ދުނިޔޭގެ ރެކޮޑު ފޮތުން ޖާގަ ހޯދުމަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ދަނީ ތަފާތު ކަންތައްތައް ކުރަމުންނެވެ. ބޮލީވުޑު ބައެއް ފަންނާނުންނަކީ ވެސް ގިނަސް ވާރލްޑް ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ބައެކެވެ. 

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ބޮލީވުޑުގެ ފަންނާނުންނަކީ: 

ޝާހުރުކް ޚާން 

ބޮލީވުޑުގެ ކިންގް ޚާންއަށް ދުނިޔޭގެ ރެކޯޑު ލިބިފައިވަނީ 2013 ވަނަ އަހަރުގެ ބޮލީވުޑު އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުމުގެ އެވޯޑެވެ. އެއީ 29،622،962.25 ޑޮލަރެވެ. 

ކެތުރީނާ ކެއިފް 

ބޮލީވުޑުގެ އެކްޓްރެސުންގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކެތުރީނާ ކެއިފުއަށް ދުނިޔޭގެ ރިކޯޑު ލިބިފައިވަނީ 2013 ވަނަ އަހަރުއެވެ. އެއީ ބޮލީވުޑު އެކްޓްރެސުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމުގެ އެވޯޑެވެ. ކެތުރީނާއަށް އެ އަހަރު އާމްދަނީއެއްގެ ގޮތުގައި ލިބިފައިވަނީ 8،567،337.0 ޑޮލަރެވެ. 

އަބީޝެކް ބައްޗަން 

ބޮލީވުޑުގެ އެކްޓަރ އަބީޝެކް ބައްޗަންއަށް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ލިބިފައިވަނީ 2009 އަހަރުއެވެ. އެއީ 12 ގަޑިއިރުތެރޭގައި އެންމެ ގިނަ ގައުމުތަކަށް ދަތުރު ކުރުމުގެ ރިކޯޑެވެ. މި ދަތުރުތައް ކޮށްފައިވަނީ ދިއްލީ-6 މި ފިލުމު ޕްރޮމޯޓް ކުރުމަށެވެ. 

ކުމާރު ސާނު 

ލަވަކިޔުންތެރިޔާ ކުމާރު ސާނުއަށް ދުނިޔޭގެ ރެކޯޑު ލިބިފައިވަނީ އެއް ދުވަސްތެރޭ އެންމެ ގިނަ ލަވަ ރިކޯޑު ކުރުމުންނެވެ. އެއީ 1993 ވަނަ އަހަރު އެއް ދުވަސްތެރޭ 28 ލަވަ ރެކޯޑު ކޮށްގެންނެވެ. 

މީގެއިތުރުން ސޮނާކްޝީ ސިންހާއާއި ޖަގްދިޝް ރާޖު ފަދަ ބައެއް ފަންނާނުން ވެސް މި ލިސްޓުގައި ހިމެނެއެވެ.