މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭގައި ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ވާތު ފައި ޗިސްވެ ފައި ބުރިކޮށްލަން ޖެހުނު މަރިޔަމް ޝަހީދާއަށް އެހީތެރިވުމަށް ހެޔޮ އިންވެސްޓްމެންޓް ފިހާރައިން އެއްދުވަހުގެ އެހީ ޕްރޮގްރާމެއް ފަށައިފިއެވެ.
ޝަހީދާ އެކްސިޑެންޓް ވެފައިވަނީ ލޮނުޒިޔާރަތް މެގު ހުރަސްކުރަން އުޅުމުގެ ތެރޭގައި އެމަގަށް ވަންނަން ދިޔަ ކުޑަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓިގެންނެވެ. ޕިކަޕު ޖެހުނު ވަގުތު އޭނާ ތާށިވެފައިވަނީ ޕިކަޕާއި ކަންމަތީ ހުރި އިމާރާތުގެ ފާރާއި ދެމެދުއެވެ.
ހެޔޮ އިންވެސްޓްމެންޓްގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ، ޝަހީދާ އެކްސިޑެންޓް ވެފައިވަނީ އެމީހުންގެ ފިހާރަ ކައިރިން ކަމަށާއި އެކްސިޑެންޓްވި ވަގުތު ވެސް ފިހާރައިގެ މުވައްޒަފުން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށެވެ.
ދަތިހާލުގައި ދިރިއުޅެމުން އަންނަ ޝަހީދާގެ ތިން ކުދިން ތިބޭއިރު، އެންމެ ދޮއްޓަށް ތިބެނީ ދެ ފިރިހެން ކުދިންނެވެ. އެދެ ކުދިންނަށް 18 އަހަރު ފުރިފައިވާއިރު، ދަރިންގެ ހަރަދުތައް ކުރަމުން އަންނަނީ ކޯޓު މެދުވެރިކޮށް ކުދިންގެ ބައްޕަގެ ފަރާތުން ލިބޭ ހަރަދު ފިޔަވައި އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ.
ޝަހީދާއަކީ މާލޭ މީހަކަށް ވިޔަސް އޭނާ ދަރިން ގޮވައިގެން ދިރިއުޅެމުން އަންނަނީ ވަރަށް ކުޑަ ތަންކޮޅެއްގައި، ވަރަށް ހާލުގައެވެ. ގޭގެ ހަރަދާއި އެހެނިގެން ހުރިހާ ހަރަދެއް ބަލަހައްޓަމުން ދިޔައީ އަމިއްލައަށް ލިބޭ އެއްޗަކުންނެވެ.
ހެޔޮ އިންވެސްޓްމެންޓުން ބުނެފައިވަނީ ހާދިސާ ހިނގި ވަގުތު ފިހާރައިގެ މުވައްޒަފުން ޝަހީދާއަށް އެހީތެރިކަން ފޯރުކޮށްދިންކަން އުފަލާއި އެކީ ފާހަގަ ކުރާ ކަމަށާއި މުވައްޒަފުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
"އަޅުގަނޑުމެން ފިހާރަ ކުރިމަތީ އެކްސިޑެންޓްވީ. ޝަހީދާއަކީ އަޅުގަނޑުމެންގެ ކަސްޓަމަރެއް. އެހެން ކަމުން އަޅުގަނޑުމެން މި ހުޅުވާލަނީ އެއް ދުވަހުގެ ކެމްޕޭނެއް ޝަހީދާއަށް އެހީތެރިކަން ފޯރުކޮށްދޭން" "ވަގުތަށް" މައުލޫމާތު ދިން ފިހާރައިގެ އޮފިޝަލަކު ވިދާޅުވިއެވެ.
ހެޔޮ ފިހާރަ ޓީމުން އިސްނަގައިގެން ޝަހީދާއަށް އެހީތެރިކަން ފޯރުކޮށްދޭން ހިންގާ އޮންލައިން މި ކޭމްޕޭނުގައި ރުފިޔާ ޖަމާ ކުރަން ޖެހެނީ ޝަހީދާގެ އަމިއްލަ އެކައުންޓަށެވެ. އަދި ރުފިޔާ ޖަމާ ކުރުމަށްފަހު ފިހާރައިގެ ފޭސްބުކު މެސެންޖާ ނުވަތަ ވައިބަރ ނަންބަރަށް ސްލިޕް ފޮނުވުމަށް ފިހާރައިން ވަނީ އެދިފައެވެ.
ހެޔޮ ފިހާރައިން ކުރިއަށް ގެންދާ މި ކެމްޕޭން ކުރިއަށް ދާނީ މިއަދު ހެނދުނު 9:00 އިން މާދާމާ ހެނދުނު 9:00 އަށެވެ.
ފައިސާ ފޮނުވަން ޖެހޭ އެކައުންޓާއި ތަފްސީލް:
ބީއެމްއެލް އެކައުންޓް ނަންބަރު (7704261584101 މަރިޔަމް ޝަހީދާ)
ވައިބަރ: 9639444
________________________________________
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން
އިން ޝާ ﷲ، ޝަހީދާގެ ޢާއިލާއަށް ކުރިޔަށް އޮތީ ފާގަތި ދުވަސްތަކެކެވެ. ކުދިނަށް ބުނެލަން ބޭނުމީ ހުރިހާ ކުދިންވެސް ގޯސް ކަމެއް ނުކޮށް ރަނގަޅު ގޮތުގައި އުޅުމަށެވެ.
ނިކަމެތިން ބޭސް ފަރުވާ ކުރެވޭނެ ގޮތެއްނެތި އާދޭސް ކުރަމުން ދާއިރު، ރައީސް ނަޝީދަށް ކުރީގެ ރައީސަށް ވީތީ، މުޅި އޭޝިޔާއިން ހިލޭ ބޭސް ފަރުވާ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވީތީ، މުޅި އޭޝިޔާއިން ހިލޭ ފަރުވާ.. އެވަރުން ނުވެގެން ޔޫރަޕުން ބޭސް ކުރުމަށް ފިނޭންސް މިނިސްޓްރީންނާއި ރައީސް އޮފީހުން އެތައް މިލިއަނެއް.. އޭނާގެ ވެރިކަމެއްގައި މަސްމާރުކޭޓްގައި ނިދަން ބުނި ރައީސް ނަޝީދު ދިރިއުޅުއްވުމަށް މަހަކަށް އެތަކެއް ލައްކައެއް.. ސިޔާސީ ވަޒީފާތައް 1000 އަށް ވުރެ މަތި. ކުންފުނިތަކުގެ ވަޒީފާތައް އެއަށްވުރެ ގިނަ..
ސާހިދާ އައް، އަވަސް ސިފާ އާ ކެއްތެރިކަން މިންވަރުކުރައްވާށި
ކެވޭނީ ބަނޑުފުރެންދެން، ބޮވޭނީވެސް ބަނޑުފުރެންދެން، ގެންގުޅެވޭނީ އެކުޖުމުލަ 4 އަނބިން، ދާންޖެހޭނީ، ތިންކަފުނުގައި، ގެންދެވޭނީ، ކޮށްފައިވާ ހެޔޮޢަމަލު، އޭގެތެރޭގައި ޞަދަޤާތުގެ ދަރުމައާއި ޘަވާބު ހިމެނޭ، ބުނެވޭގޮތުގައި ސަންދޯކަކީ، ދުނިޔޭގެ ބައެއް ތަންތަނުގައި ބޭނުންކުރިޔަސް އެހާ އެހާ ރަނގަޅު އެއްޗެއްނޫން،
ރޓ މީހެއް ވީމަ ބޭކާރު ވާހަކަ ތިދައްކަނީ. 5ކ މަދީ