ނެޓްފްލިކްސް އިން ގެނެސްދީފައިވާ ''ޖޯނަސް ބްރަދާސް ފެމިލީ ރޯސްޓު'' ގައި ޕްރިޔަންކާ ރަނގަޅަށް ވެސް ޖޯނަސް ތިން ބެއިން "ރޯސްޓް" ކޮށްލައިފިއެވެ.

ކެނަން ތޮމްސަން ހުށަހަޅައިދީފައިވާ މި ޝޯގައި ޖޯނަސް ތިން ބެއިން ކަމުގައިވާ ނިކް، ކެވިން އަދި ޖޯއެ ޖޯނަސްގެ އިތުރުން އެމީހުންގެ އަނބިން، ޕްރިޔަންކާ، ސޯފީ އަދި ޑެނިއެލާ ބައިވެރިވެފައިވެއެވެ.

މި ޝޯގެ ތެރެއިން ޖޯނަސް ތިން ބެއިންނާއި ވާހަކަ ދެއްކުމަށް ޕްރިޔަންކާ ސްޓޭޖަށް އެރުމަށް ފަހު ޕްރިޔަންކާގެ ލާނެތްކަމުން އެންމެން ހެއްވާލިއެވެ.

އެގޮތުން ތިން ބެއިންގެ ތަޢާރަފްގައި ފިރިމީހާ ނިކްއަށް ފަހު އަނެއް ދެ ޖޯނަސް ނޭނގޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޕްރިޔަންކާއާއި ނިކް ދެމީހުން ވެސް އެކަކު އަނެކަކަށް ކަންތައްތައް ދަސްކޮށްދޭ ކަމަށް ވެސް ބުނެފައިވެއެވެ.

''ނިކް އަހަރެންނަށް ދަސްކޮށްދިނީ ޓިކްޓޮކް ބޭނުން ކުރަން. އަހަރެން ނިކްއަށް ދަސްކޮށްދިނީ ކާމިޔާބު ދިރިއުޅުމެއް އުޅޭނެ ގޮތް'' ޕްރިޔަންކާ މިހެން ބުނުމުން ޖޯނަސް ތިންބެއިންގެ އިތުރުން އޯޑިއަންސް ވެސް ހޭން ފަށައެވެ.

އެއަށް ފަހު ޖޯނަސް ތިން ބެއިންނާއި އަމާޒުކޮށް ޕްރިޔަންކާ ބުނެފައިވަނީ ތިން ބެއިންނަކީ ވެސް ވަރަށް ''ކިޔުޓް'' ތިން މީހުން ކަމަށެވެ. އަދި އިންސްޓަގުރާމުގައި އަބަދު ފޮޓޯ އަޅާ އިރު ވެސް، ތިން ބެއިންގެ އިންސްޓަގުރާމު އެކައުންޓް ފޮލޯވަރުން އެއްކޮށްލައިގެން ވެސް އޭނާގެ އިންސްޓަގުރާމު ފޮލޯވަރުންނާއި ގާތް ކޮށްލެވެން ވެސް ނެތް ކަމަށް ޕްރިޔަންކާ ބުނެއެވެ.

މީގެއިތުރުން ޕްރިޔަންކާއާއި ނިކްގެ އަހަރުގެ ތަފާތު ކަމާއި ބެހޭގޮތުން ވެސް ވާހަކަ ޕްރިޔަންކާ ވާހަކަ ދައްކައިފައިވެއެވެ. ޕްރިޔަންކާގެ ވާހަކަތައް ނިމުމުން އޭނާގެ ޕާރފޮމެންސަށް ތަރުހީބު ދިނުމަށް އެންމެން ކޮޅަށް ތެދުވެފައިވެއެވެ.