އޮސްޓްރޭލިއާގެ ފިރިހެނަކު އޭނާގެ ގޭގެ ހުންނަ ހުސްތަނުގައި ޖިންނި ކުއްތާއަކާއެކު އޭނާ އޮޅުކޮށްގެން ގެންގުޅޭ ކުއްތާ ކުޅޭ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ވީޑިއޯއެއް މީސް އާންމުކޮށްފިއެވެ.

އޮސްޓްރޭލިޔާގެ މެލްބަންއަށް ނިސްބަތްވާ ޖެކް ޑިމާކޯ، އޭނާގެ ހޯމް ސެކިއުރިޓީ ކެމެރާގައި ރެކޯޑްކޮށްފައިވާ ގޮތްނޭނގޭ ފުޓޭޖްތަކުން އޭނާ އަށްވެސް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

މި ވީޑިއޯއިން ފެނިގެންދަނީ ޖެކްގެ ކުއްތާ، ރައިޑަރ، ގޭގެ ފަހަތުގެ ސަރަހައްދެއްގައި ހުދު ކުލައިގެ ކުއްތާއެއް ފަހަތުން އަންނަ މަންޒަރެވެ. ރައިޑަރ އާއި އެކު މި ބިރުވެރި ކުއްތާ ކުޅުމަށްފަހު ކުއްލިއަކަށް ގެއްލޭތަން ފެނެއެވެ.

ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން ޖެކް ބުނީ، އޭނާގެ ގޭގެ ފަހަތުގައި ދެވަނަ ކުއްތާއެއް އޮތްތަން ފެނުމާއެކު ވަރަށް ބޮޑަށް އަންތަރީސްވި ކަމަށެވެ. އެއީ ބަންދުކޮށްފައި ހުރި ފެންސަކުން އަރައިގެން ސަލާމަތުން ކުއްތާއަކަށް އެތަނަށް ނާދެވޭނެކަން އެނގޭތީ ކަމަށް އޭނާ ބުންޏެވެ.

"ހަތަރު ލައިވް ކެމެރާ ސްޓްރީމްގެ ތެރެއިން އެއް ސްޓްރީމް އަހަރެންގެ ލޮލުގައި އަޅައިގަތީ ސިނގިރޭޓެއް ބޯލައިގެން ގަރާޖުގައި އަހަރެން ބޭރަށް ނުކުތް ވަގުތު. ރައިޑަރ ދުވަމުން ދިޔައީ ކޮންމެވެސް އެއްޗަކުން ނުވަތަ އޭނާއަށް އާދަޔާ ހިލާފު އެއްޗަކާއެއެކު ކުޅޭ ކަހަލަ ގޮތަކަށް، ހާއްސަކޮށް ރޭގަނޑުގެ އެ ވަގުތުގައި،" ބޭރުގެ ނޫސް އެޖެންސީއަކަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

ޖެކްގެ ބޭބެ ސިމޮން ފޭސްބުކްގައި މި މަންޒަރުތައް ހިއްސާކުރަމުން ގިނަ ބަޔަކު ހީކޮށްގެން ހުރީ ކުއްތާއެއް ކޮންމެވެސް ގޮތަކުން އެތަނަށް ވަނީ ކަމުގައެވެ. އަނެއް ބަޔަކު ޝައްކު ކުރަނީ މިއީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ.