ޖިންނިއެއް ބުނެގެން އިންޑިއާ އަންހެނަކު އަމިއްލަ ގައިގާ ރޯކޮށްލައިގެން މަރުވާން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލަ ފުލުހުން ބަލަން ފެށީ އިއްޔެއެެވެ. އިންޑިއާގެ ވެޑޯޑަރާ އަވަށަށް ނިސްބަތްވާ އެ އަންހެން މީހާއަކީ ޒުވާން އަންބެކެވެ. އެ އަންހެން މީހާ އަމިއްލަ ގައިގާ ހުޅުރޯކޮށް މަރުވާން އުޅުމުން އޭނާ ސަލާމަތްކޮށްފައި ވަނީ އާއިލާގެ ބައެކެވެ.

އޭނާ ގައިގާ ހުޅުރޯކޮށްގެން އުޅެނިކޮށް ގޭގެ ބަޔަކަށް ފެނިގެން އޭނާ ސަލާމަތްކުރިއިރު، އޭނާ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަދި ފުލުހުން އޭނާ ކައިރިން އެގޮތައް ކަންތައްކުރީ ކީއްވެތޯ ސުވާލު ކުރުމުން ބުނީ، އޭނާ އެގޮތަށް ކަންތައް ކުރުމަށް އެދުނީ ޖިންނިއެއް ކަމަށެވެ. އެ ޖިންނި ބުނީ، އޭނަގެ ގަޔަށް ކަރާސީން އެޅުމަށްފަހު ގައިގާ ހުޅުރޯކުރުމަށްފަހު އަމިއްލައަށް މަރުވާންކަމަށް އެ މީހާ ބުންޏެވެ.

"އަހަންނަށް އެގޮތައް ކަންތައް ކުރުމުން އެދުނީ ޖިންނިއެއް. އެ ޖިންނި އެހެން ބުނުމުން އަހަރެން ފުރަތަމަ ގަޔަށް އެޅީ ކަރާސިން ދެން އެ ޖިންނީގެ އެދުމުގެ މަތިން އަހަރެން އަލިފާން ފޮއްޓެއް ބޭނުންކޮށްގެން ގައިގާ ހުޅުޖެހީ". އޭނާ ބުންޏެވެ.

ފުލުހުން ވަނީ އެ މައްސަލަ ރެޖިސްޓާރކޮށްފައެވެ. ފުލުހުން އެ މައްސަލަ ރެޖިސްޓަރކޮށްފައި ވަނީ "ގޮތްނޭގޭ ޖިންނިއެއް"ގެ ނަމުގައެވެ.

ނަމަވެސް މިކަމުގެ ތެދުދޮގު އަދި ނޭގޭއިރު، ފުލުހުން ވަނީ މީޑިޔާތަކަށް މައުލޫމާތުދޭން ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭބެ

    ތިޖިންނި ހޯދުމުގެ ރެޑް ނޯޓިސް ހަވާ ރަސްގެފާނަށް ފޮނުވަން ފެނޭ

  2. ޝިދާތާ

    މި ވަރުގެ ބޯގަޅި ބަޔަކު މަދުވާނެ . އަންނި ބަަކާޑީ މިވެރިން ފަހަތުން ދުވަނީ ވެސް އެހެންވެ .

  3. ހުސޭނުބޭ

    ޖިންނި ކްރިމިނަލް ކޯޓަށް ހާސިރުވުމަށް ޗިޓުފޮނުވާ!