އެފްރިކާގެ ޖަންގައްޔަކަށް ޝިކާރައަށް ދިޔަ ބަޔަކު ސިންގާތަކެއްގެ ޝިކާރައަކަށްވެ އެމީހުން ރޮލާ ކާލައިފިއެވެ.

އެފްރިކާގެ ޖަންގަލިތައް މޮނިޓަރ ކުރާ ފަރާތްތަކުން ބުނެފައިވަނީ ޖަންގަލި މޮނިޓަރ ކުރުމުގެ ތެރޭގައި ޝިކާރަ ކުރަން ބޭނުންވާ ސާމާނުތަކެއް ފެނިފައިވާކަމަށާއި މިތަކެތި ފެނުނު ސަރަހައްދުން އިންސާނުންގެ ލޭ ކަމަށް ޝައްކު ކުރެވޭ އެއްޗެހި ތަކެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ބަޔަކު ގެއްލިގެން މިހާތަނަށް އެއިދާރާއަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.

އެއިދާރާއިން ބުނެފައިވަނީ ފެނިފައިވާ ތަކެތިން މިމީހުން ދިޔައީ އެފްރިކާގެ ޖަންގަލި ތަކުގައި އުޅޭ ރައިނަސެރަސްގެ ޝިކާރައަކަށް ކަމަށް ހީވާ ކަމަށާއި އެސަހައްދަށް ބަލާލުމުން އެއީ ސިންގާތަކެއް ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށެވެ.

އެއިދާރާއިން އިތުރަށް ބުނެފައިވަނީ ސިންގާގެގެ ޝިކާރައަކަށް ވެފައިވަނީ ކިތައް މީހުންކަން އެނގިފައިނުވާ ކަމަށާއި ނަމަވެސް މިމީހުން ކާލާފައިވާ ކަމަށް ބެލެވޭ ސަރަހައްދުން ތިން ފައިވާން ކިބަޔާއި ތިން އަންގި ފެނިފައިވާ ކަށެވެ. މިހެން ކަމުން 3 މީހުން ކާލާފައިވާކަމަށް ބެލެވޭ ކަމަށް އެއިދާރާއިން ހާމަ ކުރެއެވެ.

ރައިނަސެރަސްގެ ޝިކާރަ ކުރަމަކީ މަނާ ކަމެއް ކަމުގައި ވިޔަސް، އޭގެ ދަޅުގެ އަގު ބޮޑު ކަމުން ގިނަ ބަޔަކު މީގެ ޝިކާރަދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނާނުބެ

  ފިހެފަ ނެތިއްޔާ ރޮލާދޯ ކާލާނީ! ޝިކާރަޖުރަންދާއިރު އިންސާނުން ތިބެނީ ފިހެފައެއް ނޫންވިއްޔާ

  • ކިޔާ

   ހައްހާ....ހީހީ ހަލާކު..

  • ބީބީކިއު

   ކިހިނެއް އިނގެނީ ސިންގާތައް އެމީހުން ކާލީ ބާބެކިއު ހަދައިގެން ނޫންކަމެއްވެސް؟؟