އެމެރިކާގެ ގޮނޑު ދޮށަކަށް ބިރުވެރި ސަފައަކަށް އޮތް ބޮޑު މަހެއް ލައްގައިފިއެވެ.

ބިރުވެރި ސިފައަކަށް އޮތް މި މަސް ލައްގާފައިވަނީ އެމެރިކާގެ ސެން ޑިއާގޯގެ ޓޮރޭ ޕައިންސްގެ ބްލެކް ބީޗް އަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖޭއި ބެއިލާ ނަމަކަށް ފިރިހެނަކަށް މި މަސް ފެނިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ އެގޮނޑުދޮށުގައި ހިންގަން ނުކުމެ އުޅެނިކޮށެވެ.

އެންމެ ފުރަތަމަ އެ މަސް ފެނިފައިވަނީ ވަރަށް ދުރުން ކަމަށާއި އޭރު ހީވީ 'ޖެލީ ފިޝް' އެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ކައިރިވަމުން ދިޔަ ވަރަކަށް އެއީ އެހެން ކަހަލަ މަހެއްކަން އެނގުނު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ އެއީ ދުވަހަކު ވެސް އަޑު ނާހާ އަދި ދުވަހަކު ވެސް ނުފެންނަ ކަހަލަ މަހެއް ކަމަށެވެ. އެހެން ކަމުން ގެއަށް އައުމުގެ ކުރިން އޭނާ ވަނީ އެ މަހުގެ ފޮޓޯ ކޮޅެއް ނަގާފައެވެ. އަދި ގެއަށް އައުމަށް ފަހު މީސްމީޑިއާގައި އޭނާ ވަނީ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

އެގޮތަށް ފޮޓޯތައް ހިއްސާ ކުރުމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އާއްމުކޮށް އެވައްތަރުގެ މަހަށް 'ފުޓްބޯލް ފިޝް' ކަމަށާއި އެއީ 'ހިމަމްޓޮލޮފައިޑޭ"ގެ ވައްތަރެއް ކަމަށެވެ.

ހިމަމްޓޮލޮފައިޑޭ އަކީ ކަނޑުގެ 3،000 ނުވަތަ 4،000 ފޫޓު އަޑީގައި ދިރިއުޅެމުން އަންނަ މަހެކެވެ. އާއްމުކޮށް މި ވައްތަރުގެ މަސް އެންމެ ގިނައިން އުޅެނީ އެޓްލާންޓިކް، އިންޑިއަން އަދި ޕެސިފިކް ކަނޑުގައެވެ. މިވައްތަރުގެ މަހެއް އެންމެ ފުރަތަމަ ފެނިފައިވަނީ 1837 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިނޮޅަހު ބޭރި

    ތިއީ ކޮލީގެ ޢާއިލާގެ ބޮޑުވައްތަރު ކޮއްޔެއް.

    8
    1
  2. ހުސޭނުބޭ

    ތީ އެންގްލާފިޝް އެއް

    10
    • ހޫ

      އެންގްލާފިޝް އެއަށްވުރެ ދަތްތައް ބޮޑެތިވެފަ ބިރުވެރިވާނެ.

      5
      1
      • ފާ

        ޢެއީ ހަމަ އޭންގްލާފިޝް ގެ ވައްތަރެއް ކަމަށް ވަނީ