތަށް ކަންތަށް ކުރީމެވެ. މަސައްކަތު ޕްލޭން އެކުލަވާލާ މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމަށް ފަހު ކޮފީއަކަށް ދިޔުމަށް އަހަރެން އޮފީހުން ނުކުތީމެވެ. އެހިނދު އަހަރެންގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ އަންހެން ކުއްޖެކެވެ. އިސްކޮޅުގައި ފަސްވަރަކަށް ފޫޓް ހުރި އެކުއްޖާގެ މޫނު ސާދަވިލޭރޭގެ ހަނދަށްވުރެއް ވެސް ނަލައެވެ. ބޭއިހްތިޔާރުގައި އަހަންނަށް " ވޯވް" އޭ ބުނެވުނެވެ.

ފުރަތަމަ ފެނިލުމުންވެސް އެކުއްޖާ އަހަރެންގެ ހިތުން ޖާގައެއް ހޯދައިފިއެވެ. އެހެންކަމުން އެކުއްޖާ ގޮސް އޮބާލަން ދެން ކަޅި ޖަހާ ނުލާ އަހަންނަސް ބަލަން ހުރެވުނެވެ. އެ ކުއްޖާ ގޮސް އޮބާލުމުން ކޮފީއަށް ދިޔުމަށް އަހަރެން އަވަސްވެގަތީމެވެ.

އަހަރެން އާންމު ގޮތެއްގައި ކޮފީއަށް ދަނީ ކޮންމެވެސް ރަށްޓެއްސަކާއި އެކުގައެވެ. ވުމާއި އެކު މިއަދުވެސް އަހަރެން ކޮފީއަށް ދިޔައީ އަހަރެންގެ އެކުވެރިއެއް ކަމަށްވާ ސަލީމް އާއި އެކުގައެވެ. ސަލީމްއަކީ އަހަންނާއި އެއް ކުލާހެއްގައި ކިޔެވި މީހެކެވެ. މި ސަބަބަށްޓަކައި ސަލީމްވެފައި އޮންނަނީ އަހަރެންގެ ވަރަށް ގާތް އެކުވެރިއަކަށެވެ.

އަހަރެމެން ކޮފީއަށް ދިޔައީ ހެންވޭރުކޮޅުގައި ހުންނަ ކެފޭއަކަށެވެ. ކޮފީގައި އިން އިރުވެސް އަހަންނަށް ވިސްނެނީ ކުޑައިރުކޮޅެއް ކުރިން އަހަންނަށް ފެނުނު ކުއްޖާއާއި މެދުގައެވެ. ކޮފީ ނިމުނު އިރުވެސް އަހަރެން އިނީ އެ ގޮތް ނޭނގޭ އަންހެން ކުއްޖާގެ ހިޔާލުތަކަށް ގެއްލިފައެވެ.

ކޮފީ ނިންމާލުމަށް ފަހު އަހަރެން އެބުރި އޮފީހަށް ދިޔައީމެވެ. އަދި ދުވަހުގައި ކުރަން ހުރި ބާކީ މަސައްކަތްތަށް ކުރަން އަވަސްވެ ގަތީމެވެ. އެގޮތުން އަހަރެން ފުރަތަމަ ކުރަން ފެށި މަސައްކަތަކީ ދާދި ފަހުން އޮފީހުން ކެނޑުނު މުވައްޒަފެއްގެ ބަދަލުގައި އެހެން މުވައްޒަފަކު ހޯދުމުގެ މަސައްކަތެވެ. އެހެންކަމުން އެ ވަޒީފާއަށް ކުރިމަތިލާފައި ތިބި މީހުންގެ ފޯމުތަށް ބަލާ އިންޓަވިޔުއަށް މީހުން ސޯރޓް ލިސްޓް ކުރަން ފެށީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅަގަތީ ވަޒީފާއަށް ކުރިމަތި ލައިފައިވާ މީހުން ލާފައިވާ ފޯމުތަކުގެ ތެރެއިން ފޯމެކެވެ. އެފޯމުގެ އެއްކަނުގައި އެއިނީ ދެވަނަ ކުއްޖެއް ނޫނެވެ. މިއަދު އަހަރެންގެ ހިތް ފަތަހަ ކުރި ރީތި ޒުވާން އަންހެން ކުއްޖާއެވެ. އަހަންނަށް އެފޯމު ފެނުމުން އެހެން ހުރިހާ ފޯމުތަކެއް ބެހެއްޓުމަށްފަހު އެފޯމުގައިވާ މައުލޫމާތު ރަގަނޅަށް ކިޔާލީމެވެ. އަދި އޭގައިވާ ނަންބަރަށް ގުޅާލީމެވެ. ދެތިން ފަހަރަކު ފޯނު ރިންގް ވުމަށް ފަހު އެކޮޅުން ފޯނު ނެގިއެވެ.

" ހަލޯ.. ނަދުހާ ތޯ؟ ވަޒީފާއަށް ކުރިމަތިލާފަ އިނީމަ" އަހަރެން ބުނީމެވެ.

" އާދެ. ނަދުހާ މީ. ކިހިނެތް ތޯ ވީ؟" މަޑުމައިތިރިކަމާއި އެކު އެއަންހެން ކުއްޖާ ޖަވާބު ދިނެވެ.

" މާދަމާ އިންތަވިޔުއަށް އާދެވޭނެތޯ. އަޅުގަނޑު ގަޑި ފޮނުވާލަދޭނަން" އަހަރެން ބުނީމެވެ.

" އާދެ. އާދެވޭނެ" އެހެން ބުނުމަށްފަހު ފޯނު ކޯލު އަހަރެމެން ނިންމާލީމެވެ.

- ނުނިމޭ-

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޚ

    މާކުރު ލިޔެފަ ހުރިލެއް

    24
  2. ޔޫތު

    މަގޭ ހީކުރީ މަގޭ ވާހަކަ ކަމަށް.

    19
    1
  3. ސްނޭޕް

    މި ލިޔުން އިތުރަށް ކުރިޔަށް ނުގެންދޭ. ޕްލީޒް

    19
    8
  4. ކަޅޭ

    މި ވެސްމިވީ ލޯބީގެ ވާހަކަ އަކަށްދޯ…(ނުނިމޭ)ޖަހަން ނެރެން އެޕިސޯޑް އެއްތަމިއީ..؟ ރަނގަޅަށް ބަލާއިރު މިއީ ތެދަކަށްވަސް ނުވާނެ.. ކެކެކެކެކ

    36
    2
  5. ކިޔުންތެރިޔާ

    އިންތިޒާރު އެބަކުރަން ހެޓަކަށް

    17
    3
  6. ސޯ ސެޑް

    ޚިޔާލީ ވާހަކައެއް. ނޮޓް ރިއަލް

    27
    2
    • ށަވިޔަނި

      ކޮންމެ ކަހަލަ ވާހަކައަކަށް ވިޔަސް ތިއެއްކޮށް ލިޔުނު ނަމަ ރަނގަޅުީސް މިހާރު ވަރަށް ފޫހިވެއްޖެ އެހާ ބިޒީކޮށް އުޅެމުން ފޯނުބަލާލެ ޭޭޭޭޭވ ގަޑީގަ ބާވަތަކީ މިއީ

      19