ހޯމް ސްކްރީން ސާފުކުރުމުން ފެށިގެން ބޭނުން ނުކުރާ އެޕްތައް ޑިލީޓް ކުރުމާ ހަމައަށް، ފައިސާ ފޮއްޗެއް ވެސް ހޭދަނުކޮށް، ފޯނުގައި ސްޕޭން ބެހެއްޓޭނެ ގޮތްތަކާއި ބެހޭ ގޮތްތަކަށް އެންމެންވެސް ޝައުގުވެރިކަން ހުންނާނެ އެވެ. މި ބަލާލަނީ މިފަދަ ކަންކަން ކުރެވޭނެ ފަސޭހަ ގޮތްތަކަށެވެ.

ބޭނުން ނުކުރާ އެޕްލިކޭޝަންތައް ޑިލީޓްކޮށްލާ

ފުލް އައިފޯން ސްޓޯރޭޖް ހުރުމަކީ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އޭގެ ތެރޭގައި އައިއޯއެސް އަޕްޑޭޓް ނުކުރެވޭ މައްސަލައާއި އިތުރު ފޮޓޯތަކަށް ޖާގަ ނުދިނުން ހިމެނެއެވެ. މިކަމަށް އޮތް އެއް ހައްލަކީ ބޭނުމެއް ނެތް އެޕްތައް ޑިލީޓް ކުރުމެވެ.

އެންމެ ފުރަތަމަ، ސެޓިންގްސް ހުޅުވަން ދެން ޖެހޭނީ "ޖެނެރަލް" ޓެޕް ކުރާށެވެ. އެއަށް ވަނުމަށްފަހު "އައިފޯން ސްޓޯރޭޖް" ސެކްޝަން ހުޅުވާލާށެވެ.

އައިފޯންގައި އެންމެ ގިނައިން ސްޓޯރޭޖް ނަގަނީ ކޮން ބައެއްކަމާއި ބާކީ ހުރީ ކިހާވަރަކަށް ސްޕޭސްތޯ ބަލާލާށެވެ. ބޭނުން ނުކުރާ އެޕްތައް ހޯދާ، ޖާގަ ހުސްކުރުމަށް ޑިލީޓް ކޮށްލާށެވެ. ހަމައެކަނި އިހްތިޔާރު ކުރާ އެޕް ’ޓެޕް‘ ކޮށްލުމަށްފަހު "ޑިލީޓް އެޕް" އަށް ފިއްތާލާށެވެ.

ގިނަ ފަހަރު ބޭނުން ނުކުރާ އެޕް އަދި ހޯމް ސްކްރީނުން ގެއްލުވާލުން

އެންމެ ފަހުގެ އައިއޯއެސްއިން ފަސޭހައި މިކަން ކުރެވެއެވެ. ޑިލީޓް ނުކޮށް މިފަދަ އެޕްލިކޭޝަންތައް ގެއްލުވާލެވިދާނެ އެވެ. ހޯމް ސްކްރީން ޕޭޖެއް ފޮރުވުމަކީ ވަރަށް އާދައިގެ ކަމެކެވެ.

އެންމެ ފުރަތަމަ، ފޮރުވަން ބޭނުންވާ އެއްވެސް އެޕެއް ހޯމް ސްކްރީން ޕޭޖެއްގައި ރައްކާކުރެވިފައި ހުރިތޯ ޔަގީން ކުރާށެވެ.

ދެން އެޕް އައިކަންތައް ވިގްލް ކުރަން ފެށެންދެން ހޯމް ސްކްރީނުގައި އިނގިލި ޖައްސާހިފަހައްޓާށެވެ.

ދެން، ސްކްރީންގެ އެންމެ ތިރީގައި ޑޮޓްސް އިން އިންނަ ބަބުލްގައި ޓެޕް ކޮށްލާށެވެ. އެއީ ކޮން ޕޭޖެއްގައި ކަން ދައްކުވައިދޭ ބަބުލް އެކެވެ.

މިކަމުގެ ސަބަބުން ވަކިވަކި ޕޭޖުތައް "އަންޓިކިންގ" ކޮށްގެން ފޮރުވައިގެން ހޯމް ސްކްރީން ވިއުއަކަށް ގެނެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްތާރު

    މީ ހަބަރަކައްވާ ހިސާބުން، ގައުމުގެ ނޫސްރިންނާ މީޑިއާގެ ހާލަތު ވަރައްވެސް ރަނގަޅައް ތަސައްވަރު ކޮއްލެވޭ..

  2. އަދުރޭ

    ތިހެން ހަދަލީމަ އައިފޯނު އާވެއްޖެ. ސްކްރީން މެދުން ތެޅިފައި އޮތްތަންވެސް ބެދި ހޯމް ބަޓަންއާ ދިމާލުގައި ނެއްޓިފައި އޮތް ތަންވެސް އެއްކޮށް ބެދި ފޯނު ގަތްއިރަށް ވުރެވެސް އާވެ ރީތި ވެއްޖެ.