ސައުދި އަރަބިއްޔާގައި މަސައްކަތަށް ގޮސް އުޅުނު އުމުރުން 30 އަހަރުގެ ޕާކިސްތާން މީހަކު ސިމެންތި ކައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ސިމެންތި ކެއުމުގެ ސަބަބުން ހާލަތު ވަރަށް ގޯސްވިއެވެ. އޭނާ ސިމެންތި ކެއުމުގެ ހަށިގަނޑުގެ އެތެރެ ހަރުވިއެވެ. މިއާއެކު ބަނޑު އެއްކޮށް "ބްލޮކް"ވިއެވެ.

އޭގެ ފަހުން އޭނާ އުޅުނީ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީއެވެ.

އެންމެ ފަހުން އޭނާ ސަލާމަތް ކުރުމަށް ޑޮކްޓަރުން ވަނީ ތިންގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އޭނާގެ ބަނޑުން ސިމެންތިތައް ނެގިއެވެ. ރިޕޯޓްތައް ބުނާގޮތުގައި ކޮންކްރީޓްގެ ސަަބަބުން އޭނާގެ ބަނޑުގެ ޓީޝޫތަކަށް ގެއްލުންވެފައިވާތީ އެކަމަށްވެސް ފަރުވާ ދީފައި ވެއެވެ.

މިއީ އެ މީހާ ކިހިނެއް ވެގެން ކުރި ކަމެއް ކަން ސާފް ނުވާ ކަމަށް ވެއެވެ. އަދި އެ މީހާ އުޅުނީ އަމިއްލައަށް މަރުވާން ކަމަށް ބައެއް ރިޕޯޓްތައް ބުނާއިރު، އެ މީހާއަކީ ނަފްސާނީ ގޮތުން އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެރަވަރު ކަމެއް

    ނަސީބެއްނުން އެޅިގަލެއް ދިރުވާނުލިކަން..