ފިލްމީ ދާއިރާއިން އަލަށް ފެނިގެން ދިޔަ ތަފާތު އެކްޓަރެއްގެ ގޮތުގައި އެންމެ ފާހަަގަކޮށްލެވެނީ އަހްމަދު އީސަ (އާނަންދު)އެވެ. އޭނާ އަކީ ދާއިރާއިން އަލަށް ފެނުނު އަރަމުން އަންނަ ތަރިއެއް ނަމަވެސް ތަފާތު މޮޅު ހުނަރެއް ދައްކަމުން އަންނަ ފަންނާނެކެވެ. އަދި ކާމިޔާބުވެސް ފަންނާނެކެވެ. އޭނާގެ ކާމިޔާބުކަން މި ވަނީ ލޯބީގެ ދިރިއުޅުމުގައިވެެސް ފާހަގަވެފައެވެ.

ދިވެހި ޗެނަލްގެ ލޯބިލޯބިން ޕްރޮގްރާމުގައި ވާހަކަދައްކަމުން އާނަންދު ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ މީހަކާއި ލޯބީގެ ގޮތުން ގުޅުނީ 1999 ވަނަ އަހަރުއެވެ.

އަދި އޭނާ ކައިވެނިކޮށްގެން އުޅެނީވެސް އެއިރު ލޯބިވި މީހާއާ ކަމަށް އާނަަންދު ބުންޏެވެ.

"ވަރަށް ގިނަ މީހުން ބުނާނެ ފުރަތަމަ ލޯބި ކާމިޔާބު ނުވާނެއޭ ދޯ، އެއީ ދޮގެެއް".

މަޝްހޫރު ތަރި އާނަންދު - ފޮޓޯ: އިންސްޓަގްރާމް

އޭނާއާ އަންހެނުންގެ ލޯބީގެ ހަޔާތް ފެށުނީ ރަށުގައި އުޅުނުއިރު އެވެ. އެއީ އާނަންދުގެ "ގޭދޮށު" ކުއްޖެއް ކަމަށް އޭނާ ބުންޏެވެ. އެކަމަކު ކުރިން އޭނާއާ ދިމައެއް ނުވެއެވެ.

އެކަން ފެށުނުގޮތް ހިއްސާ ކުރަމުން އާނަންދު ބުނީ އޭނާގެ ރަށު ގޭގައި ޓީވީގައި މައްސަލައެއް ޖެހިގެން އުޅެނިކޮށް އޭނާ އެ ރަނގަޅުކޮށްފައި ދާން ހިނގައިގަތް ތަނުން "އައްމަޑޭ ހާދަމޮޅޭ" ބުނި ހިސާބުން ކަމަށެވެ.

"އޭނާ ބުނި ބަހަށް ބަލާލެވުނީ، އޭނާ އިނީ ކަނެއްގައި އިށީންދެލައިގެން ބަލަހައްޓައިގެން، އެ ހިސާބުން އަސްލު ލައިކްވީ، ދެން ލޮތްބަށް ބަދަލުވެގެން އައީ".

އާނަަންދު ބުނީ ދެ މީހުން ކައިވެނި ކުރީ 2009ގައި ކަމަށެވެ. އެހެންކަމުން މި ދެ މީހުން ކައިވެނިކޮށްފައި ވަނީ ވަރަށް ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގައި ކަން މި ވަނީ ހާމަވެފައެވެ.

އާނަންދު ބުނީ އަންހެނުންގެ ކިބައިގައި އޭނާ ބޭނުންވާ ހުރިހާ ސިފައެއްވެސް އެބަ ހުރި ކަމަށެވެ. އަދި ދެމީހުންވެސް އެކަކު އަނެކަކަށް ކަންކަމާއި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރާ ކަަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުނެލީ

    އަހުމަދު އީސާ އޭޑީކޭއިން އެންމެ ފުރަތަމަ ފެނުނު ދުވަސްކޮޅު ހުންނަނީ ވ.ރީތި ކަޓެއްގަ.އޭރު ވ.ސްމާރޓް ހުންނަ ގޮތް..އެންމެ ފުރަތަމަ ފެނުނު ދުވަހު ހީކުރީ ބޭރު މީހެއްކަމަށް..އެކަމަކު މިހާރު އެހުންނަނީ ވެލި ގަލަށްދާ ސައްތާރުހެން..

    53
    5
  2. ޙަަަހަ

    އެއަންހެން މީހާއޭ ބުނީމަ ހީވަނީ އެހެންމަނައެއް

    28
    1
  3. މައި

    އެކަމަކު ދެން ތި ލޯބި އޮޔާދާން ނުނަގާނެ މާގިނަ ދުވަހެއް! އެންގަނޑުގެ ތެރެއަށް ތި ވަދެވުނީ ކޮންމެވެސް ދޮއްޓެއްގަ ޖެހޭނެ މާގިނަ ދުވަހެއް ނުވަނީސް

    8
    2
  4. ނޫސް ކިޔާ މީހާ

    ނަން ހަމަ އެކަނި އަޙްމަދު އީސާގެ ރަށަކީ ކޮބާތޯ

    4
    1
  5. ޗ

    އެކަލަ ލޯއަޅާ މީހާ

  6. ނަން

    އަހަރެން މަމައާ ބަޕާއާ ވެސް އެއޮއް އުލެނީ އަދިވެސް އިދެގެން ހަމަ މިހާރު 40 އަހަރު ވީ ކާވެނި ކުރިތާވެސް
    ތީ ވެސް ހަމަ އާންމު ކަމެއްނު

  7. އަބޫ

    ދެމީހުންވެސް އޭރު އުޅުނީ ރަށުގަޔޯ. ގޭ ދޮށުކުއްޖެކޯ. އެކަމަކު ދިމައެއް ނުވެޔޯ. ޓީވީ މައްސަލަޖެހިގެން ރަނަގަޅުކޮށްފަ އެނބުރިލި ތަނުންނޯ ފުރަތަމަވެސް ދިމާވެ ލައިކުވެ ލޯތްބަށް ބަދަލުވީ. މީ އަރަތެއްތަ؟ ދެން ތިގުޅުމުގަ އެސްފިނާގެ ވިހަ ޖެހޭކަށް މާގިނަ ދުވަހެއް ވާނެހެން ހިއެއްނުވޭ. އުއްމީދަކީ އެހެން ނުވުން.

    • އޭނަ

      ތިކަހަލަ މީހުންގެ އެސްފީނާ އެންމެ އަވަހަށް ޖެހޭނީ.