"ޑައިމަންޑްސް" އަދި " ވީ ފައުންޑް ލަވް" ފަދަ ރީތި ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ފްރާންސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާއާއި ވަރަށް ވައްތަރު މީހެއް އިންޑިއާއިން ފެނިއްޖެއެވެ.
ރިހާނާއާއި ވައްތަރުކަމަށް ގިނަ ބަޔަކު އިއްްތިފާގުވެފައިވަނީ އިންޑިއާގެ ޗަޓިސްގަރާ ނިސްބަތްވާ މޮޑެލްއެއް ކަމަށްވާ ރެނީ ކުޖޫރުއެެވެ.
އުމުރުން އެންމެ 23 އަހަރުގެ ރެނީ އަކީ ކުޑައިރުން ފެށިގެންވެސް މޮޑެލް ކުރުމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ މީހެކެވެ. އަދި ތަފާތު މުބާރާތްތަކާއި އެކި އެކި ޝޯވތަކުގައި ހަރަކާތްތެރިވެފައިވާ ރެނީ ބުނި ގޮތުގައި މޮޑެލް ކުރުމުގައި އޭނާއަށް އެތަކެއް ގޮން ޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ކުރިން ބައެއް މީހުންގެ މަލާމާތް އޭނާއަށް ކުރިމަތިވި ކަމަށް ރެނީ ބުނެފައިވެއެވެ.
" ބައެއް މީހުން ބުނާނެ ތިއީ ހާދަ ކަޅު މީހެކޭ. ސްޓޭޖް މަތީ ހުއްޓާވެސް ބުނެދާނެ. ބައެއް ފަހަރު ހިތުގައި ޖެހިގެން ރޮވޭ ފަހަރު ވެސް އާދޭ،" ބޭރުގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ރެނީ ބުނެފައިވެފައިވެއެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރަސްމީ ސިފައެއްގައި މޮޑެލިން ދާއިރާއަށް ނުކުތް ރެނީ ބުނި ގޮތުގައި އޭނާގެ ވިދުން އެހާ އަވަހަށް ގަދަވެގެން ދިޔައީ ރިހާނާއާ ވައްތަރުކަމަށް ގިނަ ބަޔަކު ބުނާތީކަމަށެވެ.
އިންޑިއާގެ ފަލަ ސުރުހީތަށް ފަޅުފިލުވާ ދިފައިވާ ރެނީ ބުނީ އޭނާ ރިހާނާ އާ ވައްތަރުކަން އެންމެ ފުރަތަމަ އަޅައިގަތީ އޭނާގެ ރަހުމަތްތެރިއަކަށް ކަމަށެވެ. އަދި އޭނާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ކޮންމެވެސް ދުވަހަކުން ރިހާނާއާ ބައްދަލުވެ ވާހަކަ ދައްކާލުމަށް ކަމަށެވެ.
ފޮޓޯއިން ފެންނަ ގޮތުގައި ވައްތަރީ ހަމައެކަނި ތުންފަތް އެކަނި ، ބުމަ ، ލޯ ، ނޭފަތް ، ވަރައް ތަފާތު.
އެއްގޮތަކަށްވެސް ވައްތަރެއްނޫން.
ރީތި އަކީ ކުލައިގަވާ ކަމެއްނޫންކަން ވަރަށް ރަނގަޅަށް އެނގޭނޭ..
ތިކުއްޖާގެނޭ މިތަނަށް. ޑެން އަންނަ މީލްޑިވިއަން އައިޑޯލްއެއްގާ ލަވަކިޔުއްވަން.
މުނުގެ ޝޭޕްވެސް ތަފާތު