އިންޑިއާގެ މަލަޔާލަމް ފިލްމުތަކުގެ ތެރެއިން އެންމެ އަގުބޮޑު ފިލްމު "މަރަކަރް:އަރަބިކަދަލިންޓޭ ސިމްހަމް" އަންނަ މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ފިލްމަށް ގާތްގަނޑަކަށް އެއް ބިލިއަން ރުޕީސް(210.3 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ފިލްމު އުފެއްދި ފަރާތުން ލަފާ ކުރެވެއެވެ. ޑިސެމްބަރު ދޭއްގައި ތިއޭޓަރުތަކުގައި މި ފިލްމު ރިލީޒްކުރާއިރު ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާނީ މޯހަންލާލްއެވެ. އޭނާ ފެނިގެންދަނީ 15 ވަނަ ގަރުނުގެ ހަނގުރާމަވެރިއެއް އަދި އެޑްވެންޗަރެއް ކަމަށްވާ ކުންޖަލީ މަރަކަރް ހަތަރެއްގެ ރޯލުންނެވެ.

މި ފިލްމު މަލަޔާލަމް، ހިންދީ، ތަމަޅަ، ޓެލުގޫ އަދި ކަންނާޑާ ބަހުން ވެސް ދައްކާނެއެވެ.

"އަރަބި ވިޔަފާރިވެރިން ގެ އިހުތިރާމް ލިބިގެންވާ އަދި ޕޯޗުގީޒު ސެއިލަރުންގެ ފަރާތުން އިހުތިރާމް ލިބިގެންވާ، ކުންޖަލީ އަކީ ސްވޮޝްބަކްލިން ސެއިލަރެއް އަދި ހަނގުރާމަވެރިޔަކު އޭނާގެ ބިމަށްޓަކައި ދިރިއުޅެމުން ދިޔަ އަދި މަރުވި މީހެއް،" ފިލްމްގެ ޑައިރެކްޓަރު ޕްރިޔާދަރްޝަން ނޫހަށް އިންޓަވިއު ދެމުން ބުންޏެވެ.

މޯހަންލާލް އާއި ޕްރިޔާދަރްޝަން 1996 ވަނަ އަހަރު ކުންޖަލީގެ މައްޗަށް ފިލްމެއް ހަދަން ރާވާފައި ވެއެވެ. ނަމަވެސް އެމީހުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުއިރު ގާތްގަނޑަކަށް ބައި ގަރުނު ވަންދެން ފިލްމު ފަސްކުރަން ޖެހުނެވެ.

މަރަކަރް: އަރަބިކާދަލިންޓޭ ސިމްހަމް އަށް މިހާރުވެސް ވަނީ އެންމެ މޮޅު ފީޗާ ފިލްމު، ކޮސްޓިއުމް އަދި ވީއެފްއެކްސް ހިމެނޭ ގޮތަށް ތިން ގައުމީ ފިލްމު އެވޯޑް ލިބިފަ އެވެ. މި ފިލްމަށް ސިނަމާތަކުގައި ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު