މޫނުގެ ހަރަކާތްތަކުގެ މައްޗަށް ބިނާކޮށް މީހަކު ދޮގު ހަދާތޯ ނުވަތަ ތެދު ބުނާތޯ ދެނެގަނެވޭނެ ސިސްޓަމެއް ޓެލްއަވީވް ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ތައްޔާރުކޮށްފިއެވެ.

މި ސިސްޓަމް މަސައްކަތް ކުރަނީ މެޝިން ލާނިން އާއި އޭއައި ބޭނުންކޮށްގެންނެވެ. އެގޮތުން މީހަކު ދޮގު ހަދާ ކޮންމެ ފަހަރަކު މަސްގަނޑުގެ ހަރަކާތްތައް އަންނަ ކުދި ބަދަލުތައް އޭގެން ތަހުލީލް ކުރާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކޮލުގެ މަސްތަކާއި، ބުމައިގެ މަސްތަކަށް އަންނަ ބަދަލުތައް ހިމެނެއެވެ.

މޫނުގެ މަސްތައް ޓްރެކް ކޮށްފައި ވަނީ އިލެކްޓްރޯޑުތައް ހިމެނޭ ސޮފްޓް ސާފޭސްތަކުގައި ޕްރިންޓްކޮށްފައިވާ ސްޓިކާތަކުގެ އެހީގައެވެ.

މި ސިސްޓަމްގެ ދިރާސާތައް ހެދުމަށް މީހުންވެސް ބޭނުންކޮށްފައި ވެއެވެ. އެގޮތުން ދިރާސާގައި ބައިވެރިވި މީހުންގެ މޫނުގައި ސްޓިކާ ތަތްކޮށްފައި ވެއެވެ. އަދި އެ މީހުން ކައިރީގައި ދެ މީހުން ދެ މީހުންނަށް ވަކިން ހެޑްފޯން އަޅައިގެން އިންނަން ބުންޏެވެ.

އަދި އެކަކު އަނެކަކާ ކުރިމަތިލައިގެން 'ރޮގު' ނުވަތަ 'ގަސް' މި ބަސް ކަންފަތް ދޮށުގައި ބުނަން އެންގިއެވެ. ދެން ވޮލަންޓިއަރުންނަށް ހެޑްފޯނުން އިވުނު ބަސް ނޫން އެހެން ބަހެއް ބުނަން އެންގިއިރު، ބައެއް މީހުން ކައިރީ ތެދަށް ވާހަަކަދައްކަންވެސް ބުނެފައި ވެއެވެ.

އެގޮތުން މޫނުގައި ޖަހާފައިވާ ސްޓިކާތަކުން ނެގި އިލެކްޓްރިކަލް ސިގްނަލްތަކުން ދޮގުތައް 73 ޕަސެންޓް ދެނެގަނެވުނެވެ.

އެހެންކަމުން މި ދިރާސާއިން އެނގުނު ކަންކަމަށް ބަލައި، އިތުރަށް ރަނގަޅު ކުރަންވީ ކަންކަން ބަލާނެއެވެ.

"އެޑްވާންސްޑް މެޝިން ލަރނިންގ ޓެކްނިކްތައް ބޭނުންކޮށްގެން، އިލެކްޓްރޯޑުތަކުން އަންނަ އީއެމްޖީ (އިލެކްޓްރޯމަޔޯގްރަފީ) ސިގްނަލްތަކުގެ މައްޗަށް ބިނާކޮށް ދޮގުތައް ދެނެގަތުމަށް އަޅުގަނޑުމެންގެ ޕްރޮގްރާމަށް ތަމްރީނު ދިނީ"

ސައިންސްވެރިން ބުނާގޮތުގައި، އިލެކްޓްރޯޑްތަކަކީ މުސްތަގުބަލުގައި ބޭކާރު އެއްޗަކަށް ވުން ގާތެވެ. ސަބަބަކީ ސޮފްޓްވެއާތަކުގެ އެހީގައި މޫނުގެ ހަރަކާތްތަކަށް ބަލާ، ދޮގުދެނެގަތުމުގެ ގާބިލްކަން ލިބޭނެތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިލޭ

    ތިޔާ ސިސްޓަމް ގެނޭ ރާއްޖެއަށް އޭރުން އިނގޭނެ ދޮގު ހަދަނީ ޔާމިނު ނޫނީ އަންނި ކަން