އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. ނަމަވެސް ކުށެއް ކުރެވުމުން އެ ކުށަކަށް މަޢާފަށް އެދުމަކީ އެންމެ އެދެވޭ ގޮތެވެ. މަޢާފަށް އެދުމަކީ ރީތި ސިފައެކެވެ. 

ތިމާއަށް ގޯސްކޮށް ކަމެއް ކުރެވުނު ކަމަށް ގަބޫލު ކުރެވޭ ނަމަ އަވަހަށް މަޢާފަށް އެދެން ވާނެއެވެ. ތިބާގެ ބައިވެރިޔާއާއި އެކު އޮންނަ ގުޅުން ދެމެހެއްޓުމަށް ވެސް މިއީ ވަރަށް މުހިންމު ކަމެކެވެ. 

ނަމަވެސް މަޢާފަށް އެދޭއިރު ބައެއް ކަންތައްތަކަށް ސަމާލުކަން ދޭންޖެހެއެވެ. އެގޮތުން އެ ކަންތައްތަކަކީ: 

ވީހާ ވެސް ސާދާކޮށް މަޢާފަށް އެދުން 

ކުށެއް ކުރެވިއްޖެ ކަމަށް ހިތުގެ އަޑިން ގަބޫލު ކުރެވިއްޖެ ނަމަ ބައިވެރިޔާގެ ފަރާތުން މަޢާފަށް އެދޭށެވެ. މަޢާފަށް އެދުމަށް ފަހު އެ ކުށް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައަޅަންވާނެއެވެ. އީގޯ އެއްފަރާތް ކޮށްލާ ކުރެވުނު ކުށް ގަބޫލުކޮށް މަޢާފަށް އެދުމަކީ އެންމެ ރަނގަޅު ގޮތެވެ. 

ތިބާގެ އުޅުމަށް ސަމާލުކަން ދިނުން 

ތިމާއަކީ ލަދުރަކި މީހެއް ނަމަ ނުވަތަ މަޢާފަށް އެދެން ލަދުގަންނަ ނަމަ ޢަމަލުން އެކަން ދައްކުވައިދޭށެވެ. ނުވަތަ ބައެއް ހާލަތްތަކުގައި ''މަޢާފް ކުރާށޭ'' މިހެން އެކަނި ބުނެލައިގެން ނުފެދޭނެއެވެ. އެއާއި އެކު ޢުޅުމަށް އެތައް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. ތިބާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެކަމާއި އެކަން ތިބާއަށް އިހުސާސްވެއްޖެކަން އުޅުމުން ހާމަކޮށްދޭށެވެ. 

އިހުސާސްތައް ބުނެދިނުން 

ތިމާއަށް ކުށެއް ކުރެވި އެކަމާ އުދަނގޫވާނަމަ ބައިވެރިޔާއަށް އުދަނގޫ ވޭނެ މިންވަރު ވިސްނާލާށެވެ. އެހެންކަމުން ތިބާ އެކުށް ކުރީ ކީއްވެކަމާއި ތިމާއަށް ވާ އުދަނގޫތަކާއި ހުރިހާ ކަމެއް ތެދުތެދަށް ކިޔައިދޭށޭވެ. ތިބާގެ ހުރިހާ އިހުސާސްތަކެއް ކިޔައިދޭށެވެ. 

މަޢާފަށް އެދުމަކީ ގުޅުން ދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޯބިވާކެހިވެރިޔާ

    ހަގީގަތަށް ތެދަށްބުނެ މާފަށް އެދުނުރޭގެ ދިލަ މި ހަނދާނަށް އައީ // “ ވާރޭތެރޭ ފިނިއެރޭގާ މޫނުމަތީހީވީ ހޫނު ދޭފަތެއް ތަތްކުރިހެން “