ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް، ކޮންމެ ދުވަހަކުވެސް ތަފާތު ކަންތައްތަކާ ދަނީ ކުރިމަތިވަމުންނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ތަފާތު ކަމަކައިގެން ބަލިމީހުން، ޑޮކްޓަރުންގެ ގާތަށް ދާއިރު އޭގެތެރެއިން ބައެއް ކަންކަމަކީ ޤަބޫލު ކުރަން ދަތި ކަންކަމެވެ. އެހެންނަމަވެސް، އެކަށީގެންވާ ހެކި ލިބުމުން، އެކަންކަން ޤަބޫލު ކުރުން ނޫން ގޮތެއްވެސް ނޯވެއެވެ.

އެގޮތުން، އިންޑިޔާގެ ކާންޕޫރުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް، ނިމިގެން މިދާ ހަފްތާގެ ތެރޭގައިވަނީ ތަފާތު ކަމަކާ ކުރިމަތިވެފައެވެ. ބަލި އިތުރަށް ތަހުލީލުކޮށް، ބެލި ބެލުމުން ފެނުނީ ހައިރާން ކުރަނިވި ކަންތައްތަކެކެވެ.

އެގޮތުން، މި ހަފްތާގެ ތެރޭގައި، ކާންޕޫރަށް ނިސްބަތްވާ މީހަކުވަނީ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގޮސްފައެވެ. ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ، ވާ ތަދަށް ކެތް ނުކުރެވިގެން އެމީހާ ހޮސްޕިޓަކަށް ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން، މި ކަންތައްތައް ބެލުމަށްފަހު، ބަނޑުގައި ކަމެއް އުޅޭތޯ ބެލުމަށް އެކްސްރޭ ނެގުމަށްވެސް ނިންމިއެވެ.

ޑޮކްޓަރުން އަޖައިބުވާފަދަ ކަމެއް ފެނުނީ އެކްސްރޭ ނެގި ހިސާބުންނެވެ. ޑޮކްޓަރުންނަށް، މި މީހާގެ ބަނޑުތެރެއިން ފެނުނީ ދަގަނޑު ތައްޓެކެވެ. އެމީހާގެ ބަނޑަށް ދަގަނޑު ތައްޓެއް ދިޔައީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. އަދި، މި ފިރިހެން މީހާގެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ޑޮކްޓަރުންވަނީ ވަގުތުން އޮޕަރޭޝަނެއް ކޮށް، ތަށި ނަގާފައެެ.

ބަލިމީހާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް، އެމީހާއާ ހަވާލާދީ ޑޮކްޓަރުން ބުނެފައިވަނީ އެއީ ތަނެއްގައި ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށެވެ. އަދި، އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން، ބަޔަކު އޭނާގެ އަތުގައި ހުރި ފައިސާތައް ލޫޓުވައި، އޭނާއަށް ގަދަކަމުން ވަނީ މަސްތުވާތަކެތި ދީފައެވެ. އަދި، އޭނާގެ ބަނޑުތެރެއަށް ތައްޓެއް ވައްދާފައިވަނީ އެމީހުންކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ކޮންމެއަކަސް މިއީ ވަރަށް ތަފާތު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިވޮލިޔުޝަން

    އިވޮލިޔުޝަން ތިޔަރީޔަށް ބިނާކޮށް ލަފާކުރެވެނީ ތި ތައްޓަކީ ހަށިގަނޑުގައި ހުރި މާއްދާތަކެއް އެއްވެގެން އަމިއްލަޔަށް އުފެދުނު އެއްޗެއް ކަމަށް.

    • ކެކެކެކެކެކެކެ.......... އެހެންވިއްޔާ ފަހަރުގައި ތިޔަ އިވޮލިއުޝަން ތިއަރީ ހޯދިމީހާވެސް ބަނޑުތެރޭ އޮވެދާނެ. ނިކަން ހާވާ ބަލާލަބަލަ!

  2. ތިޔައުޅޭ ޔާމީނު ބަޑުން ތިޖޫރިއރއްވެސް ފެނިދާނެ

    • ކީސަ އަމާ ބަނޑުން ފެހުރިސެއްވެސް ފެނިފާނެ. ޔާމިނާ ނުލާ ކަލޭމެނަށް ނޭވާވެސް ނުލެވެނީތަ. އަނބިމީހާ އެކަން ނުކޮއްދިނަސް އޭ ޔާމީން ކުރާކަމެއް

  3. ތިޔައުޅޭ އަންނި ބަނޑުން ރާއްޖޭގެ 3 އަހަރުގެ ބަޖެޓާއި ފައްޅިއެއް ވެސް ފެނިދާނެ.