އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަކީ ތަފާތު ތަރިއެކެވެ. ތަފާތު ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާ ތަރިއެކެވެ. މިފަހަކުން އޭނާ ވަނީ ނެޓްފްލިކްސްގައި އާއްމު ކުރި "ޖޯނަސް ބްރަދާ ފެމެލީ ރޯސްޓް"ގައި ބައިވެރިވެފައެވެ. އަދި ނިކް އާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކާފައި ވެއެވެ. އިއްޔެ ނެޓްފްލިކްސްގައި އެ ޝޯ އާއްމުކޮށްފައިވާއިރު، ޕްރިޔަންކާ ވަނީ އެ ވީޑިއޯގެ ކްލިޕެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ޕްރިޔަންކާ އެ ޕޯސްޓްގައި ބުނެފައި ވަނީ،އޭނާގެ ފިރިމީހާ އާއި ބޭބެއިން މި ގެނައީ "ރޯސްޓް" ކުރުމަށް ރޭގަނޑުގެ ކެެއުމަކަށް ކަަމަށެވެ.

ޕްރިޔަންކާ މިފަދަ ޕޯސްޓެއް އިންސްޓަގްރާމަށްލިއިރު، އޭނާއާ ފިރިމީހާގެ ވަރިވާން އުޅޭ ހަބަރުތައް މީސް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއެވެ. މިގޮތަށް ވާހަކަދެެކެވެން ފެށީ ޕްރިޔަންކާ އިންސްޓަގްރާމުން ޗޯޕްރާ ޖޯނަސް ނަން ނެގި ހިސާބުންނެވެ. އޭގެ ފަހުން ނިކް ގެއްލިއްޖެކަމުގެ ވާހަކަވެސް ދެކެވެން ފެށިއެވެ.

އެވާހަކަތައް ދެކެވެން ފެށިފަހުންވެސް މި ދެ މީހުންގެ ގުޅުން ގޯސް ނޫންކަން މީސް މީޑިއާގެ ޕޯސްޓްތަކަށް ކުރާ ކޮމެންޓްތަކުން ހާމަވެއެވެ. ނަމަވެސް އިއްޔެ ޕްރިޔަންކާ ލި ޕޯސްޓުން އެ މީހުންގެ ގުޅުން ގޯސް ނޫންކަން މި ވަނީ ކަށަވަރުވެފައެވެ.

ޕްރިޔަންކާ މިހާރުވެސް އުޅެނީ މަސައްކަތުގައި ވަރަށް ބުރަކޮށެވެ. އޭނާ އެންމެ އަވަހަށް ފެނިގެންދާ ފިލްމް ދަ މެޓްރިކްސް-ރިޒަރެކްޝަންސް އަންނަ މަސް ތެރޭގައި ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.