ބޮލީވުޑުގެ ފިލުމުތަކަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ކަމެއް ލިބިފައިވާ ފިލުމު ތަކެކެވެ. ބޮލީވުޑު ފިލުމުތަކުގެ އިތުރުން ތަމަޅަ ފިލުމުތަކަކީ ވެސް ދިވެހިން ފޯރިއާއި އެކު ބަލާ ފިލުމުތަކެކެވެ. ބައެއް ފިލްމުތަކުގެ ޓްރެއިލާ އާއްމު ކުރާ ހިސާބުން ގިނަ ބަޔަކު ބޭނުންވާނީ އެފިލްމުތައް ނެރޭނެ ދުވަހެއް ހޯދުމަށެވެ.

ކުރިއަށް ހުރި ބޮލީވުޑުގެ ބައެއް ފިލުމުތައް އަޅުވާ ތާރީޚުތަކަކީ:

ސަތުޔަމޭވަ ޖަޔަތޭ 2

ޖޯން އަބްރަހަމްއާއި ދިވްޔާ ކޯސްލާގެ މި އެކްޝަން ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަންތިމް: ދި ފައިނަލް ޓްރުތު

ސަލްމާން ޚާނާއި އަޔުޝް ޝަރުމާގެ މި އެކްޝަން ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ބޮބް ބިސްވާސް

އަބީޝެކް ބައްޗަންގެ މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ އޯޓީޓީ ޕްލެޓް ފޯމުގައެވެ. ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ.

ޗަންދިގަރް ކަރޭ އާޝިގީ

އަޔުޝްމާން ކުރާނާއާއި ވާނީ ކަޕޫރުގެ މި ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަށެވެ.

83

ރަންވީރު ސިންގްއާއި ދީޕިކާ ޕާޑުކޯންގެ މި ކުޅިވަރު ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހަށެވެ.

ޖާރޒީ

ޝާހިދު ކަޕޫރުގެ ކުޅިވަރަށް ހާއްސަ މި ފިލުމު އެޅުވުމަށް ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށެވެ.

އާރްއާރްއާރް

އަޖޭ ދޭވްގަންއާއި އާލިއާ ބަޓްގެ އިތުރުން ރާމް ޗަރަންގެ މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 07 ވަނަ ދުވަހުއެވެ.

ގަންގުބާއީ ކަތިއަވަޑީ

އާލިއާ ބަޓްގެ މި ބަޔޯޕިކް ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

މިފަދަ ފިލްމުތަކަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ކަމެއް ލިބިފައިވާ ފިލްމުތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު