މިހާރު ގިނަ ބަޔަކު އެންމެ ފޯރިއާއި އެކު ބަލަމުންދަނީ ދެކުނު ކޮރެޔާގެ ޑުރާމާތަކެވެ. ވަކީން ހާއްސަކޮށް ޒުވާން އަންހެން ކުދިން މިކަމުގައި ފާހަގަ ކޮށްލެވެ.

ބައެއް މީހުންނަކީ ކުރިން ނުބަލައި އެތައް ޑުރާމާއެއް ހުރި ނަމަވެސް އައު ޑުރާމާތައް ބަލަން ބޭނުންވާ ފަރާތްތަކެކެވެ. ހަމައެގޮތަށް ބައެއް ފަރާތްތަކުން އައު ޑުރާމާތައް ކިތައްމެ ގިނަވި ނަމަވެސް ކުރީގެ ޑުރާމާތައް ބަލަން ފޯރި ހުރެއެވެ.

މި ނޮވެމްބަރު މަހު އެންމެ މަގުބޫލު ބައެއް ޑުރާމާތައް މި ހިމަނާލަނީ އައު ޑުރާމާތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށެވެ.

ދި ރެޑް ސްލީވް

ލީ ޖަންގް ހޯއާއި ލީ ސި ޔަންގްގެ ލޯބީގެ މި ޑުރާމާއަކީ އެންމެ މަގުބޫލު ޑުރާމާއެވެ. މި ޑުރާމާގެ ވިއުވާސް ރޭޓިންއަކީ 15.26 ޕޮއިންޓްސްއެވެ.

ނަވް، ވީއާ ބްރޭކިން އަޕް

ސޯންގް ހައެ ކިޔުއާއި ޖެންގް ކި ޔަންގްގެ ލޯބީގެ މި ޑުރާމާގެ ވިއުވާސް ރޭޓިންއަކީ 15.08 ޕޮއިންޓެވެ.

ދަ ކިންގްސް އެފެކްޝަން

ޕާކް އުން ބިންއާއި ރޮވޫންގެ މި ތާރީޚީ ޑުރާމާގެ ވިއުވާސް ރޭޓިންއަކީ 11.64 ޕޮއިންޓެވެ. މި ޑުރާމާ ދައްކަނީ ކޭބީއެސް ޗެނަލްއިންނެވެ.

ޔަންގް ލޭޑީ އެންޑް ޗެންޓްލްމަން

ކޭބީއެސް ޗެނަލްއިން ދައްކައި މި ޑުރާމާގެ ވިއުވާސް ރޭޓިންއަކީ 7.26 ޕޮއިންޓެވެ.

ހެޕިނަސް

ޓީވީއެން އިން ދައްކައި މި ޑުރާމާއިން ފެނިގެންދަނީ ހާން ހުއަ ޖޫއާއި ޕާކް ހުއަން ސިކްއެވެ. މި ޑުރާމާގެ ވިއުވާސް ރޭޓިންއަކީ 6.99 އެވެ.

މީގެއިތުރުން ޓީވިއެންގެ ''ޖިރިސަން'' އާއި ޓީވީއެންގެ ''މެލެޝޯލިއާ'' އާއި އެސްބީއެސްގެ ''ލެޓް މީ ބީ ޔުއާ ނައިޓް'' އާއި ކޭބީއެސްގެ ''ސީކުރެޓް ރޯޔަލް އިންސްޕެކްޓަރ އެންޑް ޖޯއީ'' އަދި ޖޭޓީބީސީގެ ''ރިފްލެކްޝަން އޮފް ޔޫ'' ހިމެނެއެވެ.