ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ދެ މީހުން ފެނި ދެނެވެ ކަންތައް ކުރެއެވެ. ބައެއް މީހުން މިއަށް ކިޔަނީ "ޑޭޓް"އަށް ދިއުމެވެ. މިފަދަ ޑޭޓްތަކަށް ގޮސް ބޮޑު ހަރަދުވެސް ކުރެއެވެ. މިފަދަ ޑޭޓްތަކަށް ގޮސް ފައިސާ ދައްކާ ގޮތާއި ގުޅޭގޮތުންވެސް ބަހުސް ކުރެއެވެ.

މިއީ ޑޭޓަކަށް ދިޔަ އަންހެނަކަށް ދިމާވި ކަމެކެެވެ. އޭނާ ބުނީ ފިރިހެނަކާއެކު އޭނާ ޑޭޓަަށް ދިޔައީ ކޮފީ ޝޮޕަކަށް ކަމަށެވެ. އެކަމަކު ދެ މީހުން އެހާ މެޗް ނޫން ކަމަށް ފެންނާތީ އަންހެން މީހާ އޭނާއާ ގުޅެން ބޭނުން ނުވާ ވާހަކަ ދެވަނަ ޑޭޓަށް އެހުމުން ބުންޏެވެ. މިހެން ބުނުމުން އޭނާއަށް ލިބުނީ ހައިރާންވާވަރުގެ ޖަވާބެކެވެ.

އެ ފިރިހެން މީހާ އޭނާއަށް މެސެޖް ކުރީ ފުރަތަމަ ކޮފީއަށް ދިޔަ ހަރަދުގެ ފައިސާ އޭނާއަށް އަނބުރާ ފޮނުވުމަށެވެ. މިގޮތަށް ބުނެ އެކައުންޓް ނަމްބަރުވެސް ފޮނުވާފައި ވެއެވެ.

ލައުރެން ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ ޓްވިޓާގައި އެދެ މީހުން ދައްކާފައި ހުރި ވާހަކަތަކުގެ ސްކްރީންޝޮޓް ހިއްސާ ކޮށްފައެވެ.

އޭނާ ހިއްސާ ކުރި ސްކްރީންޝޮޓްތަކުގައި ފިރިހެން މީހާ އޭނާ ކައިރިން އިތުރު ޑޭޓަށް ދާން އެދުނެވެ. އެކަމަކު އަންހެން މީހާ ދެކޮޅު ހަދައެވެ. ދެ މީހުންގެ ކެމިސްޓްރީ ދިމާނުވާ ކަމަށް ބުންޏެވެ. އަދި ނުދަންނަ މީހެއްގެ ގެއަށް ނުދާނެ ކަމަށް އަންހެން މީހާ ބުނެއެވެ.

މިއާއެކު ފިރިހެން މީހާ ވަނީ އޭނާ ކޮފީއަށް ހަރަދު ކުރި ފައިސާ އަނބުރާ ފޮނުވަން އެދެއެވެ. އޭނާ ފައިސާ ބޭކާރު ގޮތުގައި ހަރަދު ކުރަން ބޭނުން ނުވާ ކަމަށް ބުނެފައި ވެއެވެ. އަދި އަންހެން މީހާ ވަނީ އެ ފައިސާ ޗެރިޓީއަށް ހަދިޔާ ކުރެވިދާނެތޯ އަހާފައެވެ.

އެފޮޓޯ މީސް މީޑިއާގައި ދައުރުވުމާއެކު އެތައް ބަޔަކު ކޮމެންޓްކޮށްފައި ވެއެވެ. އަދި މިކަހަލަ މީހުން އަދިވެސް އުޅޭތޯ ސުވާލު ކޮށްފައި ވެއެވެ.