މީސް މީޑިއާއަކީ ތަފާތު އެތައް ވީޑިއޯއެއް ދައުރުވާ ޕްލެޓްފޯމެކެވެ. ކޮންމެ ތަނެއްގައި ކުޑަކުޑަ ކަމެއް ހިނގިޔަސް އެ މަންޒަރުގެ ވީޑިއޯ އާއި ފޮޓޯ މީސް މީޑިއާގައި ދައުރުވެއެވެ. މިފަހަރު އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ވީޑިއޯއަކީ އެމެރިކާގެ އިންޑިއާނާޕޮލިސްގައި ހިނގި އެކްސިޑެންޓެއްގެ ވީޑިއޯއެވެ. މި ވީޑިއޯ ވެގެން ދާނީ އެ ސަރަހައްދުގައި ޓްރެފިކަށް މަޑުކޮށްގެން ތިބި ވެހިކަލްތަކަށް ސިހުމެއް ލިބޭނެ ކަމަށެވެ.

މިއީ މިދިޔަ މަހުގެ 17 ވަަނަ ދުވަހު ހިނގާދިޔަ ހާދިސާއެއްގެ ވީޑިއޯއެކެވެ. މި ވީޑިއޯ ހިއްސާކޮށްފައި ވަނީ ޔޫޓިއުބް ޗެނަލްއެއް ކަމަށްވާ ވައިރަލް ހްލޮގްގައެވެ.

ޑޭޝްކެމްއަކުން ނަގާފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ބާރު ސްޕީޑްގައި އައި ކާރެއް އެހެން ވެހިކަލެއްގައި ޖެހި "އުދުހިފައި" ކަހަލަ ގޮތަކަށް ގޮސް ހުދު ކުލައިގެ ވެހިކަލެއްގެ މައްޗަށް ވެއްޓޭ ތަނެވެ.

މި ހާދިސާގެ ތަފްސީލް ހާމަކޮށްފައިވާއިރު، އެއީ ޓްރެފިކް ލައިޓް ރަތަށް ބަދަލުވެފައި އިންކަން ނޭނގޭ ވެހިކަލެއް ކަމަށް ބެލެވޭ ކަމަށް ލިޔެފައި ވެއެވެ. އަދި މި ހާދިސާގައި އެ ކާރު ގޮސް ޖެހުނީ ލައިޓަށް މަޑުކޮށްގެން ހުރި އެހެން ވެހިކަލެއްގައި ކަމަށް ބުނެފައިވެއެވެ. އަދި މި ހާދިސާގައި އިތުރު ހަ ވެހިކަލަށް ގެއްލުންވި ކަމަށް ބުނެފައި ވެއެވެ.

އެހެން ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެއެވެ.

https://youtu.be/3nvNWTDTwq4

މި ހާދިސާގެ ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުންދާއިރު، މިހާތަނަށް 25،000 އަށްވުރެ ގިނަ ފަހަރު މި ވީޑިއޯ ބަލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު