ތަޢުލީމަށްވުރެ މުހިންމު ނުވަތަ ބާރުގަދަ މާގިނަ ކަންތައްތަކެއް ނެތެވެ.
އިންޑިޔާގެ ރާޖްކޮޓްގައި ކައިވެނިކުރަން ތައްޔާރުވެފައި ހުރި އަންހެނަކު މިވަނީ ގިނަ ނޫސްތަކުގެ ހެޑްލައިންތަކުން ތަފާތުގޮތަކަށް ޖާގަހޯދާފައެވެ. ދައުރުވަމުންދާ ފޮޓޯތަކުން މި އަންހެންމީހާގެ ކައިވެނި ހެދުމުގައި ކޮލެޖް އިމްތިހާނުގައި އިށީންދެގެން އިންތަން ފެނެއެވެ. އޭނާގެ ފޮޓޯ މިހާރު ވަނީ އިންޓަނެޓުގައި ވަރަށް ބޮޑަށް ދައުރުވާން ފަށާފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ބެޗްލާސް އިން ސޯޝަލް ވޯކް (ބީއެސްޑަބްލިއު) ކިޔަވަމުން އަންނަ ޝިވާންގީ ބަގްތަރިޔާ ގުޖުރާތުގެ ޝާންތީ ނިކެތަން ކޮލެޖަށް ގޮސްފައިވަނީ ވާންއުޅޭ ފިރިމީހާއާއި އޭނާގެ އާއިލާއާ އެކުގައިއެވެ.

ޝިވާންގީ އަކީ އަންގާރަ ދުވަހު އިމްތިހާނު ހަދަން ފެށި ސައުރަޝްތުރާ ޔުނިވާސިޓީގެ ދަރިވަރެކެވެ. އަދި އިންޑިޔާގެ ކައިވެނި މޫސުން ވަރަށް ފޯރީގައި ކުރިއަށް އަންނައިރު، ބަގްތަރިޔާ އަށް އޭނާގެ ކައިވެނި ހެދުމުގައި އިމްތިހާނުގައި އިށީންނަން ޖެހުނީ އިތުރު ގޮތެއް ނެތުމުންނެވެ.

ބަގްތަރިޔާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ނިންމުމަށް ދެ އާއިލާއިން ވެސް ތާއީދު ކުރި ކަމަށެވެ.

"އަހަރެންގެ ކައިވެނި ކުރާނެ ތާރީހެއް ފައިނަލް ކުރިއިރު އިމްތިހާނު ޝެޑިއުލް އާންމު ނުކުރޭ. ނަސީބު ކަންދިމާކުރިގޮތުން ، ޑޭޓް ވެސް، އަދި ކައިވެނި ކުރަން ހެނދުނު މުހުރަތު ވެސް އަހަރެންގެ އިމްތިހާނާ އެކު ހިނގި،" ބަގްތަރިޔާއާ ހަވާލާދީ ނޫހަކުން ބުންޏެވެ.

އިމްތިހާނު ބާއްވާ ތަނަށް ބަގްތަރިޔާ ދިޔައީ އޭނާގެ ވާންއުޅޭ ފިރިމީހާއާއި އެކުގައިއެވެ. އޭނާ ބުނީ އިމްތިހާނާއި ކައިވެނި ވެސް އެއް ތާރީހެއްގައި އޮންނަކަން އެންމެ ފުރަތަމަ އެނގުމުން ފުރަތަމަ ވިސްނީ ކައިވެނި ފަހަށް ޖައްސާލާށެވެ.

ބަގްތަރިޔާ އިމްތިހާނުގައި ހުރި ވީޑިއޯ މީސްމީޑިޔާގައި ދައުރުވަމުންދާއިރު ހަތަރު މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ މި ވީޑިއޯއަށް ލިބިފައެވެ. ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް އެ އަންހެން މީހާއަށް އޮއްސަމުންދާއިރު، ބައެއް މީހުން ވަނީ މިއީ އޭނާ މީހުންގެ ސަމާލުކަން ހޯދަން ކުރި އެކްޓެއް ކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްސިއްޔާ

    އޭނަ މާސް އަޅާކަށްވެސް ނުޖެހޭތަ؟؟