ހަފްތާއަކު ދެދުވަހު ރޯދަ ހިފުމަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުން ސާބިތުވާ ކަމެކެވެ. ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަ އަށް ތިބުމަކީ ސުންނަތެކެވެ. މިއަދު ވެސް ވަރަށް ގިނަ މުސްލިމުން ކުރަމުން އަންނަ ކަމެކެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ކްއީން މޭރީ ޔުނިވަސިޓީގެ ޣައިރު މުސްލިމް ސައިންސްވެރިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ހަފްތާއަކު ދެދުވަހު ރޯދަ ހިފުމަކީ ސިއްހީ އެތައް ފައިދާއެއް ލިބޭ ކަމެކެވެ. ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސައިކޮލޮޖިސްޓް ކެޓީ މޭރީ ވިދާޅުވީ 2:5 ޑައިޓް ނުވަތަ ހަފްތާގެ ފަސް ދުވަހު ކެއުމަށް ފަހު ދެދުވަހު ރޯދަ އަށް ހުރުމަކީ ހަމައެކަނި ބަރުދަން ސިއްހަތައް ރަނގަޅު މިންވަރެއްގައި ހުރުމުގެ އިތުރުން މީހުންގެ މަސައްކަތުގެ ގާބިލްކަން އިތުރުވެ، ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ވެސް އިތުރުވާ ކަމެކެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައި މިހާރު އެންމެ ބޮޑު ސިއްހީ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މީހުން އާދަޔާއި ހިލާފަށް ބަރުވުމުގެ މައްސަލައެވެ. މިދިރާސާ އިން ދައްކާ ގޮތުގައި ހަފްތާއަކު ދެދުވަހު ރޯދަ ހިފުމަކީ އާދަޔާއި ހިލާފަށް ބަރުދަން އިތުރުވުން ހުއްޓުވައިދޭ ކަމެކެވެ.

މިދިރާސާގައި ބަރުދަން އިތުރު 300 މީހުން ބައިވެރިކޮށްފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ ޑައިޓަށް ބަދަލު ގެނެސް ބަރުދަން ލުއި ކުރެވޭ ސިއްހަތައް ފައިދާ ހުރި އެއްޗެހި ކާންދީފައި ވެއެވެ. ދެން ތިބި މީހުންނަށް ވަކި ހާއްސަ ޑައިޓެއް ދިނުމުގެ ބަދަލުގައި އެމީހުން ވަނީ ހަފްތާއަކު ދެެދުވަހު ރޯދަ ހިފާފައެވެ.

ދިރާސާގެ ނަތީޖާ އިން ކަށަވަރު ކުރެވުނު ކަމަކީ ބަރުދަން ލުއިވެ، ރަނގަޅު ސިއްހަތަކަށް އެނބުރި ދިއުން އަވަހީ ރޯދަ ހިފި މީހުން ކަމަށެވެ. ޑައިޓް ބަދަލުކޮށްގެން ބަރުދަން ލުއިވި މީހުންގެ އަދަދު ރޯދަ ހިފި މީހުންނާއި އަޅައި ބަލާއިރު މާބޮޑަށް މަދުކަމަށް ދިރާސާ އިން ދައްކައެވެ.

ރޯދަ ހިފި މީހުންގެ ސިއްހީ ޓެސްޓްތަކެއް ވެސް މިދިރާސާގައި ވަނީ ކޮށްފައެވެ. އެޓެސްޓްތަކުން ދެއްކި ގޮތުގައި ހަފްތާއަކު ދެދުވަހު ރޯދަ ހިފާ މީހުންގެ ބްލަޑް ޕްރެޝަރ ކޮންޓްރޯލް ކުރެވި ބަރުދަން ލުއި ކުރެވި އަދި އުމުރު ދިގުވުމުގެ ފުރުސަތު އިތުރު ވެގެން ދެއެވެ.

ހަފްތާއަކު ދެެދުވަހު ރޯދަ ހިފުމުގެ ފައިދާ މީގެ ކުރިން ވެސް ސައިންސްވެރިން ކުރި އެތައް ދިރާސާއަކުން ހާމަވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތިއިން އެނގެނީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ ހަދީޘަކީ ޝައްކުކުރުމުގެ ޖާގަވެސް ނެތް އެއްޗެއްކަން!

    36
    1
  2. ވަރަށް ސަލާމް

    ތިމީހުން ރޯދަ ހިފީ ބައެއްކަހަލަ ދިޔާތަކެތި ބޮއެގެންކަމަށްވަނީ

    8
    1
  3. އަލްޖިބްރާ

    ތިޔަ ސައިންސްވެރިންނަށްވުރެ މާކުރިން ﷲގެ ވަޙީގެ ބަސްފުޅުންނާއި ރަސޫލާގެ ހަދީސް ފުޅު ތަކުން ރޯދަހިފުމުގެ ފައިދާ ވަނީ ވަރަށް ސާފުކޮށް ބަޔާން ކޮށްދެއްވާފަ ! އެވަރު އެގޭއިރުވެސް ތިޔަ ހަރުބިއްޔަ ކާފަރުން ދަނީ މާމޮޅު ގޮތްތަކެއް ހޯދިއްޖެ ކަމަށް އަބަދުވެސް ހަޅޭއްލަވަމުން !

  4. ޕޮއްޕަޓު

    ހަރުބީ ކާފަރުން ކުރާ ދިރާސާތައް ގަބޫލު ކުރާކައް ނުވާނެ.

    1
    2