ކާއެއްޗެއްސަކީ މީހާ ދިރިހުރުމަށް އެންމެ ބޭނުންތެރި އެކައްޗެވެ. އަދި ކާތަކެތި ނުލި ބަނޑު ހައިވެއްޖެ ނަމަ ބައެއް ފަހަރު ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭ ފަހަރު އާދެއެވެ.

މިފަހަރުވެސް ކަން މިވީ ދާދި މިފަދަ ގޮތަކަށެވެ. ކާތަކެތި ގަނެ ނުދިން ލޯބިވެރިޔާއަށް މިފަހަރު ހަމަލާދިނީ ވަޅިއަކުންނެވެ.

މިކަން ހިނގާފައިވަނީ އެމެރިކާގެ ބިކޮމްބާގައެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އޭނާގެ ލޯބިވެރިޔާއަށް ކާނެ އެއްޗެއް ގަނެ ނުދިނުމުންެނެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ މިދެލޯބިވެރިންގެ ދެމެދުގައި ފުރަތަމަ ބޮޑު އަރައިރުމެއް ހިނގި ކަމަށާއި ފިރިހެން މީހާ އަންހެން މީހާ ގާތު ބުނަމުން ދިޔައީ ބޭރުން ތަކެތި ގަނެގެން ކާނެ ފައިސާ ނެތް ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް މި އަންހެން މީހާ ފިރިހެން މީހާ ކުރެން ރެސްޓޯރެންޓްއަކުން ދިނުމަށް އެދެމުން ދިޔަ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. އަދި އަރައިރުން ހޫނުވެ އަންހެން މީހާ ފިރިހެން މީހާގެ ގަޔަށް ވަޅި ޖަހާފައިވާކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މިކަން ހިނގިތަނުގެ ސީސީޓީވީ ރިކޯޑިން އެއް ފުލުހުން ވަނީ ހޯދާފައެވެެ. ނަމަވެސް މިއަންހެން މީހާ ވަނީ ހަމަލާދިނުމަށްފަހު ފިލާފައެވެ. މި އަންހެން މީހާ ހޯދުމަށް ފުލުހުންވަނީ އެރެސްޓް ވޮރެންޓްއެއް ނެރެފައެެވެ.

ކިޔުންތެރިންގެ ހިޔާލު