ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްގެ ކައިވެނި އަންނަ ހަފާތް ތެރޭގައި ބާއްވާނެ ކަމަށް އީޓައިމްސް އިން ރިޕޯޓްކޮށްފިއެވެ، އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި، ކައިވެނި ކުރާނެ ކަން އަދިވެސް ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ވިކީ އާއި ކެޓްރީނާ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މުމްބާއީގެ ކޯޓެއްގައި އަންނަ ހަފްތާގައެވެ.

އޭގެ ފަހުން އެ ދެތަރިންގެ ކައިވެނީގެ ހަަފްލާގެ ކަންކަން ކުރިއަށް ދާނީ ރަޖަސްތާންގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ހަފްލާގެ ކަންކަމަށް މިހާރު ކުންފުނިތައް ވަނީ އެހިސާބަށް ގޮސްފައެވެ. އެގޮތުން އެ ސަރަހައްދުން ހޮޓެލްތައް ބުކް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ. އަދި އެކަމަށް ހާއްސަ ޓީމެއް ތައްޔާރުކޮށްފައިވާއިރު، އެ ޓީމުން ކައިވެނީގެ ހުރިހާ ކަމެއް މޮނީޓަރ ކުރަމުންދާނެ އެވެ.

އައިއޭއެންއެސްގެ ރިޕޯޓްތައް ބުނާގޮތުގައި، މި ދެތަރިން ކައިވެނިކުރާނީ ސިކްސް ސެންސް ފޯޓް ހޮޓެލްގައެވެ. އަދި އެ ހަފްލާ ވެގެން ދާނީ ވަަރަށް ވީއައިޕީ ވެޑިންގއަކަށް ކަމަށް ބުނެފައިވާއިރު، އެ ހަފްލާގެ އެކި ކަންކަމަށް ހާއްސަ ކުންފުނިތަކެއް ހަމަޖައްސާފައިވެއެވެ.

އެ ކައިވެންޏަށް މިހާރު މާ ގިނަ ދުވަހެއް ނެތްއިރު، މިހާރު އެންމެ ބޮޑަށް ވާހަކަދެެކެވެނީ ކެޓްރީނާގެ ނަަމަށް ކައުޝަލް އިތުރުވާނެ ވާހަކައެވެ.

މިއީ ކެޓްރީނާ އާއި ވިކީގެ ވެސް އަލަތު ކައިިވެންޏެވެ.