އެމެރިކާގައި މަގެއްގެ މަތީގައި ދުއްވާފައި ދިޔަ ބޮޑު ޓްރަކެއްގައި ހުރި ފައިސާ ގޯނިތަކަކުން ފައިސާ މަގުމައްޗަށް ވެރުމުން، އެތައް ބަޔަކު އެ ފައިސާ ހޮވުމުގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

މީސް މީޑިއާއިން ފެންނަ ވީޑިއޯތަކުން ފެންނަނީ އެތައް ޑްރައިވަރުންނެއް ކާރު ހުއްޓުވައި، މަގުމައްޗަށް ވެރިފައި ހުރި ނަގުދު ފައިސާ ނެގުމަށްފަހު އުފާ ފާޅު ކުރާ މަންޒަރު ފެނިގެން ދެއެެވެ. އަދި އެ ވީޑިއޯގައި ވަރަށް ބައިވަރު ފައިސާތައް މަގުމައްޗަށް ވެރިފައި ހުރި މަންޒަރުވެސް ފެނިގެން ދެއެވެ.

އެ މަންޒަރުގެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރި ފިޓްނެސް އިންފްލުއެންޒާ ޑެމީ ބޭގްބީ ބުނީ، ކޮންމެވެސް މީހަކު މަގުމައްޗަށް ފައިސާ އުކާލާފައި ގޮސްފައިވާ ކަަމަށާއި، މިހާރު ސެންޑިއޯގައި ބަންދުކޮށްފައިވާ ކަމަށެވެ.

 

View this post on Instagram

 

A post shared by DEMI BAGBY (@demibagby)


އޭނާވެސް ވަނީ އެތައް ބައިވަރު ފައިސާ އަތަށް ލައިގެން ހުންނަ ތަން ދައްކާލާފައެވެ.

ބައެއް މީހުން އެ ފައިސާތައް ނަގާ ޓްރަކާއި ހަވާލު ކުރާ މަންޒަރުވެސް ވީޑިއޯތަކުން ފެނިގެން ދެއެވެ. އަދި ބައެއް ވީޑިއޯތަކުން ފެންނަނީ ބައެއް މީހުން ފައިސާ ނަގައިގެން ދާ ތަނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ފައިސާތައް ބިންމައްޗަށް ވެރިފައި ވަނީ ލޯކަލް ބޭންކަކުން ފެޑެރަލް ރިޒާވްއާ ދިމާއަށް ދަތުރުކުރަމުންދިޔަ ޓްރަކްގެ ދޮރެއް ކެނަން ރޯޑް ކައިރިން ދޮރު ހުޅުވުމުންނެވެ.

މިހާރު މިކަމާއި ގުޅިގެން އެފްބީއައިއާއެކު ދަނީ ކެލިފޯނިއާ ހައިވޭ އޮފިޝަލުން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު