އިންޑިއާގެ އޮޑިޝާއަށް ނިސްބަތްވާ އަންހެނަކު، ކައިވެނި ކުރަން އުޅުނު ފިރިހެން މީހާ އެތަނަށް ހާޒިރުނުވުމުން، އެގޭގެ ދޮަށަށް ކައިވެނީގެ ހެދުމުގައި ގޮސް އިހްޖިޖާޖް ކުރަން ފަށައިފިއެވެ.

ޑިމްޕަލް ޑޭޝް ނަމަކަށް ކިޔާ އެ އަންހެން މީހާ އާއި ސުމީތް ޝަހޫ އޮންނަ އުސޫލުގެ ތެރެއިން އަދި ކައިވެންޏެއް ނުކުރެވެއެވެ. އާއިލާއިން ނިންމާފައި ވަނީ ހިންދީ ވައްޓަފާޅިއަށް އާއިލާ މީހުން ބައިވެރިކޮށްގެން އިއްޔެ ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ.

އެހެން ނަމަވެސް ޑިމްޕަލް އާއި އޭނާގެ އާއިލާ މީހުން އެ ހަފްލާއަށް ދިޔައިރު އެތަނުގައި ފިރިހެން މިހާގެ އާއިލާ މީހުން ނެތެވެ. އަދި ފިރިހެން މީހާވެސް ނެތެވެ. އެތައް ގަޑިއިރެއް ވަންދެން އެ އާއިލާ މީހުންނަށް، އިންތިޒާރު ކުރިއެވެ. އަދި ޑިމްޕަލް ވަނީ ފިރިހެން މީހާއަށް އެތައް ފަހަރެއްގެ މަތިން ގުޅާފައެވެ. އެކަމަކު އޭނާގެ ހިލަމެއް ނުވިއެވެ.

އެންމެ ފަހުން އަންހެން މިހާގެ އާއިލާއިން ނިންމީ ފިރިހެން މީހާގެ ގޭދޮށަށް އެއްވެ އިހްތިޖާޖް ކުރުމަށެވެ.

އެ އަންހެން މީހާ އިންޑިއާ ޓުޑޭއަށް މައުލޫމާތުދެމުން ބުނީ، އޭނާއާ އެ ފިރިހެން މީހާ ނުރަސްމީކޮށް ކައިވެނި ކުރީ 2020ގައި ކަމަށެވެ. އެހެން ނަމަވެސް ފިރިހެން މީހާގެ އާއިލާއިން އޭނާ އާ ނުގަބޫލެވެ. އަދި އޭނާއަށް އެ މީހުން އަނިޔާކޮށްވެސް ހަދައެވެ. އެހެން ނަމަވެސް މި ހުރިހާ ކަމެއްވާއިރު އޭނާގެ ފިރިމީހާ އޭނާއަށް އަޅާލާ ކަަމަށް ބުންޏެވެ. އެކަމަކު ފަހުން އަންހެން މީހާ އެ އާއިލާ އާ ދެކޮޅަށް މައްސަލައެއް ހުށަހެޅި ހިސާބުން ކަންތައް ރަނގަޅުވިކަމަށް ބުންޏެވެ.

"އޭގެ ފަހުން ފިރިމީހާގެ ބައްޕަ އައިސް ބުނީ ކުރިން ވީކަންތައް ހަނދާން ނައްތާލުމަށްފަހު ހިންދީ ވައްޓަފާޅިއަށް ރަސްމީ ކައިވެނި ބާއްވަން"

އެހެން ނަމަވެސް ކައިވެނީގެ ހުރިހާ ކަމެއް ކުރަން ދިޔައިރު އެ އާއިލާ މީހުން ނައެވެ. ޑިމްޕަލްގެ އާއިލާއިން ބުނަނީ އެ ފިރިހެން މިހާ އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

ޑިމްޕަލް އާއި އޭނާގެ އާއިލާއިން އެގޭދޮށުގައި އިހްތިޖާޖް ކުރަން ފެށުމުން ފުލުހުންވެސް އެ ސަރަހައްދަށް އައެވެ. އަދި އެއީ ކުރިންވެސް މައްސަލަބޮޑުވި ދެމަފިރިންކަން ފުލުހުންނަށް އެނގުނެވެ.