އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގައި މަރުވި އެއް އާއިލާގެ 11 މީހުން މަރުވީ ބިރުވެރި ފިލްމު ބަލާތީ ކަމަށް ފުލުހުންނަށް ޝައްކުކުރެވިއްޖެ އެވެ.

އެއް އާއިލާ އެއްކޮށް މަރުވެގެން ދިޔުމުން ގިނަ ބަޔަކަށް ކުއްލި ސިހުމެއް ލިބިފައިވާއިރު ފުލުހުންދަނީ އަދިވެސް މިކަން މިގޮތަށް ދިމާވި ސަބަބާއިމެދު ސުވާލު އުފަދަމުންނެވެ. އެގޮތުން ފުލުހުން ކުރި ތަހުގީގުތަކުން އެނގޭގޮތުގައި 45 އަހަރުގެ ލަލިތް ބާތިއާގެ ފޯނުން ގިނަ އަދަދަކަށް ބިރުވެރި ފިލްމުފަދަ ތަކެތި ބަލާފައި ހުއްޓެވެ. ޔޫޓިއުބުން ހުރިހާ ވީޑިޔޯއެއް ބަލާފައި ހުރިކަމަށް ފޯނުން ދައްކާއިރު މިއީ މަރުވާން ދިމާވި ސަބަބަކަށް ވެދާނެ ކަމަށް ފުލުހުން ބުނެއެވެ.

އިންޑިއާ ފުުލުހުން ބުނީ، މަރުވެފައި ތިއްބާ ފެނުނު މީހުންގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި، ހަތަރު ފިރިހެނުން ކަމަށެވެ. މި މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ދެ ބުރީގެ ގެއަކުންކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ 11 މީހުންވެސް މަރުވެފައި ވަނީ ދަން ޖެހިގެން ކަމަށެވެ. އަދި ބިންމަތިން ފެނުނު އަންހެން މީހާވެސް މަރުވެފައި ވަނީ ދަންޖެހިގެންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަދިވެސް ދަނީ އެ އާއިލާ ދިރުއުޅުނު ގެއަށް ހަދާނެ ގޮތަކާއިމެދު މަޝްވަރާތަކެއް ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި އުޅޭ މީހުން ބިރުން އެކި ސަހަރައްދުތަކަށްވެސް ހިޖުރަކުރުމަށް މިހާރު ވަނީ ފަށާފައި އެވެ.

އެގެ ކައިރިީ އަދިވެސް ވަނީ އެތެރެއަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ. އެގެއަށް އެ އަވަށުން އެއްވެސް މީހަކު ވަންނާނެހެން ހީނުވާކަމަށް އަވަށު މީހުން ބުނާއިރު، އެގެއަށް ބަޔަކު އަޔަސް އަންނާނީ ހަތަރު ފަސް އަހަރު ފަހުން ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜުގީ

    މަރުވި މީހުންނަށް ހަދަނީ ކިހިނެއްބާ