ދުނިޔޭގައި އެތަށް ބާވައްތެއްގެ ހަރުފަ ދިރިއުޅޭއިރު ކޮންމެ އަހަރަކުވެސް އެތަށް ހާސްބަޔަކު ހަމަ އެކަނި ހަރުފަ ވިހަލައިގެންވެސް މަރުވާކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.
ނަމަވެސް މިހާރު މިއޮތީ ތަފާތު ޗެލެންޖެކެވެ. މަތިން އެފެންނަ ފޮޓޯއިން ހަރުފައެއް ހޯދުމެވެ. ފޭސްބުކްގައި ވެސް މި ޗެލެންޖް ކުރިއަށް ގެންދިޔައިރު އެތަށް ހާސްބަޔަކުގެ ތެރެއިން އެ ފޮޓޯއިން ފޮރުވިފައި އޮތް ހަރުފަ ހޯދިފައިވަނީ ވަރަށް މަދު ބަޔަކަށެވެ.
ރަނގަޅަށް ބަލައިގެން ވަރަށް ވިސްނުން ތޫނު ލޯ ސާފު ބަޔަކަށް ނޫނީ މި ފޮޓޯއިން ހަރުފައެއް ނުފެނާނެއެވެ. ރެޑް ގްލީޑް ނަމަކަށް ކިޔާ ވިހަގަދަ މި ހަރުފަ އެ ފޮޓޯގެ ކޮންމެވެސް ހިސާބެއްގައި އިން އިރު މި ވައްތަރު ހަރުފައަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހަރުފައެކެވެ.
ނުރައްކާތެރި މި ހަރުފަ ވިހަލުމުން ވިހައިގެ އަސަރު މުޅި ހަށިގަނޑަށް ފޯރަން ވަގުތުތަކެއް ނަގައެވެ. މި ހަރުފަ އަކީ ރޭގަނޑަށްވުރެ ދުވާލު ބޮޑަށް ޙަރަކާތްތެރިވެ އުޅޭ އެއްޗެކެވެ. މިއީ ލޮލުގެ ފެނުން މާރަނގަޅު ހަރުފައެއް ނޫނެވެ.
މި ވައްތަރު ހަރުފަ އޭގެ ވިހަކުޅު 12-15 ފޫޓުގެ ދުރުމިނަށް ވަރަށް ބާރަށް އަދި އެހާމެ ސީދާކޮށް ފޮނުވާލުމުގެ ގާބިލުކަން ލިބިގެން ވެއެވެ. މި ހަރުފަ ކުޅުޖަހަނީ އެސޫފި ޝިކާރަކުރާއެތީގެ ލޮލަށެވެ. ޝިކާރަވެވޭ އެތީގެ ލޮލަށް ކުޅުދިއުމާއެކު ކުޅުގެ ވިހައިން އެސޮރުގެލޯ ވަގުތުން އަނދިރި ވެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މި ހަރުފަ މަސްކެއުމަށާއި ބޭސްވެރިކަމަށް ވެސް މަރައެވެ. މިސަބަބުތަކާއިހުރެ ކިންގްކޮބުރާގެ ބައެއް ދަރިފަސްކޮޅުވަނީ މުޅިންނެތި ދިޔުމަށް ކައިރިވެފައެވެ.
މިޔަކު ތިޔަބުނާ ޒާތުގެ އެއްޗެށް ނެތް
ތި ޚަބަރު ލިޔުނު މީހާއަށްވެސް ނުފެނިފަ އެއޮތީ
ފޮޓޯގެ މެދުތެރެއިން ފަނޑުކޮށް ކަޅާއި ހުދުން އެފެންނަނީ ތިބުނާ ހަރުފަކަމަށް ބެލެވޭ.
ޢެއޮތީ ވައަތް ފަރާތު ކަނުކައިރީގަ
ޢެއޮތީ ވައަތް ފަރާތު ކަނުކައިރީގަ މަތީގަ ގަހެއްގަ އޮޅިފަ
އެބަފެނޭ ޔާމީނު ހަރުފަ
ހައްދު ފަހަނައަޅާގޮސް ސިކުންޑި.ހަލާކުވެ ކުނިވެފަ. 2013 ގަ ބަލިވި ގްރޫޕް. 2018 ގައި ބަލިވާނެ. ގުރައިދޫގަ ޖާގަލިބޭނެ
މީގާން ފެނޭ އެބަ އެބުނާ ހަރުފަ
މީގާން ފެނޭ އެހަރުފަ
ފޮޓޯގެ ތިރީގަ އެއިން މެސެޖް އައިކަންއާ ދިމާ މަތިން އެ ފެންނަނީ ތިޔަ ބުނާ ހަރުފައެއް.. ހީވަނީ ހިކިފައިން ލަކުޑިގަނޑެއްގަ ލައްޖަހާފަ ހުރިހެން
ފެނޭ
ދެރަކަމެތްނުން ހަރުފައެއް ނުފެނުނޭ. ދައްކަބަލަ
ތިފޮޓޯއަށް ނުބެލިޔަސް މަށަށް މާގިނައިން ހަރުފަ މިތަނުން އެބަފެނޭ.
އެބަފެނޭ. ވައަތް ފަރާތު ކަނުގަހުރި ގަހުގެ މަތީން. ގަދަފެހިކުލައަކުން.
ފޮޓޯއިން ފެންނަ ވިނަގަނޑު މަތީން އެބަފެނޭ ދިގުކޮތް އޮތް ހަރުފައެއް.