ރާއްޖޭގައި ކުރިއަރަމުން އަންނަ ލަވަ ކިޔުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު (އެލީ) އަނެއްކާ ވެސް އާ ލަވައެއްގެ ޓީޒާ ނެރެފިއެވެ.

ކުޅަދާނަ ލަވަ ކިޔުންތެރިޔާ އެލީ މިފަހަރު ނެރުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ލަވައެއް ކަމަށްވާ ""ޗީޕް ތްރިލްސް"އެވެ. މި ލަވައިގެ ޓީޒާއެއް ހުކުރު ދުވަހު އާންމު ކުރިއިރު، އެލީގެ ކޯޗު ޖޫލިއާ ވެސް ލަވައިގައި ބައިވެރިވެފައިވެއެވެ.

މި ލަވައިގައި އެލީ އާ އެކީ ޖޫލިއާ ބައިވެރިވީ އޭނާ ރާއްޖެ ކުރި ދަތުރެއްގައެވެ. ލަވައިގެ މިއުޒިކް އާއި ރިކޯޑިން ހަދާފައިވަނީ އަބްދުލް ބާސިތު (ބާޗީ)އެވެ.

މިއީ އެލީ ނެރުމަށް ހަމަޖެހިފައިވާ ދެ ވަނަ އިނގިރޭސި ލަވައެވެ.

https://twitter.com/Laiba_Mahloof/status/1459148584629067778?s=20

އޮސްޓްރޭލިއާ އަށް އުފަން ލަވަކިޔުންތެރިޔާ ސިއާ, 2016 ވަނަ އަހަރު ރިލީޒްކުރި "ޗީޕް ތްރިލްސް" އަކީ ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވައެކެވެ.

އެލީ ބުނީ އާންމުންނަށް ދޫކޮށްލި މި ލަވައިގެ ޓީޒާ ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަން

    އިއްޔެ ހުކުރަށް ދިއައިން ތޯ އަހާލިއަސް މާ ރަގަލުވާނެ ތިއައް ވުރެ

    38
    2
  2. Anonymous

    ނޯ

    19
  3. ޖިބުރާ

    މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ؟ އަޅޭމީނަގެ ބަފާ މީނަލައްވާ ނަރަކައިގެ ދޮރުހުޅުވަންތަ މިއުޅެނީ ކާފިަރުން ކުރާ ހުރިހާ ކަމަކަށް މަގުހުޅުވަމުން ގޮސް މީނަވެސް ލަވަކީކީނުން ގޮސް ކާފަރު ނުވެއްޖެއްޔާ ކިތަމެހާވެސް ރަންގަޅު!!!

    25
    2
  4. އަލީ

    ނޫޅެން ބަލާކަށް!

    25
    1
  5. ސަނައްޓޭ

    ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ނެރެފަ ހުންނަ ލަވަތަައް ކުޑަކުއްޖެއް ލައްވަ ކިޔުއްވަނީ. ޕިސް ޕިސް. ކިހިނެތް ވެފަ ތިބޭ ބައެއްތަ މި ކުއްޖާގެ މައިންބަފައިންނަކީ

    24
    3
  6. ކަސަބު ލިބާސް

    ކަމަކުނުދޭ.... އެއްވެސް ވަންތަކަމެއްނެތް. ވަރަށް ހަޑި... ވަރަށް ހުތުރު.... ވަރަށް މުޑުދާރު... ޚަބަރުގަ ޖަހަން މިދެން ކޯޗެއް..

    28
    2