ރޯގާ ޖެހުމަކީ ވަރަށް އާއްމު ބައްޔެކެވެ. މިއީ ބައެއް މީހުންނަށް ވަރަށް ފަސޭހައިން ޖެހޭ ބައްޔެކެވެ.

އަބަދުވެސް ރޯގާ ބޭހާއި، ޓިޝޫއާއި ބާމު ފަދަ އެއްޗެހި ހިފައިގެން އުޅެން ޖެހުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ގިނަގިނައިން ރޯގާ ޖެހޭ ފަރާތްތަކުން އަބަދުވެސް އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ.

އަބަދު ރޯގާ ޖެހޭ ސަބަބުތަކެއް ވެސް ހުންނާނެއެވެ. އޭގެތެރެއިން ބައެއް ސަބަބުތަކަކީ:

ދިފާޢީ ނިޒާމު ބަލިކަށިވުން

ދިފާޢީ ނިޒާމު ބަލިކަށި ވުމަކީ މާގިނައިން ރޯގާ ޖެހުމަށް މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން ދިފާޢި ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން އިނގުރާއި މާމުއި ފެން ބުއިމާއި އަދި ފިނި އެއްޗެހި ބުއިމުން ދުރުވާން ޖެހެއެވެ.

އެލާޖިކްވުން

ގިނަގިނައިން ރޯގާ ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ އެލާޖިކް ވުމެވެ. އެހެންކަމުން އެލާޖިކްވާ އެއްޗެއް ދެނެގަނެ އެ އެއްޗަކާއި ދުރުވުން ވަރަށް މުހިންމެވެ. އަދި ގިނަގިނައިން އާވި އެރުވުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރޯގާ ޖެހެއެވެ. ހޫނު މޫސުމާއި ފިނި މޫސުމުގައި ހަށިގަނޑަށް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން އެ މޫސުމަކާއި އެއްގޮތަށް އުޅުމާއި ކެއުމާއި ބުއިން ބަދަލު ނުކުރާނަމަ ރޯގާ ޖެހުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެކެވެ.

މީގެއިތުރުން އަބަދު ރޯގާ ޖެހުމަކީ އާއިލާގެ ފަރާތުން ވާރުތަވެފަ ހުންނަ ކަމަކަށް ވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔުމް

    ވަޓް އަ ޔޫސްލެސް އާޓިކަލް

    14
    2
    • ދޯ

      😂😂🤣🤣

  2. ގިނަ

    މާގިނައިން ފޮޑި ޖެހޭތީ ނެއްތަ ކުރެވޭނެ ކަމެއް؟