ނެޓްފްލިކްސް އިން މި އަހަރު ނިންމާލަނީ ބެލުންތެރިން ގަޔާވާ ތަފާތު އެކި އަސަރުތައް ކުރުވާ ފިލްމުތަކެއް ލައިބްރަރީއަށް ދޫކޮށްލާފައެވެ. މި މަހު ނެޓްފްލިކްސް އޮރިޖިނަލް ފިލްމުތަކާއެކު އާއިލާ އެއްކޮށްގެން ހިތްގައިމު ފިލްމުތަކެއް ބަލާލުމަށް އަވަހަށް ރާވާލާށެވެ.

ރެޑް ނޯޓިސް

ރެޑް ނޯޓިސް އަކީ 2021 ވަނަ އަހަރު ރަވަސަން މާޝަލް ތުރްބަރ ލިޔެ، ޑައިރެކްޓްކޮށްފައިވާ އެމެރިކަން އެކްޝަން ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި ޑްވޭން ޖޯންސަން އެފްބީއައިގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އިރު، އެއަށް ވުރެ މަޝްހޫރު ކުށްވެރިއެއް (ގާލް ގެޑޮޓް) އަތުލައިގަތުމަށްޓަކައި މަޝްހޫރު އާޓް ވައްކަން ކުރާ (ރަޔަންރެނޯލްޑްސް) އާ އެކު އަވަދިނެތި މަސައްކަތް ކުރާ މީހެއްގެ ރޯލު ޑުވޭން ފެނިގެންދެއެވެ. މި ފިލްމަކީ ސެންޓްރަލް އިންޓެލިޖެންސް (2016) އާއި ސްކައިސްކްރެޕާ(2018) އަށް ފަހު ތުރްބަރ އާއި ޖޯންސަން ގުޅިގެން އުފައްދާ ތިން ވަނަ ފިލްމެވެ.

ދަ ހާޑާ ދޭ ފޯލް

"ދަ ހާރޑަރ ދަ ފޯލް" އަކީ 2021 ވަނަ އަހަރު އެމެރިކާގެ ރިވިޝަންސްޓް ވެސްޓާން ފިލްމެއް ކަމަށްވާ ޖެމިސް ސެމިއުލް ޑައިރެކްޓްކޮށް، ބޯޒް ޔާކިން އާއެކު ސްކްރީންޕްލޭ ލިޔުނު ފިލްމެކެވެ. މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ޖޮނަތަން މޭޖަރސް، އިދްރީސް އެލްބާ، ޒާޒީ ބެޓްޒް، ރެޖީނާ ކިންގް، ޑެލްރޯއީލިންޑޯ، ލަކީތު ސްޓަންފީލްޑް، އާރްޖޭ ސައިލަރ، ޑެނިއެލް ޑެޑްވައިލަރ، އެޑީ ގަތެގީ، އަދި ޑިއޯން ކޯލް އެވެ.

7 ޕްރިޒަނާސް

މި ފިލްމަކީ 2021 ވަނަ އަހަރު މޮރާޓޯ އާއި ތެއިނާ މަންޓެސޯގެ ސްކްރީންޕްލޭއަކުން އެލެގްޒެންޑާ މޮރާޓާ ޑައިރެކްޓްކޮށްފައިވާ ބްރެޒިލްގެ ޑްރާމާ ފިލްމެކެވެ. މި ފިލްމުގައި ކްރިސްޓިއަން މަލްހެއިރޯސް އާއި ރޮޑްރިގޯ ސަންޓޯރޯ ފެނިގެންދެއެވެ.

ސައޮ ޕައުލޯގެ ޖަންކްޔާޑެއްގައި ވަޒީފާގެ ފުރުސަތު ހޯދުމުގެ ގޮތުން އުމުރުން 18 އަހަރުގެ މަޓެއުސް ރަށްފުށު ހިސާބުތަކަށް ދަތުރުކުރެއެވެ. އެއް ހިސާބަކުން މަޓެއުސްއާއި ބައެއް އެހެން ފިރިހެން ކުދިންލޫކާހިންގާ ޒަމާނީ އަޅުވެތިކަމާ އެއްފަދަ މަސައްކަތު ނިޒާމެއްގެ ޝިކާރައަކަށްވެއެވެ.

ލަވް ހާޑް

ލަވް ހާޑް އަކީ 2021 ވަނަ އަހަރު ހަރްނާން ޖިމެނޭޒް ޑައިރެކްޓްކޮށް ޑެނީ މެކީ އާއި ރެބެކާ އެވިންގް ލިޔެފައިވާ އެމެރިކަން ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. ނީނާ ޑޮބްރޭވް، ޖިމީ އޯ ޔަންގް އަދި ޑެރެން ބާނެޓް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ ކްރިސްމަސް އާ ގުޅިގެން އޭނާގެ އޮންލައިން ކްރަޝްގެ އުފަން ރަށަށް ދަތުރުކުރާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމު ނެޓްފްލިކްސް އިން ރިލީޒްކުރީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.