ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ މީހުންނަށް ހެއާ ފޯލް ނުވަތަ އިސަތަށި ފޭބުމުގެ މައްސަލަ އަދި އިސްތަށި ތުނިވުމުގެ މައްސަލަތައް ތަޖުރިބާކުރަން ޖެހެއެވެ. މިފަދަ މައްސަލަތައް ދިމާވުމަށް ތަފާތު އެކި ހާލަތްތައް ކުރިމަތިވާއިރު މި ބަލާލަނީ އެފަދަ ހާލަތްތަކަށާއި ހައްލުކުރެވޭނެ ގޮތްތަކަށެވެ.

މިފަދަ ކަންކަމުގައި އަބަދުވެސް ހައްލުހޯއްދަވަން ޖެހޭނީ މި ދާއިރާގެ ތަޖުރިބާހުރި ފަރާތެއްގެ ލަފާއެވެ. މިއީ އެންމެ ބުއްދިވެރި ގޮތަށް ވާއިރު، މި މައްސަލައަށް ހާއްސަ ސަޕޯޓިވް ތެރަޕީއާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަކީވެސް ނެތްކަމެއް ނޫނެވެ.

ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ ސޫ އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކުގެ ތެރެއިން އެއް ޕޯސްޓުގައި އިސްތަށިގަނޑު ތުނިވުމުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ކުރެވިދާނެ ބައެއް އާދައިގެ ކަންކަން ހިމަނާފައި ވެ އެވެ.


1. އެކަށީގެންވާ ނިދި ލިބުން:
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހެއާ ސައިކަލް ބެހެއްޓުމަށް ބޭނުންވާ، އަދި މިއީ އިސްތަށިތަކުގެ ދުޅަހެޔޮކަމަށް މުހިއްމު ”ގްރޯތު ހޯމޯންތައް“ ވެސް ދޫކޮށްލާ ކަމެކެވެ.

2. ސްޓްރެސް ދޫކޮށްލުމަށް ކަސްރަތު ކުރުން: މީގެ ތެރޭގައި ގަވާއިދުން ކަސްރަތު ކުރުން، އޭގެ ސަބަބުން ސްޓްރެސް މެނޭޖްކުރުމަށް އެހީތެރިވެދެއެވެ. އަދި އިސްތަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުން ހިމެނެއެވެ.

3. މަލްޓި ވިޓަމިންސް: އިސްތަށިގަނޑަށް ދަގަނޑު، ފޯލިކް އެސިޑް އަދި ޒިންކް ބޭނުންވަނީ ވަރުގަދަ އަދި ބޯ އިސްތަށިގަނޑެއް ހޯދުމަށެވެ. އަދި މަލްޓި ވިޓަމިންސް ބޭނުންވެދާނެތޯ ސިއްހީ މާހިރުންނާއި ފަރާތާއި ސުވާލުކުރެވިދާނެ އެވެ.

4. ފޯލިކް އެސިޑް: މިއީ ބީ-ވިޓަމިންގެ ބާވަތެއް ކަމުން މިއީ ސެލް އަލުން އުފެދުމަށް އެހީތެރިވެދޭނެ ބާވަތެކެވެ.

5. ބަޔޮޓިން: ވިޓަމިން ބީ-7 ގެ ނަމުންވެސް މަޝްހޫރުވެފައިވާ ބަޔޮޓިން ގުދުރަތީ ގޮތުން ނަޓްސް ފަދަ ކާނާތަކުގައި އެކުލެވިގެންވެއެވެ.


6. ފެން ބުއިން:
ކޮންމެ ދުވަހަކު 3-4 ލީޓަރުގެ ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން އިސްތަށިގަނޑުގެ ސެލްތައް ހައިޑްރޭޓްކޮށް، ލޮކްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެއެވެ.