ހޮހޮޅައެއްގެ ތެރޭގައި ތާށިވެފައިވާ ތައިލެންޑުގެ ޒުވާން ފުޓުބޯޅަ ޓީމުގެ މެންބަރުން ސަލާމަތުން ގެންގޮސްދޭނެ ކަމަށް އެ ކުދިންގެ ކޯޗު ބުނެފިއެވެ.

އެ ކުދިންގެ ކޯޗު މިހެން ބުނެފައި ވަނީ، ބެލެނެވެރިންނަށް ފޮނުވި މެސެޖުގައެވެ. އެ މެސެޖް ފޮނުވާފައި ވަނީ ތައިލެންޑްގެ ނޭވީ މެދުވެރިކޮށެވެ.

"ހުރިހާ ބެލެވެރިންނަށް. އެ ކުދިންގެ ހާލު ރަނގަޅު. އަހަރެން އެ ކުދިންނަށް އެންމެ ގާތުން އަޅާލާނެކަމުގެ ޔަގީންކަން ދެން". އެ ކުދިން ސަލާމަތް ކުރުމުގައި އުޅެމުންދާ ނޭވީގެ އޮފިޝަލުން މެދުވެރިކޮށް ބެލެނެވެރިންނަށް ފޮނުވި ނޯޓުގައި ވެއެވެ.

"ހުރިހާ ފަރާތްތަކުގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރަން. އަހަންނަށް މައާފްކޮށްދީ" އޭނާގެ ނޯޓުގައި ވެއެވެ.

އުމުރުން 11-16 އަހަރާއި ދެމެދުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ހޮހަޅައިގައި ވަނީ ތާށިވެފައެވެ. އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނައިރު، އެކަމުގައި ހަރަކާތްތެރިވަމުންދިޔަ ޑައިވަރަކު ވަނީ މަރުވެފައެވެ.

ޝިއާންގ ރައީ ނަމަކަށް ކިޔާ ހޮހޮޅައެއްގައި މި ޓީމު ތާށިވެފައިވާއިރު، އެފަރާތްތައް އެތަނުގައި ތާށިވެފައިވާތާ މިހާރު 13 ވަރަކަށް ދުވަސް ވާނެއެވެ.

ހޮހޮޅައެއްގައި ތާށިވެފައިވާ ތައިލެންޑަށް ނިސްބަތްވާ ފުޓުބޯޅަ ޓީމަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، އެމީހުން ސަލާމަތްވާނެ އިރަކަށް، އެތައް ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. އެގޮތުން އެ ޒުވާން ފުޓުބޯޅަ ޓީމުގެ މެންބަރުން، ވޯލްޑް ކަޕު ނިމުމުގެ ކުރިން ސަލާމަތްވެއްޖެނަމަ، ވޯލްޑް ކަޕުގެ ފައިނަލް މެޗު ބަލާލުމުގެ ފުރުޞަތު ދޭނެ ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިލްސަން

    އައުރަ ނިވާނުކޮށް ތިބޭ މީހުންނަށް ހަމަ ވާންވީ ގޮތް... ކުރު ކުރު ސޯޓުލައިގެން

    • Anonymous

      ފިރިހެނުންގެ.އައުރައަކީ ކޮބައިކަމާމެދު ދީނީ އިމާމުންގެވެސް ހިޔާލު ތަފާތު، ތިއީ ކޮންތާކުން ވެއްޓުނު މާމޮޅު.އިލްމުވެރިއެއް؟

      • ވިލްސަން

        ހިޔާލު ތަފާތުވާ ވަރަށް ގިނަ ކަންކަން ހުރޭ.. އެކަމަކު ފައިގެ ފަލަމަސްގަނޑަކީ ފިރިހެނާގެ އައުރައިގެ ތެރެއިން ބައެއްކަމާމެދު ޝައްކެއްނެތް.. ފޮތްތައް ކިޔާލަބަލަ

  2. ހ

    މިމީހުން ތާށިވީ ކިހިނެއްބާ. ކޮންކަމަކާ ޑައިވްކުރަން މިޖެހެނީ. ތިޔަ އަޅެ މީހު ނަށް އެއްޗެއް އެނގޭގޮތަށް ޚާބަރު ލިޔަންވެއްޖެއްނު މިހާރު

    • މަބޫ

      ވާ ނުވާ ރަނގަޅަށް ބަލާބަލަ ފޮތުގެ މެދުން ފެށިއަކަސް ވާނުވާ އެއް ނޭނގޭނެ މިކަން ނޭނގޭ މީހަކު ކަލޭ ނޫނީ ނޫޅޭ

  3. މިޙުރީ

    މަ މިިހުރީ